އަހަރެންގެ އުފަންދުވަސް ދާދި އަވަހަށް އެބައާދެއެވެ. 60 ވަނަ އުފަން ދުވަހެވެ.އެކަމަކު މި ފަހަރު އެދުވަސް ފާހަގަ ކުރުމުގައި އަހަރެންނާ ބައިވެރިވާނެ މީހަކު ނެތެވެ.މިބުނީ އަހަރެންގެ އާއިލާގެ މީހަކު ނެތް ވާހަކައެވެ
އަހަރެންގެ ފިރިމީހާ މަރުވިއިރު އޭނާއަށް 40 އަހަރުވެސް ނުވެއެވެ.އޭރު އަހަރުމެން ދެމީހުންގެ ކުޑަކުޑަ ފަސް ކުދިން ތިއްބެވެ.އެންމެ ކުޑަކުއްޖާއަށް ދެ އަހަރުވެސް ނުވެއެވެ.
އެއްވެސް އިތުރު މީހެއްގެ އެހީތެރިކަމެއް ނެތި ހުރިހާކުދިން ބަލާ ބޮޑުކުރީ އަހަރެން އެކަނި ކުރި މަސައްކަތުންނެވެ.އަވަށްޓެރިންގެ ގޭގެޔަށް ގޮސް ލިބުނު ކޮންމެ މަސައްކަތެއް އަހަރެން ކުރީމެވެ.ގޭތެރެ ސާފު ކުރުމާއި ކައްކާދިނިނުމެވެ.އެއްޗެތި ދޮވެ އިސްތިރި ކުރުމެވެ.މި މަސައްކަތް ކޮށް ދިނުމުން އެގޭގެއިން ބާކީވާ،އެހެން ބަހަކުން ބުނާނަމަ އުކާލަންޖެހޭ ކާއެއްޗެތި އަހަރެންނަށް ދެއެވެ.މި ތަކެތި ހިފައިގެން އަހަރެން އަވަސް އަވަހަށް ގެޔަށް ގޮސް ކުދިންނަށް ކާންދެނީއެވެ.
ގޭގޭގައި މަސައްކަތް ކުރުމުގެ އިތުރުން ގުދަން ތަކުގައި މުދާޖަހާދިނުން ފަދަ މަސައްކަތްވެސް އަހަރެން އައީ ކުރަމުންނެވެ.ރޭގަޑު ގެޔަށް އާދެވޭއިރު ވަރުބަލިވެފަ ހުންނަވަރުން އަހަރެން ނަށް ނިދަންވެސް ހަނދާންނެތިފަ އެނދުގައި އޮވެވެއެވެ.އަނެއް ދުވަސް ވަންދެނެވެ.ހެނދުނު 6 ޖެހުމާއެކު މަސައްކަތުގެ އިތުރު ދުވަހެއް ފެށުނީއެވެ. ފަހަރަކު ގެޔަކަށްގޮސް އަވަސް އަވަހަށް އެމީހުން ދެއްކި މަސައްކަތެއް ކޮށްފައި ގެއަށް އަންނަމެވެ.އަނެއްކާ އެހެން ދިމާލަކަށް ދިއުމަށެވެ.
ކުދިން ވަކިވަރަކަށް ބޮޑެތި ވުމުން އެކަކު އަނެކަކަށް އެހީތެރިވެދެއެވެ.އަމިއްލަޔަށް ސްކޫލްއަށް ދާން ތައްޔާރުވެއެވެ. އަދި ކުޑަޔަށް ތިބޭކުދިންނަށް ކާންދީ ސްކޫލްއަށް ދިއުމަށް ތައްޔާރު ކުރެއެވެ.
އަހަރުމެންނަކީ އެހެން ދުރު ރަށަކަށް ނިސްބަތްވާ އާއިލާއެކެވެ.ވެރިކަން ކުރާ ރަށަށް އައީ ކުދިންނަށާ އަހަރުންނަށް އިތުރު ފުރުސަތުތައް ހޯދުމަށެވެ. މިރަށަށް ބަދަލުވުމަށް ފަހު ބޮޑު މޯގޭޖްއަކާއެކު ކުޑަ ގެއެއް ގަތީމެވެ. ފިރިމީހާ މަރުވުމަށްފަހު ގޭގެ މޯގޭޖް އޮތީ އަހަރެންގެ ނަންމައްޗަށް ބަދަލުވެފައެވެ.އަހަރެންނަށް ލިބޭ އެއްޗަކުން އަހަރެން އައީ އާއިލާގެ ބޭނުންތައް ވީއެންމެ ރަގަޅަކަށް ފުއްދުމަށްފަހު މޯގޭޖްވެސް ދައްކަމުންނެވެ.
ދުވަސްތަކާ އަހަރުތައް ފާއިތުވަމުންގޮސް ފަހަރަކު ކުއްޖަކު ސްކޫލް ނިންމާ،ވަޒީފާހޯދާ އަމިއްލަ ދިރިއުޅުން ފަށަމުން އައެވެ.
އިސާހިތަކު ގޭގައި އުޅެނީ އަހަރެން އެކަނި ކަމަށް ވެއްޖެއެވެ.ނަމަވެސް އަހަރެން ހުރީ ވަރަށްވެސް ހިތްހަމަޖެހިގެންނެވެ.މަންމަ އެއްގެ ޒިންމާ ފުރިހަމަޔަށް އަދާކުރެވުނު ކަމުގެ ހިތްހަމަ ޖެހުމެވެ.އެހެނީ އެންމެނަށް ފުދޭވަރަށް ޕާން ނެތްނަމަ ނުކައި ހުންނަނީ އަހަރެންނެވެ.އަހަރެން އަބަދުވެސް އިސްކަން ދެނީ އަހަރެންގެ އާއިލާއަށެވެ.އެކުދިންދެކެ އަހަރެން ވަރަށް ލޯބިވެއެވެ.
ގެއަށް ފައިސާ ދައްކަމުން ޕެންޝަނަށްވެސް އެއްޗެއް ލަމުން ދެވޭތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.މިހާރަކު ދަތިކަމެއް ނެތެވެ.ޝަކުވާއެއްނެތެވެ.
ކުއްލިއަކަށް އެއްދުވަހަކު އަހަރެންނަށް ހޭވެރިކަންވީ ނަރސިންގ ހޯމް އެއްގައި އަހަރެން އިންދައެވެ.
އެއްދުވަހަކު ކުދިންއައިސް އެދުނީ އެމީހުންނާއެކީ ހިނގާލަން ދިއުމަށެވެ. އަހަރެން ވަރަށް އުފަލުން އެކަމަށް ގަބޫލުވީމެވެ. އަދި ރީތިކޮން ނަލަ ހެދިލީމެވެ.ކުދިންނާއެކީ ވަގުތު ހޭދަކޮށްލަން ލިބުނީމައެވެ. ހިނގަމުންގޮސް ނަރސިންގ ހޯމް އަކަށް ވަނެވެ. އަހަރެންނަށް މިވާގޮތެއް ނޭނގިފަ އިންދާ ކުދިން އަހަރެން އެތަނަށް ދޫކޮށްފަ ދިޔައެވެ.
ނަރސިންގ ހޯމްގައި މިހެން އިންނަ އިރު ކުދިންނާއެކު މުސްކުޅި އުމުރު ހޭދަކުރުމަށް އަހަރެން ދެކެމުން އައި ހުވަފެންތައް ހިތަށް ވެރިވެ އަހަރެންނަށް ކިތަންމެ ފަހަރަކު ރޮވެއެވެ. އަހަރެންގެ ދެއަތުން ކުރި ބުރަ މަސައްކަތުން އަގު އަދާކުރި ގޭގެ މަތިން ވަރަށް ހަނދާންވެއެވެ.ކުދިންނާ ފިރިމީހާއާއި އެކު ނަގާފައިވާ ފޮޓޯތައް މަތިން ވަރަށް ހަނދާންވެއެވެ.އަހަރެންގެ ރީތި މާގަސްތައް މަތިން ވަރަށް ހަނދާންވެއެވެ. އަހަރެން ފިނިކޮށްލުމަށް އިންނަ ބެލްކަނީގެ މަތިން ވަރަށް ހަނދާންވެއެވެ.
މިތަނުގަ އުޅޭ މީހުން އަހަރެންނަށް ގޯހެއް ނޫނެވެ. އެކަމަކު މިތަނުގައި ކޮންމެ ކަމެއްވެސް ކުރަން ޖެހެނީ ވަކި ތަރުތީބަކުންނެވެ.އަހަރެން ބޭނުންވާކަމެއް ބޭނުން ވަގުތަކު ނުކުރެވެއެވެ.މިއީ އަހަރެންގެ އަމިއްލަ ގެއެއްނޫން ތާއެވެ.އެމިނިވަން ކަމެއް ނޯންނާނެތާއެވެ.
ކުދިން ބުނާގޮތުގައި ނަރސިންގ ހޯމް އެއްގައި ހުރުމުން އަހަރެންނަށް މާރަގަޅުވާނެއެވެ.ޑަކްޓަރަކު ހުރެގެން ބަލާނެއެވެ.ހަގީގަތަކީ އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކާލަން ދިއުންވެސް ކުދިންނަށް ބުރައަކަށް ވީއެވެ.އަހަރެންގެ ހަޔާތުގެ ނިމުންވެސް ކުދިން ކަނޑައެޅީއެވެ. ކުދިންނަށް މިއަދު އަހަރެންގެ ބޭނުން ކެނޑުނީއެވެ.
އިބުރަތް :
އުމުރުން ދުވަސްވުމަކީ އެކަހެރި ކުރެވެން ޖެހޭ ސަބަބެއް ނޫނެވެ.އުމުރުން ދުވަސްވީ ގިނަ މީހުންނަކީ ނުކުޅެދޭ މީހުންނެއްވެސް ނޫނެވެ. އެމީހުންގެ އަގު ވަޒަން ކުރުމަކީ ދަރިންގެ މައްޗަށް ވާޖިބެކެވެ.
2 Responses
Varag thera kamethnu mee.
m 😭😭😭😭😭😭ވަރަށްއްގޯސް ދޯ އަދި އެމީހުން ގެދަރި އެހެއް ހަދާނެތް އެމީހުންނަން އެދުވަހަކުން ވީސްނޭނީ އެރުއް ވަގުތުފާއިތުންވެދާނެތް😭😭😭😭😭😭😭😭😭