ޒުލުގެ ވަޒީފާ

ކޮންމެވެސް ރަށެއްގައި ބައެލޮޖީގެ ރޮގުން ކިޔަވާ ނިންމި ޒުވާނަކަށް ވަޒީފާއެއްލިބުން ދަތިވެއްޖެއެވެ.އޭނާ ހޯދާ ހޯދާވެސް އެއްވެސް ތާކުން ވަޒީފާއެއް ލިބޭ ގޮތެއްނުވިއެވެ. މިހެން ހުއްޓާ ޒުލަކުން ވަޒީފާ ލިބެން އެބަހުރިކަމަށް ކޮށްފައިވާ އިސްތިހާރެއް އެއްދުވަހަކު އޭނާއަށް ފެނިއްޖެއެވެ. މިއިސްތިހާރު ފެނި ވަރަށް އުފަލުން އޭނާ ސިޓީ ލައިފިއެވެ.އަދި ދާދި އަވަހަށް އިންޓަރވިއުއަށް ކިޔައިފިއެވެ. އިންޓަރވިއުގައި ޒުލުގެ މެނޭޖަރު އޭނާކައިރީބުނީ ޒުލަށް ވަންނަ ޓުއަރިސްޓުން އެންމެ ލޯބިވާ އެއްޖަނަވާރު ކަމަށްވާ ގޮރިއްލާ ދާދިފަހުން މަރުވެފައިވާ ކަމަށާ އެހެން ކަމުން […]

ނޭޕާލްގައި ފެން ބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި ސަތޭކައަށްވުރެގިނަ މިހުން މަރުވެއްޖެއެވެ. ދެދުވަސް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް ކަތުމަންޑޫ ގެ ވަށައިގެންވާ ވާދީގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ގިނަބަޔަކު ފުރާޅުތަކުގެ މަތީގައާއި އެކި ތަންތަނުގައި ބަންދުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ފެނުގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ ކޯރުތަކާ ކައިރީގައިވާ ހިސާބުތަކަށެވެ.އެހިސާބުގެ މަގުތަކާ ހައިވޭ ތަކުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ބަންދުވެފައެވެ. އެހެންކަމުން އެހީގެ މަސައްކަތަށް ވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.ސަރުކާރުގެ ތަރުޖަމާނަކު […]

ހިޒްބުﷲގެ އައު ލީޑަރަކަށް ޙާޝިމް ސައިފުއްދީން

އިޒްރޭލްގެ ވަރުގަދަ ހަމަލާއެއްގައި އަވަހާރަ ކޮށްލާފައިވާ ހިޒްބުއްﷲ ގެ ލީޑަރުހަސަން ނަސްރުﷲ ގެ ބަދަލުގައި އޭނާގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ހާޝިމް ސައިފުއްދީން އެޖަމާއަތުގެ ލީޑަރަކަށް އައްޔަން ކުރެވިއްޖެ ކަމަށް ޚަބަރު ލިބެއެވެ.މިހަބަރު ހިޒްބުﷲއާއި ގާތް ބައެއް އިސްފަރާތްތަކުން ވަނީ ޓްވީޓް ކޮށްފައެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަޞްރުﷲ ޝަހީދު ކޮށްލާފައިވަނި ހުކުރު ދުވަހު ޔަހޫދީ ފައުޖުން ބެއިރޫތަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއެއްގައެވެ.ޔަހޫދީ ފައުޖުން ބުނެފައިވަނީ ހަސަން ނަސްރުﷲ ޝަހީދުކޮށްލަން […]

ދުނިޔެއަށް ދެވަނަ ”ހަނދެއް“ ފެންނަނީ

މިސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ދުނިޔެއަށް ދެވަނަ ”މިނީ“ ހަނދެއް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ. ކުޑަ ހަނދެއްގެ ގޮތުގައި ފެންނާނީ ހަގީގަތުގައި އެސްޓަރރޮއިޑް އެއްކަމަށްވެއެވެ. ސައިންސް ގެ ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ކުޑަ އެސްޓަރރޮއިޑް އެއް ދުނިޔޭގެ ގްރެވިޓީގެ ބާރުގެ ސަބަބުން ހަނދެއްހެން ދުނިޔެ ވަށާ އެނބުރެން ފަށަނީއެވެ. އައު ހަނދު މިމަހުގެ 29ން ފެށިގެން ފެންނަން ފަށާނެ ކަމަށާ ނަމަވެސް ހަމަލޮލަށް ނުފެންނާނެ ކަމަށް ޚަބަރު ތަކުގައި ބުނެފައިވެއެވެ. ޕްރޮފެޝަނަލް ޓެލެސްކޯޕް އަކުން އެކަނި […]

ކުރެވޭ ޝައްކެއްގެ މައްޗަށް ހަޔާތް ބަރުބާދު ކޮށްނުލާށެވެ.

