ކާފަ ދިން ޕީނަޓް ބަޓަރ ހުސްކުރި ފުޅި

އަހަރެންގެ ކާފަގެ އުމުރަކީ 90 އަހަރެވެ. ކާފަޔާ ބައްދަލްވާ ކޮންމެ ފަހަރަކުވެސް އަހަރެން ހެއްވާލުމަކީ ކާފަ ވަރަށް ކުރާހިތްވާކަމެކެވެ.ކާފަ އަދި ކުރާ އެހެން ކަމެއް އޮވެއެވެ.އެއީ ކުއްލި ކުއްލިއަށް އެކި ސުވާލުތައް ކުރުމެވެ. އެންމެ ފަހުން ކާފަޔާ ބައްދަލްވިރޭ ކުއްލިއަކަށް އެފަދަ ސުވާލެއް ކުރިއެވެ.“ދަރިފުޅު ގޭގަ ހުސްވާ ޕީނަޓްބަޓަރ ފުޅި ދޮވެ ރައްކާކުރަން ހެއްޔެވެ؟“ކުއްލިއަކަށް ކާފަ ކުރިސުވާލަށް ބުނާނެ އެއްޗެއް ނޭގި އިނދެފަ އާ ގަންނަމުން ބުނީމެވެ.“ނޫން-ނޫނެކެވެ.“ އަހަރެން ދިން ޖަވާބުން ކާފަ މާބޮޑަށް ހައިރާންވިކަމަކަށް ނުފެނުނެވެ. […]
ބައެއް މަގްބޫލް ސްމާޓް އަތުކުރީ ގަޑީގައި މަތީ ލެވެލަކަށް ވިހަ ކެމިކަލް

ބައެއް ބްރޭންޑް ތަކުގެ ސްމާޓް އަތުކުރީގަޑީގައި މަތީދަރަޖައަކަށް ވިހަ ކެމިކަލް އެއްކަމަށްވާ ”ޕީފާސް“ އެކުލެވޭކަން ފަހުގެ ސްޓަޑީ އަކުން ހާމަވެއްޖެއެވެ. މިސްޓަޑީ ހެދި ރިސާޗް ޓީމުން ވަނީ ތަފާތު ބްރޭންޑްތަކުގެ އަދި އެކި އަގުގެ ސްމާޓް އަތުކުރީ ގަޑީގެ 22 ކަމަރަކުން މި ކެމިކަލް ދެނެގަނެފައެވެ. ޕީފާސް ކެމިކަލް އެކުލެވޭ ގަޑީގެ ކަމަރުން ހަށިގަޑުގެ ތެރެޔަށް ކެމިކަލް ވަދެއެވެ. ޚާއްސަކޮން ދާހިއްލާ ވަގުތު ތަކުގައި އެކަމުގެ ނުރައްކާ ބޮޑުކަމަށް ރިސާޗަރުން ބުނެއެވެ. އެހެން ނަމަވެސް ދެރަކަމަކީ މިފަދަ […]
އުމުރުން ދުވަސްވުން

އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.އުމުރުން ދުވަސްވުމުން ކުރީގަ ކުރިގޮތަށް އެއްވެސް ކަމެއް ނުކުރެވެއެވެ.ކުރީގަ ހިނގާ އުޅުނުހާ ބާރަކަށް ނުހިނގެއެވެ.ކުރީގަ ތަންތަނަށް އަރާ އުޅެވުނު ނަމަވެސް މިހާރަކު ގޮނޑިއެއްގެ މައްޗަށްވެސް ނޭރެއެވެ. ކުރީގަ ފަހާ،މާޖަހާ ހެދިނަމަވެސް މިހާރަކު ނުހެދެއެވެ.ޚާއްސަކޮށް ފޮތް ކިޔާ އުޅުން ވަނީ ދަތިކަމަކަށް ވެފައެވެ. އެކަންކަމަށް މިއަދު ޖެހެނީ އަލްވަދާއު ކިޔާށެވެ. އަދި އަލަށް އުޅެން ޖެހޭ ގޮތްތަކަށް އާދަވާން ވަނީ ޖެހިފައެވެ. އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.ތިމާގެ އައު […]
އަޒަރުބައިޖާނުގައި ހިނގި ބޯޓުވެއްޓުމުގެ ހާދިސާ ތަހުގީގު ކުރަން އެ ޤައުމުގެ ރައީސް އަންގަވައިފި

އަޒަރުބައިޖާނުގައި ބުދަދުވަހު ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ތަހުގީގު ކުރުމަށް ޙާއްސަ ކޮމިޝަނެއް ހަދައި،އެކަން ކުރުމަށް އެ ޤައުމުގެ ރައީސް އިލްހާމް އަލިޔާވް އަންގަވައިފިއެވެ. އަޒަބައިޖާން އެއާލައިންސް ފްލައިޓް 8432ބުދަދުވަހު ވެއްޓިފައިވަނީ ކަޒަކް ސިޓީއެއް ކަމަށްވާ އަކްތައު ގައި އިމަޖެންސީ ކޮށް ޖައްސަން އުޅުމުގެ ތެރޭގައެވެ.އަޒަރުބައިޖާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ރައީސް އަލިއާވް ވިދާޅުވި ގޮތުގައި އަލަށް އެކުލަވާލެވޭ ކޮމިޝަންގެ މަސައްކަތަކަށްވާނީ ބޯޓު ވެއްޓެން ދިމާވި ސަބަބު ފުރިހަމަޔަށް ބަލާ ތަހުގީގު ކުރުމަށްފަހު ރައީސް އަށާއި […]
މަންމައެއްގެ އާދޭސް

ކޮންމެވެސް ރަށެއްގައި ދެމަފިރިއަކު ވަރަށް ލޯބިން ރީތި ގެޔެއްގައި ބަލާ ބޮޑުކުރި ފިރިހެން ކުއްޖަކު އުޅުނެވެ.ކުއްޖާއަށް ދަތިވާ އެއްވެސް ކަމެއް އޮތަނުދީ އެދެމަފިރިން ދަރިފުޅު ގެންގުޅެމުން އައީ ވަރަށް ރަނގަޅަށެވެ. ދުވަސްތައް ފާއިތުވަމުންގޮސް ކުއްޖާ ކިޔެވުން ފުރިހަމަ ކޮށް މީހަކާ އިނދެ ދަރިއަކު ލިބުނުތަނާ، ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން އޮތުމަށް ފަހު މަރުވެއްޖެ އެވެ.ބައްޕަ މަރުވުމުން ޖަނާޒާގެ ކަންތައް ނިންމުމަށްފަހު ފިރިހެން ކުއްޖާ ނިންމީ މަންމަ ގެންގޮސް މުސްކުޅިން ބަލާ ތަނަކަށް ލުމަށެވެ. ގޭގައި ބައިންދަންވެސް […]
ވިސްނުންތެރި ޑޮކްޓަރު

ޑޮކްޓަރުކަން ކިޔަވައިގެން އައި ޒުވާނަކަށް ވަޒީފާއެއް ނުލިބި ގިނަ ދުވަސް ތަކެއްވަންދެން ހުންނަން ޖެހުނެވެ. އެންމެ ފަހުން އޭނާ އަމިއްލަ ކްލިނިކެއް ހުޅުވަން ނިންމިއެވެ. އޭނާގެ ކްލިނިކްގެ ބޭރުގައި ޚާއްސަ ބޯޑެއް ލިޔެފައި ބެހެއްޓިއެވެ. ”މިތަނުން 500 ރުފިޔާއަށް ކޮންމެ ބައްޔަކަށްވެސް ފަރުވާ ލިބޭނެއެވެ. ފަރުވާ ނުދެވިއްޖެނަމަ އެއްހާސް ރުފިޔާ ދޭނަމެވެ.“ މި ބޯޑު، ކްލިނިކްގެ ބޭރުގައި ހަރުކުރިތާ މާގިނަ އިރެއްނުވެ ޒުވާނަކު އެމަގުން ދަނިކޮށް އެއްކަލަ ބޯޑު ފެނިއްޖެއެވެ. އަދި ހިތަށް އެރިއެވެ. މަކަރެއް ހަދާލައިގެން […]
ރަޝިޔާގެ މުސްލިމުންނަށް ހަތަރު އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށްފި

ރަޝިޔާގެ މުސްލިމް ފިރިހެނުންނަށް އެކަކަށްވުރެގިނަ އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން އެގައުމުގެ އެންމެ މަތީ އިސްލާމިކް ކައުންސިލުން ބަދަލުކޮށްފިއެވެ. ރަޝިޔާގެ އިސްލާމިކް ކައުންސިލް އޮފް ސްކޮލާސްގެ ފަރާތުން މިގޮތަށް ނިންމުމުގެ ކުރިން، ޑިސެމްބަރ 17 ވަނަ ދުވަހު ވަނީ މުސްލިމް ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަވާ ހާލަތްތައް ހާމަކޮށް ފަތުވާއެއް ނެރެފައެވެ. އެއީ ކައިވެނީގައި ހުރިހާ އަނބިންނަށް ހަމަހަމަ ކޮން ހިތުމާއި ވަކިން ދިރިއުޅެވޭނެ ތަންތަން ހަމަޖައްސައި ދިނުމާއި އަދި ކޮންމެ އަންބަކަށް ހަމަހަމަޔަށް ފިރިމީހާ […]
މަންމަ

އެދުވަހު އަހަރެންގެ މަންމަ އަހަރެންގެ ގެޔަށް އައީ ކުރިން ބުނުމަކާ ނުލައެވެ. އައިއިރު ގެނައީ އެންމެ ކޮތަޅެކެވެ.އޭގައިވަނީ އިސްޓާކީނަކާ، ގޭތެރޭ އަރާކަހަލަ ފައިވާނަކާ، ފެންވަރައިގެން ނިކުންނަ އިރު ލާކަހަލަ ބާތު ރޯބް އަކާއި އެއްހެދުން އަދި ބާލީހު އުރައެކެވެ. އިސްޓާކީނުގައި ވަނީ ”މުޅިދުނިޔޭގައިވާ އެންމެ ބެސްޓް މާމަ“ މިހެން ރޮދިން ލިޔެފައެވެ.އެއީ އަހަރެންގެ ކުދިން މަންމަޔަށް ދިން ހަދިޔާއެކެވެ.އެދުވަހު އައި ގޮތަށް މަންމަ އުޅެމުން ދަނީ އަހަރެންނާއެކު އަހަރެންގެ ގޭގައެވެ. މިހާރު ތިންހަފްތާ ވީއެވެ. އަހަރެންނަށް ހީވަނީ […]
ވަޒިފާގެ ޕްރެޝަރު ބޮޑުވެ، މީހަކު އަމިއްލަ އިނގިލިތައް ބުރިކޮށްލައިފި

އިންޑިޔާގައި ހިނގި،ހައިރާން ކުރުވަނިވި ހާދިސާއެއްގައި، ވަޒީފާގެ ޕްރެޝަރު ބޮޑުވެ،މަސައްކަތުން ބަރީއަ ވުމަށްޓަކައި މީހަކު އަމިއްލަ އަތުގެ ހަތަރު އިނގިލި ބުރިކޮށްލައިފިއެވެ. ގުޖުރާތު ސްޓޭޓްގެ ފުލުހުން މައުލުމާތު ދީފައިވާ ގޮތުގައި ކޮމްޕިއުޓަރ އޮޕަރޭޓަރެއްގެ ވަޒީފާގައި އުޅުނު މި މީހާ މަސައްކަތް ކުރަމުން އައީ އޭނާގެ ތިމާގެ މީހެއްގެ ޑައިމަންޑް ފަރމް އެއްގެ އެކައުންޓްސް ޑިޕާޓްމަންޓުގައެވެ.އޭނާ ވަޒީފާގައި ކުރަންޖެހޭ މަސައްކަތް މާގިނަވެފައިވީ ނަމަވެސް ކެނޑެން އެދެން ނުކުކެރިފަހުރި ކަމަށް ވެއެވެ.މާޔޫރު ތަރަޕަރަ ކިޔާ އުމުރުން 32 އަހަރުގެ މިމީހާ އެފަދަ […]
ސައޫދީއަރަބިއްޔާގެ ފިނިހޫނުމިން މި ހަފްތާގައި ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ފޯކާސްޓް ކޮށްފި

ސައޫދީއަރަބިއްޔާގެ ފިނިހޫނުމިން މިހަފްތާ ގައި ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ފޯކާސްޓް ކޮށް އެކަމަށް ސަމާލުވެ ތައްޔާރު ވުމަށް އާންމުންނަށް އަންގަމުން އެބަގެންދެއެވެ. އެގައުމުގެ ނެޝަނަލް ސެނޓަރ ފޯ މިޓިއޮރޮލޮޖީ އިން ފޯކާސްޓް ކޮށްފައިވާ ގޮތުގައި ބައެއް ސަރަހައްދު ތަކުގެ ޓެމްޕަރޭޗަރު މައިނަސް ތިންޑިގްރީ ސެލްސިއަސް އާއި ހަމަޔަށް ދާނެއެވެ. މި ”ކޯޅްޑް ވޭވް“ ގެ ސަބަބުން އެގައުމުގެ ބޮޑުބަޔަކަށް 15 ޑިސެމްބަރުން 17 ޑިސެމްބަރަށް ވަރަށް ބޮޑަށް ފިނިވާނެއެވެ.އެންސީއެމް ގެ ތަރުޖަމާން ހުސެއިން އަލް ޤަޠާނީ […]