ނިއުޒިލަންޑްގެ ޗެރިޓީ އަކުން ޑްރަގް އެކުލެވޭ މެޓައެއް ބަހައިފި

ނިއުޒިލަންޑްގެ ޗެރިޓީއަކުން ބެހި ކާއެއްޗެތީގެ ތެރޭގައި މެތަމްފެޓަމީން(މެތު) މަތީ މިންވަރަކަށް އެކުލެވޭ މެޓައެއް ބެހިފައިވާތީ އެތަކެތި ލިބުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އޮކްލަންޑް ސިޓީ މިޝަނުން ބެހި ފުޑް ޕާރުސަލު، 400އެއްހާ މީހުންނަށް ބެހިކަމަށް ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ ޗެރިޓީ ޖަމާއަތުން ބުނެފައި ވެއެވެ. އެޖަމާއަތުން ބުނެފައިވާ ގޮތުގައި އެމެޓަޔަކީ އާންމުފަރާތަކުން ނަން ވަންހަނާކޮށް ހަދިޔާކުރި ސީލް ކޮށްފައިވާ މެޓާ ކޮތަޅަކުން ނެގި މެޓައެވެ. ނޭގި މެޓާ ބޭނުން ކުރެވުމަށްފަހު ކުޑަކުއްޖަކު ހިމެނޭ […]

އެމް-ޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި

އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ބާރަށް ފެތުރެމުންދާ އެމް-ޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.މިގޮތުން މަންކީޕޮކްސް އާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަރޓް ބުދަ ދުވަހު ވަނީ ނެރެފައެވެ. މިއީ މި ބައްޔަށް އެ ޖަމްއިއްޔާ އިން މިއަހަރު ތެރޭ އެ އެލަރޓް ނެރުނު ދެވަނަ ފަހަރެވެ. ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް […]

އެއްމާބަނޑު ދެބެންގެ އުފަން ސެޓްފިކެޓް ހަދަން ގޮސްހުއްޓާ ދެކުދިން ޝަހީދު ކޮށްލައިފި

ޣައްޒާ އަށް އިސްރާއިލުން ދިން އިތުރު ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެތެރޭގައި އަލަށް އުފަންވެފައިވާ އެއްމާބަނޑު ދެބެން ހިމެނިއްޖެ އެވެ.އިސްރާއިލް އަސްކަރިއްޔާގެ އެންމެ ފަހުގެ ހަމަލާ ދިންއިރު ދެކުދިންގެ ބައްޕަ ހުރީ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލޯކަލް ގަވަންމަންޓް އޮފީހަށް ގޮހެވެ. އުމުރުން އެންމެ ހަތަރު ދުވަސް ވެފައިވާ އައްސަރު ގެ ނަމުން ނަންދީފައިވާ ފިރިހެން ކުއްޖަކާ އައިސެލް ގެ ނަމުން ނަންދީފައިވާ އަންހެން ކުއްޖާ އާއި އެކު އޭނާގެ މަންމައާއި މާމަވެސް ވަނީ މިހަމަލާގައި […]

އިސްރާއިލްގެ ކެބިނެޓްގައި އެތެރޭގެ ”ހަނގުރާމަ“ އެއް؟

ހަމާސްއާ ދެކޮޅަށް އިސްރާއިލުން ކުރިޔަށްގެންދާ ހަމަލާތަކުގައި ”ޓޯޓަލް ވިކްޓަރީ“ ނުވަތަ ފުރިހަމަ ނަސްރު ހޯދުމަށް ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވާ އަމާޒަކީ ”ޖިބަރިޝް“ ނުވަތަ ތާކުންތާކު ނުޖެހޭ ކަމެއްކަމުގައި ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ވިދާޅުވެއްޖެއެވެ.މިއާއެކު ބޮޑުވަޒީރުގެ އޮފީހުން ވަނީ ކުއްލިރައްދެއްވެސް ދީފައެވެ. ގަލަންޓް ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ ގަލަންޓް ގެންގުޅުއްވަނީ އިސްރާއިލަށް ފައިދާހުރި ގޮތެއްނޫން ކަމަށާ މިކަމުގެ ސަބަބުން ސިފައިންގެ މަސައްކަތަށާ ހޮސްޓެޖުން ސަލާމަތްކުރުމާބެހޭ ވާހަކަތަކަށް އަސަރު ކުރާކަމަށް ވިދާޅުވެފައެވެ. ”ގަލަންޓް އެންޓި […]

އަހަރުމެންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ކަނޑައަޅަނީ އަހަރުމެންގެ ސިކުނޑިއެވެ.