 އަހަރެންނާއި އަހުމަދުގެ ކައިވެންޏަށް މިވީ އަށް އަހަރެވެ.މިމުއްދަތުގެ ތެރޭގައި އަހަރުމެން ދެމިހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ.އިލާހީ ރަހުމަތުން އަހަރުމެންނަށް ލިބިފައިވަނީ ވަރަށްވެސް ހަމަޖެހޭ އުފާވެރި ދިރި އުޅުމެކެވެ. އަހަރުމެންގެ ކުޑައަންހެން ކުއްޖަކު ހުރެއެވެ.ނަމަކީ ލިލީއެވެ. އެއްދުވަހަކު އަހުމަދު އޮފީހަށް ދިއުމުން އާދައިގެ މަތިން ދުވަހުގެ މަސައްކަތް ތަކުގައި އަހަރެން އުޅުނީމެވެ. މިހެން އުޅެމުން ބަދިގޭ ކުޑަދޮރުން ބޭރު ބަލަލިއިރު ޖެހިގެންހުރިގެޔަށް ބަޔަކު އައިސްގެން ސާމާނުތައް ވައްދާތަން ފެނުނެވެ. އަހަރެންނަށް އަވަށްޓެރިއެއްލިބުނީއެވެ. އޭގެ ގަޑިއެއްހާއިރު ފަހުން […]

އާއިލާއަށް ބިރު ދައްކައިގެން ފައިސާ ހޯދުމަށް ބޮޑުބޭބެގެ ކައްވަޅު ކޮނެ ކަށިނަގައިފި

ވިއެޓްނާމްގެ މީހަކު ގެމްބްލިންގ ގައިދަރަނިވެރިވެ،ދަރަނި އަދާކުމަށް ފައިސާ ހޯދުމަށް އަމިއްލަ ބޮޑުބޭބެ ގެ ކައްވަޅު ކޮނެ ކަށިނަގާ އާއިލާއަށް ބިރުދައްކާ،ކަށިތަކުގެ ބަދަލުގައި ފައިސާ ދިނުމަށް އެދެފިއެވެ. ބޮޑުބޭބެ މަރުވެފައިވަނީ މީގެ ހަތަރު އަހަރު ކުރިން ކަމަށް ވެއެވެ. ބޮޑުބޭބެގެ ކަށިތައް ރައްދުކުރާނީ 203،000 ޑޮލަރު ދިނުމުން ކަމަށާ އެއީ ގެމްބްލިން ދަރަނި ދެއްކުމަށް ކަމަށް އޭނާ ބުނެފައި ވެއެވެ. އުތުރު ވިއެޓްނާމްގެ ތަންހޯ އަށް ނިސްބަތްވާ މިމީހާ ވަނީ ބޮޑުބޭބެގެ ސަންދޯކުގައި 20 ސެންޓިމީޓަރުގެ ލޯވަޅެއް އަޅައިގެން […]

ސްރީލަންކާގެ އައު ރައީސް މަޖިލީސް އުވާލައްވައިފި

ސްރީލަންކާގައި އާންމު އިންތިޚާބު އަވަސްކުރުމަށް މަގުފަހި ކުރުމަށް ޓަކައި އައު ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ އެ ގައުމުގެ ރައްޔިތުންގެ މަޖިލީސް އުވާލައްވައިފިއެވެ. ބާވީސް މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގައި މި ވަގުތު ތިބީ ރައީސްގެ ނެޝަނަލް ޕީޕަލްސް ޕަވާ އަށް ނިސްބަތްވާ އެންމެ ތިން މެމްބަރުންނެވެ. ރައިސް ވިދާޅުވެފައިވާ ގޮތުގައި އާންމު ރައްޔިތުން މި ވަގުތު ބޭނުންވާގޮތް ހާމަނުވާ މަޖިލީހެއް އޮތުމުގެ ބޭނުމެއް ނެތެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިޚާބް އޮންނާނީ 14 ނޮވެމްބަރުގައެވެ.އެއީ ކުރިން […]

ހަދިޔާ ހިފިކަމުގެ ކުށުގައި ސިންގަޕޫރުގެ ކުރީގެ މިނިސްޓަރެއް ކޯޓަށް

މަގާމުގައި ހުރިއިރު ހަދިޔާ ހިފިކަމުގެ ކުށް ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މައްޗަށް ސާބިތުވެއްޖެއެވެ. މިނިސްޓަރު،އުމުރުން 62 އަހަރުގެ ސުބްރަމާނިއަމް އިޝްވަރަން ގެ މައްޗަށް ފުރަތަމަ ކުރެވުނީ ކޮރަޕްޝަންގެ ދައުވާ ކަމަށް ވެއެވެ.ނަމަވެސް އަންގާރަދުވަހު ފެށުނު ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވަނީ ދައުވާ ބަދަލުކޮށް ހަދިޔާ ހިފިކަމުގެ ކުށަށް ބަދަލު ކޮށްފައެވެ. ސިންގަޕޫރަކީ ކުށްމަދު ހުރިހާގޮތަކުންވެސް ސާފުތާހިރު ފައިނޭންޝަލް ހަބް އަކަށް ވާއިރު،ސަރުކާރުގެ އިސްމަގާމްތަކުގައި ތިބޭ ފަރާތްތަކާބެހޭ މިފަދަ މައްސަލަތައް ވަރަށް މަދު ކަމަށް ވެއެވެ.އެހެންކަމުން އިޝްވަރަންގެ މައްސަލައިގެ […]

މަސައްކަތުގެ އަގު

ވަރަށް ބޮޑު ބޯޓެއްގެ އިންޖީނު ހުއްޓި،ހަމައެއްގޮތަކަށްވެސް އިންޖީނު އަލުން ހިންގާނެ ގޮތެއް އެކަކަށްވެސް ނޭގުނެވެ.އެކި އިންޖިނޭރުން އިކިގޮތްގޮތަށް ބަލާވެސް ބޯޓުގެ އިންޖީނު އިސްޓާޓު ކުރެވޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން 30 އަހަރުގެ ތަޖުރިބާހުރި މާމޮޅު އިންޖިނޭރެއްގެ ވާހަކައިން ބޯޓުގެ ވެރިން ގާތުގައި ބުނެވިއްޖެއެވެ.އެމީހާ ހޯދައިގެން ގެނައުމަށް އެންގުމުން އިންޖިނޭރު ގެނެސްފިއެވެ. އިންޖިނޭރު އައިސް ވަރަށް ފަރުވާތެރިކަމާއެކު އިންޖީނުގެ މަތިންފެށިގެން ތިރިޔަށް އިންސްޕެކްޓް ކޮށްލިއެވެ.އެއަށްފަހު އޭނާގެ ދަބަހުގައި ހުރި އެކި ހަތިޔާރުތައް ތަނަކަށް އަޅާލުމަށްފަހު އެތަނުން ކުޑަކުޑަ […]

އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކެއްގައި 492 މީހުން މަރުވެއްޖެ

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ނަށް އަމާޒުކޮށް ކަމަށް ބުނެ އިޒްރޭލުން ހޯމަދުވަހު ދިން ވަރުގަދަ ހަމަލާތަކެއްގައި 492މީހުން މަރުވެއްޖެއެވެ. ފާއިތުވި ވިއްސަކަށް އަހަރުތެރޭވެސް އެސަރަހައްދަށް އެއްދުވަހު ދެވުނު އެންމެ ވަރުގަދަ ހަމަލާތަކުގައި ލުބްނާންގެ އެކި ސަރަހައްދު ތަކަށް ހަމަލާތައް ވަނީ ދީފައެވެ. ފުރަތަމަ ހެނދުނު 6.30ން ފެށިގެން ދިން ވަރުގަދަ ހަމަލާތައް އަމާޒުކޮށްފައިވަނީ ދެކުނު ލުބްނާނުގެ އެކި ސަރަހައްދު ތަކަށެވެ.އޭގެ ފަހުން ބެކާވެލީއާއި ބާލްބެކް އަދި އުތުރު ލުބްނާނަށް ބޮމުގެ ހަމަލާތައްވަނީ ދީފައެވެ. ހޯމަދުވަހުގެ ހަމަލާތަކުގައި […]