އަހަރުމެންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ކަނޑައަޅަނީ އަހަރުމެންގެ ސިކުނޑިއެވެ.

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު މީހަކު އެތް ގެންގުޅޭ ކޭމްޕަކަށް ދިޔައެވެ. އެތަނުން އޭނާއަށް ފެނުނު މަންޒަރުން އޭނާ ވަރަށް ހައިރާން ވިއެވެ. އެހެނީ އެތްތައް ވަނީ ދަގަނޑު ކޮށިތަކަށް ލާފައެއް ނޫނެވެ. ނުވަތަ ޗޭނުޖަހާފައެއްވެސް ނޫނެވެ.އެކަމަކު ކޭމްޕްގައި ބޭތިއްބި ތަނެއްގައި ރީތިކޮށް އެތްތައް ތިބެއެވެ. އެތްތައް ކޭމްޕުން ބޭރަށް ދިޔަ ނުދިނުމަށް ހަމައެކަނި އޭގެ ފައިގައި އައްސާލާފައި ވަނީ ކުޑަކުޑަ ރޯނު ފަށެކެވެ.

އެމީހާ ހައިރާންވެގެން ހުރިހާ އެތްތައް ކައިރިން ހިނގަމުން ބަލަމުން ދިޔައެވެ. ހަމަ އެންމެ އެތެއްވެސް އެރޯނުފަށް ކަނޑާލާފަ ސަލާމަތްވާކަށް މަސައްކަތެއް ނުކުރެއެވެ. އެކަމަކު އެތުގެ ބިޔަކަމާ ބާރު ގަދަ ކަމާއެކު ބޭނުން ވެއްޖެ ނަމަ ހަމަ ދާދިފަސޭހަ ކަމާއެކު ރޯނު ފަށް ކަނޑާލާފަ ދެވޭނެ ކަން ފެންނަން ހުރެއެވެ.  އެހެން ކަމާއެކުވެސް ރޯނުފަށް ކަނޑާލަން އެންމެ އެތެއްވެސް މަސައްކަތް ކުރާތީ އެއް ނުފެނުނެވެ.

މިމީހާ ހައިރާން ކަމާއެކު އެތްތަކަށް ބަލަމުން ދާ މަންޒަރު އެތްތަކުގެ ޓްރެއިނަރަށް ފެނިއްޖެއެވެ. އަދި އޭނާ ވަރަށް ޝައުގުވެރިކަމާއެކު އެތްތަކަށް މިހެން ދިމާވާގޮތް ކިޔާދޭން ފެށިއެވެ.

”އެތްތައް އެންމެ ކުޑައިރު ތަންތަނަށް ދިޔަ ނުދިނުމަށްޓަކާ އަހަރުމެން އެތުގެ ފައިގަ ޖަހަނީ މި ސައިޒުގެ ހިމަ ރޯނުފަށެކެވެ.އޭރު އެތުގެ ކުޑަކަމާއެކު އެވަރުގެ ރޯނުފަށަކުން އެތް ހިފަހައްޓައެވެ.“

”އެތް ބޮޑުވަމުން ދިޔަ ވަރަކަށްވެސް އެތަށް ހީވެފައޮންނަނީ އެރޯނުފަށް ކަނޑާފަ ނުދެވޭނެ ކަމަށެވެ.އެހެން ކަމުން ކަނޑާލާފަ ދާންވެސް މަސައްކަތެއް ނުކުރެއެވެ.“

އަހަރުމެންގެ ހަޔާތުގައިވެސް އަހަރުމެންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ބިނާވަނީ ސިކުޑީގައި ކަނޑައެޅޭ ލިމިޓޭޝަން ނުވަތަ ހުދޫދުގެ މައްޗަށެވެ. ކަމެއް ކުރެވޭނެ ކަމަށް ގަބޫލުކޮށް އެކަމެއް ކުރަން އުޅޭނަމަ ކުރެވޭނެއެވެ. ނުކުރެވޭނެ ކަމަށް ގަބޫލުކޮށްގެން ކުރަން ނޫޅޭނަމަ ނުކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް