މެލޭޝިޔާގެ ކެއާހޯމް ތަކުގައިވެސް ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ހައްދުން ނެއްޓިފައި

މެލޭޝިޔާގެ އެކި ސްޓޭޓް ތަކުގައި ހިންގަމުން އައި 20 އިސްލާމިކް ވެލްފެއާ ހޯމް ރެއިޑްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން އައިކަމަށް ތުހުމަތުކުރެވޭ 171 މީހުން ހައްޔަރު ކޮށްފައިވާކަމަށް ޚަބަރުލިބެއެވެ. އަދި މިފަދަ އަނިޔާތައް ލިބެމުން އައި 400އަށް ވުރެ ގިނަ ކުޑަކުދިން ވަނީ މިއޮޕަރޭޝަންގައި ސަލާމަތް ކޮށްފައެވެ. ސީއެއްއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވެލްފެއާ ހޯމް ނުވަތަ ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ހިންގާ ހިޔާވަހިތަކަކީ އިސްލާމިކް ބިޒްނަސް ގްރޫޕަކުން ހިންގާ ތަންތަނެވެ. […]
ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލުމަށް ދެވަނަ ހަމަލާއެއް ދޭން އުޅެފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް ދެވަނަ ހަމަލާއެއް ދޭން އުޅުނު ކަމަށް ބެލެވިގެން ޓްރަމްޕަށް ޚާއްސަ ހިމާޔަތް ދެވިއްޖެ ކަމަށް ޚަބަރުލިބެއެވެ.މިކަން ހިނގާފައިވަނީ ފްލޮރިޑާ ގައި ހުންނަ ޓްރަމްޕް އިންޓަރނޭޝަނަލް ގޮލްފް ކްލަބާ ކައިރީގައި ފްލޮރިޑާ އަށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި،ރާއްޖެޔަށް މިއަދު ހެދުނުގެ ވަގުތެއްގައެވެ. އެފްބީއައި ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާ ހުރީ ޓްރަމްޕް އެވަގުތު ގޮލްފް ކުޅުއްވަން ހުންނެވި ގޮލްފް ކޯސް ގެ ފެންސެއް […]
ބޮރިސް ތޫފާނުގެ ސަބަބުން ޔޫރަޕްގެ ބައެއްގައުމުތަކުގައި ފެން ބޮޑުވެފައި

ބޮރިސްގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާނުގެ ސަބަބުން ސެންޓްރަލް އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އެތައްބަޔަކަށް އެކަމުގެ ގެއްލުންތައް ލިބެމުން ދާކަމަށް ޚަބަރު ލިބެއެވެ.އެހިސާބުތަކަށް ހޯމަދުވަހުގެ އިރުއޮއްސުމާހަމަޔަށްވެސް މޫސުންގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ފޯކާސްޓް ކުރެވިފައެވެ. މިހާރުވެސް ޗެކް ރިޕަބްލިކްގެ ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާއިތުވި 50 އަހަރުވެސް މިހާ ނުރައްކާތެރި މޫސުމީ ކާރިސާއެއް ދިމާވެއެއް ނުވެއެވެ.މޫސުމީ ވާރޭގެ ސަބަބުން މިވަގުތު ފެންބޮޑުވެފައިވާ ގައުމު ތަކުގެ ތެރޭގައި ޗެކް […]
ކޮންމެ މީހެއްގެ ފުށުންވެސް ފިލާވަޅެއް ލިބިދާނެއެވެ.

ކުޑަ އަންހެން ކުއްޖަކު އެއްދުވަހަކު ގޭގޯތި ތެރޭގަ ހުރި އާފަލު ގަހަކުން ދެއާފަލު ބިނދެލައިގެން ގެޔަށް ވަނެވެ. އަދި މަންމަޔަށް ދައްކާލުމަށްފަހު ބުންޏެވެ. މިއޮއްރީތި ދެއާފަލު ބަލާބަލާށެވެ.މަންމަ ބުންޏެވެ. އާން ތީވަރަށް ރީތި ދެއާފަލެވެ. މަންމަޔަށް އެއްއާފަލު ދޭނަން ހެއްޔެވެ؟ އެވަގުތު ކުއްޖާ އާއެކޭ ބުނުމަށްފަހު ދެއަތުގަ އޮތް ދެއާފަލަށް ބަލާލިއެވެ.އަދި އެއްފާލުގަ ދަތް އަޅާ ކުޑައެތި ކޮޅެއް ކާލިއެވެ.އެއަށްފަހު ދެވަނަ އާފަލުގަވެސް ދަތް އަޅާ އެތިކޮޅެއް ކާލިއެވެ. އެވަގުތު މަންމަ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ.މިއީ […]
ހިތި ބޭސް