އެއްދުވަހަކު މީހަކު އެތް ގެންގުޅޭ ކޭމްޕަކަށް ދިޔައެވެ. އެތަނުން އޭނާއަށް ފެނުނު މަންޒަރުން އޭނާ ވަރަށް ހައިރާން ވިއެވެ. އެހެނީ އެތްތައް ވަނީ ދަގަނޑު ކޮށިތަކަށް ލާފައެއް ނޫނެވެ. ނުވަތަ ޗޭނުޖަހާފައެއްވެސް ނޫނެވެ.އެކަމަކު ކޭމްޕްގައި ބޭތިއްބި ތަނެއްގައި ރީތިކޮށް އެތްތައް ތިބެއެވެ. އެތްތައް ކޭމްޕުން ބޭރަށް ދިޔަ ނުދިނުމަށް ހަމައެކަނި އޭގެ ފައިގައި އައްސާލާފައި ވަނީ ކުޑަކުޑަ ރޯނު ފަށެކެވެ. އެމީހާ ހައިރާންވެގެން ހުރިހާ އެތްތައް ކައިރިން ހިނގަމުން ބަލަމުން ދިޔައެވެ. ހަމަ އެންމެ އެތެއްވެސް އެރޯނުފަށް […]

ވީޑިއޯ ހަދަން އުޅެނިކޮން ގެނބިގެން 7 ޒުވާނުން މަރުވެއްޖެ

އިންޑިޔާގެ ރާޖަސްތާންގައި، ވެހެމުން ދިޔަ ބޯވާރޭގައި ކޯރަކަށް އެރި ފަތަމުން ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން 7 ޒުވާނުން މަރުވެއްޖެ އެވެ.މިހާދިސާ ހިނގާފައިވަނީ ރާޖަސްތާންގެ ޝްރީނަގަރު ކޯރުގައި ކަމަށްވެއެވެ. މިދުވަސްކޮޅު އެހިސާބަށްވެސް މޫސުންގޯސްވެ ބޯކޮން ވާރޭ ވެހެމުން ދިއުމާއިއެކު ކޯރުގެ ފެންގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ ކަމަށް ޚަބަރުތައް ބުނެއެވެ. ޕީޓީއައި އާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގި އާދީއްތަ ދުވަހު އެހިސާބަށް އެރިފައި ވަނީ 8 ޒުވާނުންނެވެ.މީގެ ތެރޭގައި […]

ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ކަންފަތަށް އަޑުނީވޭ ކުއްޖެއް

ދެކުނު އެފްރިކާގެ ރީތީގެ ރާނީ އަކަށް ފުރަތަމަ ފަހަރަށް ކަންފަތަށް އަޑުނީވޭ ކުއްޖަކު ހޮވައިފިއެވެ. އޭނާ މި މަގާމަށް ހޮވުމާއެކު ދިން ”އެކްސެޕްޓަންސް ސްޕީޗް“ ގައި ރީތީގެ ރާނީ މިއާ ލެރޫ ބުނީ ހުވަފެންތަކެއް ހުރެމެ،މުޖްތަމައުއިން އެކަހެރި ކުރެވޭ އޭނާފަދަ އެހެން ފަރާތްތަކަށް އޭނާގެ މި ކާމިޔާބީގެ ސަބަބުން ހިތްވަރެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.އަދި މާލީގޮތުން ފުދުންތެރިކަން ނެތިގެން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރެގެން މިފަދަ އުންމީދުތައް ހާސިލް ނެވެފަ ތިބި ފަރާތްތަކަށް އެހީތެރިވާން […]

އެތުގެ ހަމަލާއިން މަރުވާ މީހުން މަދުކުރުމަށް އާސާމްގައި މޯބައިލް ފޯން އެޕެއް ތަޢާރަފް ކޮށްފި

އެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އަމާޒުކޮށް އިންޑިޔާގެ އާސާމް ސްޓޭޓްގައި ޚާއްސަ މޯބައިލް ފޯން އެޕެއް .ތަޢާރަފް ކޮށްފިއެވެ ”ހާތީ އެޕް“ ބޭނުން ކުރުމުން އެތެއް ނުވަތަ އެއްތައް މީހުން ދިރިއުޅޭ ސަރަހައްދަށް ވަންނަން ދާނަމަ އިންޒާރުގެ މެސެޖް ތައް ލިބޭނެއެވެ. .އެހެން ކަމުން ރައްކާތެރިކަން ހޯދުމަށް ފުރުސަތު ލިބޭނެއެވެ އާސާމް އަކީ އިންޑިޔާގައި އެތުގެ އާބާދީ އެންމެ ގިނަ އެއް ސްޓޭޓެވެ.އަދި އެއް ހަމަލާދީގެން މަރުވާ މީހުންނާ އަދި މީހުން […]

ކުދިންނަށް މިއަދު އަހަރެންގެ ބޭނުން ކެނޑުނީއެވެ.

އަހަރެންގެ އުފަންދުވަސް ދާދި އަވަހަށް އެބައާދެއެވެ. 60 ވަނަ އުފަން ދުވަހެވެ.އެކަމަކު މި ފަހަރު އެދުވަސް ފާހަގަ ކުރުމުގައި އަހަރެންނާ ބައިވެރިވާނެ މީހަކު ނެތެވެ.މިބުނީ އަހަރެންގެ އާއިލާގެ މީހަކު ނެތް ވާހަކައެވެ އަހަރެންގެ ފިރިމީހާ މަރުވިއިރު އޭނާއަށް 40 އަހަރުވެސް ނުވެއެވެ.އޭރު އަހަރުމެން ދެމީހުންގެ ކުޑަކުޑަ ފަސް ކުދިން ތިއްބެވެ.އެންމެ ކުޑަކުއްޖާއަށް ދެ އަހަރުވެސް ނުވެއެވެ. އެއްވެސް އިތުރު މީހެއްގެ އެހީތެރިކަމެއް ނެތި ހުރިހާކުދިން ބަލާ ބޮޑުކުރީ އަހަރެން އެކަނި ކުރި މަސައްކަތުންނެވެ.އަވަށްޓެރިންގެ ގޭގެޔަށް ގޮސް ލިބުނު […]

އެއާޕޯޓް ކޮންވެޔަރ ބެލްޓެއްގަ ތާށިވެ މަރުވެފައިވާ އަންހެނަކު ފެނިއްޖެ

އެމެރިކާގެ ޝިކާގޯގެ އޯހެއަރ އިންޓަރނޭޝަނަލް އެއާޕޯޓް ގެ ބެގެޖް ހެންޑްލިންގ ސަރަހައްދެއްގައި ކޮންވެޔަރ ބެލްޓެއްގައި ތާށިވެ، މަރުވެފައިވާ އަންހެނަކު ފެނިއްޖެއެވެ.މިސަރަހައްދަކީ އާންމުންނަށް ވަދެވޭ ސަރަހައްދެއް ނޫންކަމަށާ އަންހެންމީހާ އެތަނަށް ވަންގޮތެއް ނޭގޭކަމަށް އެއާޕޯޓް އޮފިޝަލުން ބުނެފައިވެއެވެ.އަދި އުމުރުން 57 އަހަރުގެ އަންހެން މީހާއަކީ އެއާޕޯޓްގެ މުވައްޒަފެއް ނޫން ކަމަށްވެސް ކަމާބެހޭ އޮފިޝަލުން ހާމަކޮށްފައި ވެއެވެ. ޝިކާގޯ ފަޔަރ ޑިޕާޓްމަންޓް ގެ ތަރުޖަމާން މައުލޫމާތުދީފައިވާ ގޮތުގައި މެޝިނުގައި އަންހެން މީހާ ތާށިވެފައިވާތަން ފެނި،ޕެރަމެޑިކްސް އަށް ގުޅާފައިވަނީ ބުރާސްފަތިދުވަހު ހެނދުނު […]