ބައިޑަން 39 ކުށްވެރިންނަށް މައާފު ދެއްވައި، 1،500 ފަރާތުގެ އަދަބު ލުއިކޮށްދެއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން 39 ކުށްވެރިޔަކަށް މައާފު ދެއްވައި އިތުރު 1،500 މީހެއްގެ އަދަބު ލުއިކޮށްދެއްވައިފިއެވެ. ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މިއީ ރިޔާސީ އަފްއާމެއްގެ ދަށުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް މައާފު ދިން ފަހަރެވެ. މި މަހު ކުރީކޮޅު ރައީސް ބައިޑަން ވަނީ އެތައް ކުށްތަކެއް ސާބިތުވެ ހުކުމް އިއްވަން ތައްޔާރުވެފައިވާ އަމިއްލަ ދަރިކަލުން ހަންޓަރ ބައިޑަން އަށް ވެސް މައާފު ދެއްވާފައެވެ. މިއާއެކު […]

ކޮފީގެ އަގު ދުވަހަކު ނުދާހާ މައްޗަށް ހިނގައްޖެ

ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު ދުވަހަކު ނުދާހާ މައްޗަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ. މިއީ ހެނދުނު ހޭލައިގެން ފުރަތަމަ ކޮފީތައްޓެއް ބޯން އާދަވެފައިވާ ފަރާތްތަކަށް ވަރަށް ހިތާމަވެރި ޚަބަރަކަށް ވާނެއެވެ. ކޮފީގެ އެންމެގިނަވައްތަރު ކަމަށްވާ އެރޭބިކާ ބީންސް ކިޔާވައްތަރުގެ ކޮފީގެ އަގު އަންގާރަ ދުވަހު ވަނީ އެއް ޕައުންޑް (ގާތްގަނޑަކަށް ބައިކިލޯ) 3.44ޑޮލަރަށް އަރާފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ކޮފީ ލިބެން ހުރި އަގުތަކަށް ބަލާއިރު 80އިންސައްތައިގެ ބޮޑުވުމެއް ކަމަށް ވެއެވެ. މީގެ އިތުރުން ނިސްބަތުން […]

މިކަން މިހެންވީއެވެ.

އަހަރެންނާ އަހުމަދުގެ ކައިވެނި ވަރަށް ވެސް އުފާވެރިއެވެ. ކައިވެންނަށް ވީ 3 އަހަރުތެރޭގައި ހަމަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު އަހަރެން ދެކެ ލޯބިވާކަމަށް އޭނާ ބުނެއެވެ. އަހަރެން ވެސް އެނަދެކެއެހާ ލޯބިވެއެވެ. ދެމިހުންގެ މަސައްކަތުން ރީތި ކުޑަކުޑަ ގެޔެއް އަޅާފައިވާއިރު ގެ ރަޖިސްޓްރީ ކޮށްފައިވަނީ އަހަރެންގެ ނަމުގައެވެ. ކައިވެންޏަށް 3އަހަރުވެގެން މާގިނަ ދުވަހެއް ނުވެއެވެ. އެއްދުވަހަކު އަހަރެން އޮފީހުގަ އުޅެފަ ވަރުބަލިވެގެން ގެއަށް އައިއިރު އަހުމަދު ވަރަށް ހަމަޖެހިލައިގެން ސިޓިންގރޫމްގައި އިނެވެ. ކައިރީގައި އަންހެނަކު އިނެވެ.ބަނޑު […]

އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުގެ އިންޖިނޭރުން ހަދައިފި

ބުރަކޮށް މަސައްކަތުގައި އުޅެ ދުވަސް ނިންމާލުމަށްފަހު ރަންގަޅަށް ފެންވަރާލަން ބޭނުންވާ،ނަމަވެސް އެކަމަށް ވަގުތު ނުލިބޭ މީހުންނަށް ކަމުދާނެ ޚާއްސަ ”ވޮޝިންގ މެޝިނެއް“ ޖަޕާނުގެ އިންޖިނޭރުން އުފައްދައިފިއެވެ. އޮސާކާގެ ކުންފުންޏަކުން ހަދާފައިވާ އިންސާނުން ދޮންނަ، ދޮންނަމެޝިނު ހިންގުމަށް ބޭނުން ކުރަނީ އޭއައި ޓެކްނޮލޮޖީ އެވެ.ސައިންސްކޯ ކުންފުނީ ގެ ފަރާތުން ހަދާފައިވާ މުސްތަގްބަލްގެ ”ހިއުމަން ވޮޝިންގ މެޝީން“ ބޭނުންކޮށްގެން ވަރަށް އަވަހަށް މުޅި ހަށިގަޑު ސާފުކޮން ދޮވެލާ އަދި ފެންހިއްކާދޭ ކަމަށް ވެއެވެ.އާދައިގެ ދޮންނަ މެޝިނަކާއެއްގޮތަށް މަސައްކަތް ކުރާ ”ހިއުމަން […]