އަހަރެންނާއި މަންމަ ދޫކޮށް ބައްޕަ ދިޔަދުވަސް އަހަރެންގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ.އޭރު އަހަރެންގެ އުމުރުން 13 އަހަރެވެ.އެދުވަހު އަހަރެންގެ ދުނިޔޭން ކުލަ ފޮހެވިގެން ދިޔައެވެ. ހުރިހާ ތަނެއް ފެނުނީ ކަޅާހުދުންނެވެ. ބައްޕަ ދުއްވާ ބައު ކާރަށް އަރާ ދުއްވާލި ވަގުތު އަހަރެން ރޮމުން ދުވެފަ މަގުމައްޗަށް ނިކުތީމެވެ. އަދި ބައްޕާ އަންނާށޭ ބާރަށް ގޮވާ ހަޅޭއްލެވީމެވެ.އެކަމަކު ވަދާއުގެ ސަލާމް ވެސް ކޮށްލުމެއް ނެތި އަދި ފަސް އެބުރި ބަލާލުމެއްވެސް ނެތި ގޮސް ގޯޅިއަޅަމުން ކާރުގެ ބުރަކި […]
23ދަތް ނަގައި 12އިމްޕްލާންޓް ލެއްވި މީހަކު ހާޓް އެޓެކެއް ޖެހިގެން މަރުވެއްޖެ

ޗައިނާގައި އެއްދުވަސް މަތިން 23 ދަތް އުފުރާ އަދި 12 އިމްޕްލާންޓް ލެއްވި މީހަކު ހާޓް އެޓެކެއް ޖެހިގެން މަރުވެއްޖެއެވެ. ހާޓް އެޓެކް ޖެހިގެން އެމީހާ މަރުވެފައި ވަނީ ޑެންޓަލް ޕްރޮސީޖާ ހެދިތާ 13 ދުވަސްފަހުންނެވެ. މިކަން މީޑިޔާގެ ސަމާލު ކަމަށް އައިސްފައިވަނީ ޑޮކްޓަރެއް ކަމަށްވާ، މަރުވި މީހާގެ ދަރިފުޅު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކަށް ފަހުއެވެ. އޭނަބުނެފައިވާ ގޮތުގައި އޮގަސްޓް 14 ވަނަ ދުވަހު އޭނާގެ ބައްޕަވަނީ ޗައިނާގެ ޔޮންގކަންގ ޑިއުވޭ ޑެންޓަލް ހޮސްޕިޓަލް ގައި […]
މަލައިކާ އަރޯރާގެ ބައްޕަ މަރުވެއްޖެ

އިންޑިޔާގެ މަޝްހޫރު ފިލްމް އެކްޓްރެސް މަލައިކާ އަރޯރާގެ ބައްޕަ އަނިލް އަރޯރާ މަރުވެއްޖެއެވެ. ޚަބަރު ލިބޭ ގޮތުގައި އޭނާ މަރުވެފައިވަނީ އިއްޔެ މުމްބާއީގެ ބަންޑްރާގައި ހުންނަ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ފުންމާލައިގެން އަމިއްލައަށެވެ. ނަމަވެސް ސުއިސައިޑް ނޯޓެއް އަދި ފެނިފައިނުވާތީ ފުލުހުން އިތުރަށް މައްސަލަ ބަލަމުން ދާކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. .ހާދިސާ ހިނގިއިރު މަލައިކާ ހުރީ މުމްބާއީގަ ނޫންކަމަށް ވެއެވެ ނަމަވެސް ޚަބަރުލިބުމާއެކު އައިސްފައި ވެއެވެ. އަނިލް އަރޯރާ މަސައްކަތް ކުރީ މާޗަންޓް ނޭވީގަ ކަމަށް […]
ފަހަތުން ކަށިޖަހާ މީހުންނަށް ސަމާލުވާށެވެ.

