ނިއުޒިލަންޑްގެ ޗެރިޓީއަކުން ބެހި ކާއެއްޗެތީގެ ތެރޭގައި މެތަމްފެޓަމީން(މެތު) މަތީ މިންވަރަކަށް އެކުލެވޭ މެޓައެއް ބެހިފައިވާތީ އެތަކެތި ލިބުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އޮކްލަންޑް ސިޓީ މިޝަނުން ބެހި ފުޑް ޕާރުސަލު، 400އެއްހާ މީހުންނަށް ބެހިކަމަށް ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ ޗެރިޓީ ޖަމާއަތުން ބުނެފައި ވެއެވެ. އެޖަމާއަތުން ބުނެފައިވާ ގޮތުގައި އެމެޓަޔަކީ އާންމުފަރާތަކުން ނަން ވަންހަނާކޮށް ހަދިޔާކުރި ސީލް ކޮށްފައިވާ މެޓާ ކޮތަޅަކުން ނެގި މެޓައެވެ.
ނޭގި މެޓާ ބޭނުން ކުރެވުމަށްފަހު ކުޑަކުއްޖަކު ހިމެނޭ ގޮތުން މަދުވެގެން ތިން މީހުން ސިއްހީ ފަރުވާ ހޯދާފައިވާ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް އެއްވެސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ނުކުރާ ކަމަށް ވެއެވެ.
ނިއުޒިލަންޑް ޑްރަގް ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި ބެހި ކޮންމެ މެޓައެއްގައި ނިއުޒިލަންޑްގެ އެއްހާސް ޑޮލަރު ނުވަތަ 601ޔޫއެސް ޑޮލަރުގެ އަގުހުރި ޑްރަގް އެކުލެވެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ އެކްސީޑެންޓަކުން ހިނގި ކަމެއްތޯ ނުވަތަ ބަޔަކު ޓާގެޓް ކޮށްގެން ހިންގި އޮޕަރޭޝަން އެއްތޯ އަދި ބުނަން އަވަހެވެ.
ބެހި މެޓަލުގަ ދޭ ރަހަޔާމެދު ޝައްކެއްވެގެން މެޓާ ލިބުނު މީހަކު ރިޕޯޓް ކުރުމުން ޗެރިޓީގެ ފަރާތުން ފުލުހުންނަށާ ކަމާބެހޭ އެހެން ފަރާތްތަކަށް އަންގާފައި ވެއެވެ.އޯކްލަންޑް ސިޓީ މިޝަންގެ ޗީފް އެގްޒެކެޓިވް ހެލެން ރޮބިންސަން ބުނި ގޮތުގައި ޝަކުވާއެއް ލިބުމާއެކު ޗެރިޓީގެ ބައެއް ސްޓާފް މެމްބަރުންވެސް މެޓާ ބޭނުން ކުރިކަމަށާ އެއާއެކު އެމީހުންނަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. އެއަށް ފަހު ސާމްޕަލްތައް ޓެސްޓް ކުރުމުން އެންމެ މެޓައެއްގައިވެސް ނުރައްކާލެވެލް އަކަށް މެތު އެކުލެވޭކަން ހާމަވެފައިވާ ކަމަށް އޭނަބުނެފައިވެއެވެ.
މެތުގެ އާންމު ޑޯޒަކީ 10-25މިލިގްރާމް ކަމަށްވާއިރު ބެހި ކޮންމެ މެޓައެއްގައި 300ޑޯޒް ހާ މެތު އެކުލެވޭކަން ވަނީ ހާމަވެފައެވެ.
އޮކްލަންޑް ސިޓީ މިޝަން ކިޔާ ޗެރިޓީ ޖަމާއަތުން އަހަރަކު 50ހާހެއްހާ ފުޑް ޕާރުސަލް ބަހާ ކަމަށް ވެއެވެ.އަދި މީގައި ހިމަނަނީ ވިޔަފާރިޔަށް ތައްޔާރުކުރާ ކާބޯތަކެއްޗެވެ