އަސަދުގެ ގަނޑުވަރުންވެސް ފެނުނީ ލަގްޒަރީ ކާރުތަކުގެ ފްލީޓެއް

ވެރިކަމުން ގަދަކަމުން ދުރުކުރެވި މިހާރު ގައުމު ދޫކުރައްވާ ފިއްލަވާފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ގަނޑުވަރަށް އިދިކޮޅު ހަނގުރާމަވެރިން ވަދެފައިވާއިރު އެތަނުން ވަރަށް ގިނަ އަދަދެއްގެ އަގުބޮޑެތި ކާރު ތައް ޖަމާކޮށްފައި ހުއްޓާ ފެނުނުކަމަށް ޚަބަރުތައް ބުނެއެވެ. މީގެތެރޭގައި މާސިޑީސް، ޕޯޝް، ފެރާރީ އަދި އޮޑިސް ކާރުތައް ގިނަ އަދަދަކަށް ހުރިކަމަށް ވެއެވެ. ވައިރަލް ވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ގަނޑުވަރަށް ވަން މީހުން ވަނީ ގަނޑުވަރުގެ ބޮޑު ގަރާޖުގައި ދެކޮޅަށް ދުވެ ހުރިހާ ތަނެއްބަލާ […]

އަލަތު ކައިވެންޏެއް ކުރި އެންމެ އުމުރުން ދުވަސްވީ ”ކަޕްލް“

އަލަތު ކައިވެންޏެއް ކުރި އެންމެ އުމުރުން ދުވަސްވީ ދެމީހުންގެ ކައިވެނި ގިނިސް ވޯލްޑް ރިކޯޑްސް އިން ފާހަގަ ކޮށްފިއެވެ. މި ކައިވެނި ކޮށްފައިވަނީ އެމެރިކާގެ ދެމީހުން ކަމަށްވާ، އުމުރުން 100 އަހަރުގެ ބަރނީ ލިޓްމަން އަދި 102 އަހަރުގެ މާޖޯރީ ފިޓަމަން އެވެ. ދެމީހުންގެ ކައިވެނި ގިނިސް ވޯލްޑް ރެކޯޑްސް ގެ ފަރާތުން ރިކޯޑް ކޮށްފައިވަނީ ޑިސެމްބަރު 3ވީ އަންގާރަ ދުވަހުއެވެ.މިދެމީހުންގެ ”ލަވް ސްޓޯރީ“ ފެށިފައިވަނީ ފިލަޑެލްފިޔާގެ މުސްކުޅިން ބަލަހައްޓާ ގެޔަކުންނެވެ.އެތަނަށް ދެމީހުންވެސް ބަދަލުވެފައިވަނީ ދެމީހުންގެ ގެވެސް […]

ނިދާ ހެދުން

އަހަރެން އެއްދުވަހަކު ރީތި ނިދާ ހެދުމެއް ގަންނަން ނިކުތީމެވެ. ގޭދޮށު ބައެއް ފިހާރަތައް ބަލާލިއިރު ރަގަޅު ހެދުމެއް ނުފެނުމުން ތަންކޮޅެއް ބޮޑު މޯލް އަކަށް ދިޔައިމެވެ. އެތަނަކީ މާރީތި ”ލިންގަރީ“ ނުވަތަ އަންހެނުން އަޑިންލާ އެއްޗެތި ހުންނަ ކަމަށް މަޝްހޫރު ތަނެކެވެ. އެމޯލް އަށް ގޮސް އެބައި ހާވާލުމުން ކަމުދާ ހެދުމެއް ފެނިއްޖެއެވެ. ވަރަށް އުފަލުން ހެދުން ނަގައިގެން ފައިސާ ދެއްކުމަށްޓަކައި ކައުންޓަރާ ދިމާލަށް ދިޔައިމެވެ.މީހުން ތަންކޮޅެއް ގިނަ ކަމުން ފައިސާ ދެއްކުމަށްޓަކާ އޮތީ ކިއު ހަދާފައެވެ. […]

ސޫރިޔާގެ ވެރިކަން ވެއްޓިއްޖެ

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމިއްޖެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން އިއުލާން ކޮށްފިއެވެ. އިދިކޮޅު ހަނގުރާމަވެރިން ވަނީ ވެރިރަށް ދިމިޝްގުގެ އިތުރުން ތިންވަނަޔަށް އެންމެ ބޮޑު ހޮމްޒް ސިޓީ ހިފާފައެވެ. އަދި ގެންދަނީ މަގުތަކާއި އާންމު ތަންތަނުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަނެއްކޮޅުން ރައީސް ބައްޝާރުލް އަސަދު ވަނީ ގައުމުދޫކޮށް ފުރާވަޑައިގެންފައެވެ. ވަޑައިގެންނެވި ވަކި ތަނެއް ނޭނގޭކަމަށް ޚަބަރުތައް ބުނެއެވެ. ބައްޝާރުގެ ކިބައިން ގައުމު މިނިވަންވެއްޖެކަން އިއުލާން ކުރެވުމާއެކު ބައެއް ބޮޑެތި ޖަލުތައް ހުޅުވާ އިދިކޮޅު […]

ސޮސެޖް ތެލުލުން

ޒުވާން ފިރިހެނަކު އެއްދުވަހަކު އޭނާގެ އަންހެނުން ހެނދުނުގެ ސައި ތައްޔާރުކުރާތަން ބަލަން ހުއްޓެވެ. ސޮސެޖް ތެލުލަން ތައްޔާރު ވަމުންދިޔައިރު އޭނާޔަށް ފެނުނީ ޕޭން އަށް ލުމުގެ ކުރިން އަންހެނުން ކޮންމެ ސޮސެޖެއްގެވެސް ދެކޮޅު ބުރިކޮށްލާތަނެވެ. ސައިގެ ކަންތައް ކުރިޔަށް ދިޔަވަގުތު ފިރިހެންމީހާ އަހާލިއެވެ. ”ކޮންމެ ސޮސެޖެއްގެ ދެކޮޅު ބުރިކޮށްލާފަ ހަދަނީ ކީއްވެގެން ހެއްޔެވެ؟“ މިހެން އެހުމުން އޭނާގެ އަންހެނުން ވިސްނާލާފަ ބުންޏެވެ. ”އެހެން ހަދާ ހަގީގީ ސަބަބެއް މަށަކަށް ނޭނގެއެވެ. މަގޭ މަންމަ ހަދާތީ ފެންނަގޮތަށް މަވެސް […]

ޣައްޒާގެ ވިއްސިވިހާލިވެފައިވާ އެތައްހާސް ރައްޔިތުން ފިނިމޫސުމުގެ ވޭނުގައި

ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ގޮސް ފޭލިގެ ތަކުގައި އުޅެން މަޖްބޫރުވެފައިވާ ޣައްޒާގެ އެތައްހާސް ރައްޔިތުންނަށް އިތުރު ވޭނަކާ ކުރިމަތިލާން ޖެހިއްޖެއެވެ.އެއީ ފިނިމޫސުމުގެ ގަދަ ފިންޏެވެ.ހަނގުރާމައިގެ ކުރިން ޣައްޒާގެ އަތިރިމައްޗަކީ ގިނަބަޔަކު ދުވަސް ހޭދަކޮށްލާ މޫދަށް އެރިލާހަދަން ދިޔަތަނެއްނަމަވެސް މިހާރު މުޅިއެހިސާބު ވަނީ ފޭލިގެތަކުން ފުރިފައެވެ. ހަގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު އެތައް ހާސް މީހުންގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފޭލިގެތަކެވެ. މިފަދަ އާއިލާތަކަށް މިއަދު ވަނީ ފިނިމޫސުމުގެ ފިނިފިނި […]