އިސްރާއިލްގެ ކެބިނެޓްގައި އެތެރޭގެ "ހަނގުރާމަ" އެއް؟

Loading

Facebook
Twitter
WhatsApp

ހަމާސްއާ ދެކޮޅަށް އިސްރާއިލުން ކުރިޔަށްގެންދާ ހަމަލާތަކުގައި ”ޓޯޓަލް ވިކްޓަރީ“ ނުވަތަ ފުރިހަމަ ނަސްރު ހޯދުމަށް ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވާ އަމާޒަކީ ”ޖިބަރިޝް“ ނުވަތަ ތާކުންތާކު ނުޖެހޭ ކަމެއްކަމުގައި ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ވިދާޅުވެއްޖެއެވެ.މިއާއެކު ބޮޑުވަޒީރުގެ އޮފީހުން ވަނީ ކުއްލިރައްދެއްވެސް ދީފައެވެ.

ގަލަންޓް ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ ގަލަންޓް ގެންގުޅުއްވަނީ އިސްރާއިލަށް ފައިދާހުރި ގޮތެއްނޫން ކަމަށާ މިކަމުގެ ސަބަބުން ސިފައިންގެ މަސައްކަތަށާ ހޮސްޓެޖުން ސަލާމަތްކުރުމާބެހޭ ވާހަކަތަކަށް އަސަރު ކުރާކަމަށް ވިދާޅުވެފައެވެ.

”ގަލަންޓް އެންޓި އިސްރާއިލް ނެރޭޓިވް އެއް ގެންގުޅުއްވާތީ ހޮސްޓެޖުން މިނިވަން ކުރުމަށް ހުރަސްއެޅޭ“ ނަތަންޔާހޫ ވިދާޅުވި ކަމަށް ޕްރައިމިނިސްޓަރުގެ އޮފީހުން ބުނެފައިވާކަމަށް ނިއުޔޯކް  ޓައިމްސް ބުނެއެވެ.

ނަތަންޔާހޫ ގެންގުޅުއްވާ ޕޮލިސީއާ ދެކޮޅަށް ގަލަންޓް ވާހަކަ ދެއްކެވި ކަމަށްވަނީ ގާނޫނު ހަދާ މަޖީލުގެ މެމްބަރުންނާއެކު ބޭއްވެވި ޕްރައިވެޓް ސެކިއުރިޓީ ބްރީފިންގ އެއްގައެވެ.

މިބައްދަލުވުމުގައި ގަލަންޓް ވިދާޅުވި އެއްޗަކަށް ލިކޫޑްގެ އަޑުގަދަ އަންހެން މެމްބަރެއް ކަމަށްވާ ޓެލީ ގޮޓްލިވް ރައްދު ދެއްވި ކަމަށް ވެއެވެ. އަދި ނަތަންޔާހޫގެ ޕޮލިސީ އަކީ ”ޖިބަރިޝް“ އޭ ބުނާއަޑުއަހަން ބޭނުން ނޫންކަމަށް އޭނާ ވިދާޅުވި ކަމަށް ވެއެވެ.

މީގެ ޖަވާބުގައި ހަޤީގަތާއި އަދި އަޅަމުންދާ އަމަލީ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް ބަހުސަކަށް ދާންވެސް ތައްޔާރު ކަމަށް ގަލަންޓް ވިދާޅުވިއެވެ.“މީޑިޔާ އަދި ޕޮލިޓިކްސް ގެ ދާއިރާގައި (އޭނާއަށް) މާ ބޮޑު ބުރަދަނެއް ލިބިފައި ނެތް ނަމަވެސް ސެކިއުރިޓީ ގެ ދާއިރާ ގައި ދެއްކޭ ނުދެއްކޭ ވާހަކަ އިނގޭ“ ގަލަންޓް ވިދާޅުވި ކަމަށްވެއެވެ.

މިބައްދަލްވުމަށް ފަހު ގަލަންޓް މަގާމުން ވަކި ކުރުމަށް ގޮޓްލިވް، ނަތަންޔާހޫ އަށް ލަފާދެއްވިކަމަށް ވެއެވެ. ނަމަވެސް ޤާނޫނުހަދާމަޖިލީހުގެ ފޮރިން އެފެއާސް އެންޑް ޑިފެންސް ކޮމިޓީގެ ޗެއާ ވެސް ގޮޓްލިވް އިތުރު ސުވާލުތައް ކުރުން ހުއްޓުވާފައިވުމާއެކު ބައްދަލްވުމުގައި މައްސަލަ އިތުރަށް ކުރިޔަށް ނުގެންދާ ކަމަށް ވެއެވެ.

އިސްރާއިލުގެ ނެޝަނަލް ސެކިއުރިޓީ ނިޒާމްގައި މައްސަލަ ތައް އުޅޭކަމަށް ވިދާޅުވުމުން ނަތަންޔާހޫ 2023 ގެ މާރޗްމަހުވެސް ގަލަންޓް މަގާމުން ވަކި ކުރެއްވިއެވެ.ނަމަވެސް އާންމުން އެކަމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކޮށް ހެދުމުގެ ސަބަބުން ދެހަފްތާ ފަހުން ވަނީ މަގާމް އަލުން ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް