ސްރީލަންކާގެ އައު ސަރުކާރު އައިފަހުން ރާއްޖެއާއެކު އޮތް ގުޅުން ހީނަރުވަނީތަ؟

ސްރިލަންކާގެ އައު ސަރުކާރު އައިފަހުން ދިވެހިރާއްޖެއާއެކު އޮތް ގުޅުންތަކަށް ބުރޫއަރަން ފަށާފައިވާ ކަމަށް ”ލަންކާޓްރުތު“ ނޫހުން ބުނެފިއެވެ. ނޫހުގައި ބުނެފައިވާ ގޮތުން މިގޮތަށް ދިމާވަނީ ރާއްޖޭގައި އުޅޭ ސްރީލަންކާގެ ރައްޔުތުންނާމެދު،ޚާއްސަކޮށް އިމިގްރޭޝަނުން ކަންތައް ކުރަމުންދާ ގޮތުގެ ސަބަބުންނެވެ. ނޫހުގައި ބުނެފައިވާ ގޮތުން އިމިގްރޭޝަން ގެ ވެރިއަކަށް ހުންނަނީ ޑައިރެކްޓަރ ޖެނެރަލް ޝައްމާނެވެ. ރާއްޖޭގެ އަންހެނަކާ ކައިވެނިކޮށްގެން އުޅުނު ނަދީޝް ޕެރޭރާ ކިޔާ ލަންކާމީހަކަށް ދިމާވި ހާދިސާއެއްގެ ތަފްސީލް ދެމުން ނޫހުގައި ބުނެފައިވަނީ އެދެމީހުން ވަރިވުމަށްފަހުވެސް ނަދީޝް ޕެރޭރާ […]

ބަރޑް ފްލޫ ޖެހި ވިއެޓްނާމްގެ ޒޫތަކުގައި ”ޓައިގާ“ އަދި ”ލަޔަން“ މަރުވަނީ  

ދެކުނު ވިއެޓްނާމްގެ ޒޫތަކުން ފާއިތުވި މަހެއްހާދުވަހުގެތެރޭ އެތައް ”ޑަޒަން“ ”ޓައިގާ“ އަދި ”ލަޔަން“ ކިޔާވައްތަރުގެ މިނިކާވަގު މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.އަދި ހެދުނު ޓެސްޓް ތަކުން ހާމަވެފައިވާ ގޮތުގައި ޖަނަވާރުތައް މަރުވެފައިވަނީ ”ބަރޑް ފްލޫ“ ނުވަތަ ދޫނި ރޯގާ ޖެހިގެން ކަމަށް ހެލްތު މިނިސްޓްރީއާއި ހަވާލާދީ ސްޓޭޓް މީޑިޔާއިން ބުނެފައި ވެއެވެ. މިގޮތުން ޑޮންގނައި ޕްރޮވިންސް ގެ މެންގޯ ގާޑްން ރިސޯޓުން މަރުވި ބައެއް ޓައިގަރުގެ ސާމްޕަލް ނެގިއިރު އެޗްފައިވް އެންވަން އަށް ޕޮޒިޓިވް […]

މަރުވެފަ އޮތް ތަފާތު ވައްތަރެއްގެ މިޔަރެއް އޮސްޓްރޭލިޔާ އަށް ލައްގައިފި

މަރުވެފައި އޮތް އާދަޔާ ޚިލާފް ވައްތަރެއްގެ މިޔަރެއް އޮސްޓްރޭލިޔާގެ ބީޗަކަށް ލައްގައިފިއެވެ. އޮސްޓްރޭލިޔާގެ ނިއުސައުތުވޭލްސްގެ ބީޗަކަށް ލައްގާފައިވާ މިޔަރުގެ ދިގު ނިގުލެއް ވާއިރު މިޔަރުގެ ދިގުމިނުގައި ގާތްގަނޑަކަށް ތިން މީޓަރު ހުންނާނެކަމަށް މިޔަރު ދުށް ފަރާތްތަކާ ހަވާލާދީ ހަބަރުތަކުގައި ބުނެފައި ވެއެވެ. އޮސްޓްރޭލިޔާގެ މިއުޒިއަމެއްގެ މެނޭޖަރ އަމާންޑާ ހޭ ބުނެފައިވާ ގޮތުގައި އެއީ ތްރެޝާ ޝާކް ކިޔާވައްތަރުގެ މިޔަރެކެވެ.އޭގެ ސައިންޓިފިކް ނަމަކީ އެލޯޕިއަސް ވަލްޕިނަސް އެވެ. ހޭ ބުނެފައިވާ ގޮތުގައި މިވައްތަރުގެ މިޔަރުގެ އެންމެ ބޮޑުތަފާތަކީ އޭގެ […]

އެކަހަލަ މައިން ބަފައިން ނެތިއްޔާ މާރަނގަޅެވެ.

އަހަރެންގެ ބައްޕަ ރޭގަނޑެއްގަ އަހަރެން އެކަނިމާއެކަނި މާމަގޭ ދޮރުމައްޗަށް ދޫކޮށްލާފަ ދިޔަރޭ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.އޭރު އަހަރެންގެ އުމުރުން އެންމެ ހަތަރު އަހަރެވެ. އޭގެ އެއް އަހަރުކުރިން،އަހަރެންގެ އުމުރުން ތިންއަރުގައި އަހަރެންގެ މަންމަވެސް ވަނީ އަހަރެން ދޫކޮށް ގޮސްފައެވެ. އެއްދުވަހަކު ހަމަ މަންމަ ގެއްލުނީއެވެ. އޭގެ ފަހުން ގެޔަކަށް ނާދެއެވެ.ރޮއިރޮއި ވަރުބަލިވެގެން މާމަގޭ ދޮރުމަތީގައި އަހަރެންނަށް ނިދިފައި އޮއްވާ އެދެމަފިރިންނަށް ފެނުނީ އަނެއްދުވަހު ހެނދުނުއެވެ.މާމަޔާ ކާފަތިބީ ވަރަށް ހައިރާންވެފައި ނަމަވެސް އެކަން މާބޮޑަކަށް އަހަރެންނަކަށް ނުދައްކައެވެ. އަހަރެން […]

އދ ގެ ޗީފް އިޒްރޭލަށް އެރުން މަނާ ކޮށްފި

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒްރޭލަށް އެރުން މަނާ ކުރެވިފައިވާ ކަމަށް އިޒްރޭލްގެ ފޮރިން މިނިސްޓަރ އިސްރާއެލް ކެޓްޒް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އީރާނުން އިޒްރޭލަށް ދިން ހަމަލާތައް ކުށްވެރި ނުކުރާ ފަރާތެއް އިޒްރޭލަށް ވަނުމުގެ ހައްގެއް ނޯންނާނެ ކަމުގައެވެ.އަދި ގުޓަރެސް މިހާތަނަށް އަންގާރަ ދުވަހުގެ ރޭ އީރާނުންދިން ހަމަލާތަކާ އަދި އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސް އިން ހިންގި ޖަރީމާތައް ކުށްވެރި ކުރައްވާފައި ނުވާ ކަމުގައެވެ.މީގެ އިތުރުން ގުޓަރެސް އާއި އެކު ނުވަތަ […]

ރާނީ އެލިޒަބަތު ގެންދެވީ ކަށީގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން: ބޮރިސް ޖޯންސަން

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ގެންދެވީ ކަށީގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކުރިން ކުރެއްވި ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.ބޮރިސްޖޯންސަން މިހެން ވިދާޅުވެފައިވަނީ އަމިއްލަފުޅު ތަޖުރިބާތަކުގެ މައްޗަށް ލިއުއްވާފައިވާ ”މެމްވާ“ ފޮތުގައެވެ. މިއޮކްޓޯބަރުމަހުގެ 10ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ ފޮތުގައި، ބޮރިސްޖޯންސަން ވަނީ މިހާރު އަވަހާރަވެފައިވާ ރާނީއާއެކު އޭނާ އެންމެ ފަހުން ބޭއްވެވި ބައްދަލް ކުރެއްވުމުގެ ތަފްސިލް ތައް ދެއްވާފައެވެ. ރާނީ އަވަހާރަވެފައިވަނީ ސެޕްޓެމްބަރ 8ވަނަ ދުވަހެވެ. އެއީ ބޮޑުވަޒީރު ކަމުން […]

އީރާނުން އިޒްރޭލަށް ހަމަލާ ދީފި

އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.ރޭ ރާއްޖޭ ގަޑިން 10 ޖަހާ އެހާކަންހާއިރު ދީފައިވާ ހަމަލާގައި 180 ވަރަކަށް މިސައިލް އިޒްރޭލްގެ އެކިތަންތަނަށް އަމާޒުކޮށް ވަނީ ފޮނުވާލާފަ ކަމަށް ދެފަރާތުންވެސް ވަނީ ހާމަކޮށްފައެވެ. ހަމަލާތަކާއި ގުޅިގެން އިޒްރޭލްގެ އަސްކަރިއްޔާއިން ބުނީ ގިނަ މިސައިލްތައް މަތަ ކުރެވިފައިވާކަމަށާ އާންމު މީހަކަށް ގެއްލުމެއް ވެފައިނުވާކަމަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ މިސައިލް ތަކުގެ 80 އިންސައްތަ އަމާޒަށް ވާސިލް ވެފައިވާ ކަމަށެވެ.މިގޮތުން އިޒްރޭލުގެ ބައެއް އަސްކަރީ މަރުކަޒަށް ހަމަލާދެވުނު ކަމަށް އީރާނުން […]

ޑަބަލް ސަޕްރައިޒް

އަހަރެންގެ ނަމަކީ މަރީއެވެ. އާދައިގެ މަތިން ގޭތެރޭގެ ކަންތައް ނިންމާލުމަށްފަހު ފެންވަރާލާ ރީތިވެގެން އަހަރެން އެދުވަހުވެސް ގްރޯސަރީ ސްޓޯއަށް ދިޔައިމެވެ. މިރެއަކީ އަހަރުމެންގެ ކައިވެންޏަށް ދިހަ އަހަރުފުރޭ ރެޔަށްވާތީ ފިރިމީހާ އަހުމަދަށް ކަމުދާ ބައެއްކަހަލަ ތަކެއްޗާ ރަނގަޅު ހަދިޔާ އެއް ގަނެލުމަށް ގަސްތުކޮށްގެންނެވެ. ފިހާރަޔަށްވަދެ އޭނަޔަށް ކަމުދާ ބައެއްކަހަލަ ޖޭމާއި އިމްޕޯޓް ކޮށްފައިވާ ޕާން އަދި ބައެއް މޭވާ ނަގައިގެން އެހެން ދިމާލަކަށް ދަނިކޮން އަހަރެންނަށް ފިރިމީހާގެ ޓެކްސްޓް މެސެޖެއް ލިބުނެވެ.އޮފީހުގައި މަސައްކަތުގައި ތާށިވެފައިވާ ކަމަށާ ގެޔަށް […]

ނަތަންޔާހޫ އާއި ނަރެންދުރަ މޯދީ ފޯނުން ބައްދަލު ކުރައްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި ފޯނުން ބައްދަލް ކުރައްވާ ވެސްޓް އޭޝިޔާގައި މިވަގުތު ކުރިޔަށްދާ ހަނގުރާމަ އާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ހޯމަދުވަހު ކުރެއްވި ފޯންކޯލް އަށް ފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެބޭފުޅުން ވާހަކަފުޅުދެއްކެވިކަން ހާމަ ކުރައްވާފައެވެ.އަދި މައިގަނޑު މައުލޫޢު އަކީ ވެސްޓް އޭޝިޔާގައި މިވަގުތު ބަދަލު ކުރެވެމުންދާ ވަރުގަދަ ހަމަލާތައް ކަމަށް ވިދާޅުވެފައި ވެއެވެ.ޕޯސްޓް ގައި މޯދީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންގެ މިދުނިޔޭގައި ޓެރަރިޒަމް އަށް […]

ދެފައިނެތް ސަލާންޖަހާ މީހާ

އެއްދުވަހަކު ކުޑަފިރިހެން ކުއްޖަކު އޭނާގެ ބައްޕައާއި އެކު ހިނގާލަން ދަނިކޮށް ދެފައިނެތް މީހަކު ސަލާން ޖަހަން އިންދާ ފެނިއްޖެއެވެ.އެކުއްޖާ ބައްޕަ ކައިރީ މަޑުކޮށްލާށޭ ބުނުމަށްފަހު އެދިޔަގޮތަށް ގޮސް ސަލާންޖަހާ މީހާކައިރީ ހުއްޓިއްޖެއެވެ.އަދި ސުވާލުކުރިއެވެ.އަޅުގަނޑު ސުވާލެއް ކޮށްލަންތޯއެވެ؟އެމީހާ އާނއެކޭ ބުނުމުން އެކުއްޖާ ސުވާލު ކުރިއެވެ. ”ކަލޭގެ ދެފައިނެތީ ކިހިނެއްވެގެން ހެއްޔެވެ؟ފަޔަށް ކިހިނެއްވީ ހެއްޔެވެ؟“މިހެން ބުނުމުން ބައްޕަ ވަރަށް ލަދު ގަނެފައި އެކުއްޖާގެ ކަންފަތް ކައިރީގައި ސިއްރު ސިއްރުން ބުންޏެވެ.“ދަރިފުޅާ މީހުންކައިރީ ތިކަހަލަ ސުވާލު ކުރާކަށް ނުވާނެއެވެ.“ މިއަޑު އެމިހާއަށް […]