އެއްދުވަހަކު ބޮޑު ހަރުފައެއް ޖަންގައްޔެއްގެ ތެރޭން ދަނިކޮށް ”ފަޔާފްލައި“ އެއް(އަދިރީގަ ދިއްލޭ ކުދި ސޫފި)ފެނިއްޖެ އެވެ. ކުއްލިއަކަށް ހަރުފައިގެ އަމިއްލަ ދަތުރު ބަދަލު ކޮށްލުމަށްފަހު ”ފަޔާފްލައި“ ފަހާ ދުވަން ފެށިއެވެ. އެތައް ހިސާބަކަށް ފަހާ ދިޔައިރުވެސް ”ފަޔާފްލައި“ އަތުވާގޮތެއް ނުވިއެވެ. އެހާހަމައިން ފަޔާފްލައި ބުނެފިއެވެ. މަޑުކޮށްބަލާށެވެ. އަހަރެން ކަލެޔާ 3 ސުވާލު ކުރަން ބޭނުމެވެ. މިފުރުސަތު އަހަރެންނަށް ދޭނަން ހެއްޔެވެ؟ ބުނީމަ ހަރުފަ ބުނެފިއެވެ. އެންމެ ރަނގަޅެވެ. ކުރިޔަށް ގެންދާށެވެ. ބުނީމަ ”ފަޔާފްލައި“ ސުވާލު ކުރިއެވެ.”ކަލޭ ކެއުމަށް […]
އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ސްކޫލުން ވަކިކޮށްފި

އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ އަމްރޯހާގެ ޕްރައިވެޓް ސްކޫލެއްގައި ގްރޭޑް 3ގައި ކިޔަވަމުންދާ ކުއްޖެއްގެ ލަންޗްބޮކްސް ގައި އެއްގަމު މަސް އަޅާފައިފާ ކާއެއްޗެއް ގެންދިއުމުން ކުއްޖާ ސްކޫލުން ވަކިކޮށްފިއެވެ. މި މައްސަލައިގައި ޕްރިންސިޕަލް އާއި ކުއްޖާގެ މަންމަ އާއި ދެމެދު ބަދަލު ކުރެވުނު ބަހުގެ ހޫނު ހަމަލާތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ވައިރަލް ވެފައެވެ. ކުއްޖާ އަތަށް ދީފަ މިގޮތަށް އެއްގަމު މަސް ބޭނުންކޮށްގެން ހަދާފައިވާ ކެއުން ފޮނުވުމުގެ ބޭނުމަކީ ކްލާހުގެ ހުރިހާ ކުދިން […]
ކާމިޔާބު ފިރިންގެ ފަހަތުގަ ތިބޭ އަނބިން

ކޮންމެވެސް ރަށެއްގައިވާ ހައިވާނު ބަގީޗާއެކެވެ. މިތަނުގައި ވަރަށް ގިނަ ތަފާތު ޖަނަވާރު ތައް ވެއެވެ. އެހެން ކަމުން މިތަނަކީ ގިނަބަޔަކު ޒިޔާރަތް ކުރާ އަދި އާންމުންގެ މެދުގައި މަގްބޫލް ތަނަކަށް ވަނީ ވެފައެވެ. މިތަނުގެ މެދުގައި ވަރަށް ބޮޑު ފުން ކޯރެއްވެއެވެ. އަދި ކޯރުގައި ވަރަށް ގިނަ ކިނބޫ އުޅެއެވެ.އެކި ވަރުގެ އެކި އުމުރުގެ ކިނބޫ ތަކުން މިކޯރު ވަނީ ގާތްގަނޑަކަށް ފުރިފައެވެ. ކޯރުގެ މެދުގައި ކުޅިބަލާގެއެއް ތައްޔާރު ކޮށްފައި ވެއެވެ. އެއީ އެތަނަށް ޒިޔާރަތް ކުރާ […]