އުފާވެރި ކައިވެންޏެއް ދެމެހެއްޓުމަށް އިތުބާރު ކުރަން ޖެހެއެވެ.

އުފާވެރި ކައިވެންޏެއްގެ ތެރޭގައި ހަޔާތް ވެއަތު ކުރަމުންދިޔަ ޒުވާން ދެމަފިރިން އުޅުނެވެ. ދެމީހުންގެ ދެމެދު ހުރިހާކަމެއް އޮމާންކޮށް ކުރިޔަށް ދިޔަނަމަވެސް ރަގަޅު ކޮށްލަންޖެހޭ ކަމެއް ފިރިމީހާގެ އޮވެއެވެ.އެއީ އޮފީސް ގަޑި ނިމުމަށްފަހު ރައްޓެހިންނާއެކީ ބޭރަށް ގޮސްފަ ގެޔަށް އާދެވޭލެއް ލަސް ވުމެވެ. މިކަމާ އަންހެން މީހާ ވާހަކަ ދައްކާ ދައްކާވެސް އެކަން ރަނގަޅުވާ ގޮތެއް ނުވިއެވެ. މިގޮތަށް ދިމާވި އެއްރެޔެކެވެ. އަންހެން މީހާ ހިތަށް އެރިއެވެ. މިރޭ ލަނޑެއް ދޭނަމެވެ.މިހެން ހިތާ ފިރިމީހާއަށް ކުރު ނޯޓެއް ލިޔުނެވެ.އޭގައިވަނީ، […]
ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ.

ކޮންމެވެސް ރަށެއްގައި ވަރަށް ގިނައަދަކަށް ރާމާމަކުނު އުޅެއެވެ. މަކުނުގެ އުނދަގުލާއި ހެދި އެރަށުގެ މީހުންނަށް އޮންނަނީ އާންމު ދިރިއުޅުމުގެ ކަންތަކައިގެން ކުރިޔަށް ދިއުމަށްވެސް ދަތިވެފައެވެ. އެކަމަކު ހަދާނެ އެއްވެސް ގޮތެއް ނެތިފައި ތިބެނީ އެވެ. މިހެން ތިއްބާ މިރަށަށް އެއްދުވަހަކު ކޮންމެވެސް އެހެން ރަށެއްގެ ބޮޑު ވިޔަފާރިވެރިޔަކު ކަމަށް ބުނާ މީހަކު އަޔެވެ.އަދި އެރަށުގެ ރައްޔިތުން އެއްކުރުމަށްފަހު ބުންޏެވެ. މިރަށުގައި ރާމާމަކުނު ގިނަ ކަމުން ކަލޭމެންނަށް އުނދަގޫ ވެގެން އުޅޭ ޚަބަރު އަހަރެން އަހައިފީމެވެ.އަހަރެން ތިޔަ މައްސަލަޔަށް […]
ވަޒީފާއިން ކެނޑެން ބޭނުން ސަރުކާރު މުވައްޒަފުންނަށް 8 މަސް ދުވަހުގެ މުސާރަދޭން ޓްރަމްޕް ހުޅުވާލައިފި

އެމެރިކާގައި،ވަޒީފާ އިން ކެނޑެން ބޭނުން ސަރުކާރު މުވައްޒަފުންނަށް 8 މަސް ދުވަހުގެ މުސާރައާއި އެކު ވަކިކޮށްދޭނެ ޕެކެޖެއް،އެމުވައްޒަފުންނަށް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ. މިއީ ސަރުކާރުގެ ސައިޒް ކުޑަ ކުރުމަށް ހިންގާ ޕްރޮގްރާމް އެއްގެ ދަށުން ކުރާކަމެކެވެ. އެތައް މިލިއަން މުވައްޒަފުންނަށް ފޮނުވި އީމެއިލް އެއްގައި ޓްރަމްޕް ގެ ސަރުކާރުން ވަނީ މި ރެސިގްނޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ފެބްރުއަރީ 6ވަނަ ދުވަހުގެ ކުރިން އެކަން އެންގުމަށް ބުނެފައެވެ.އެތާރީޚުން ފެށިގެން ވަޒީފާ ދޫކޮށްދާން އެއްބަސްވާ ފަރާތްތަކަށް 8 މަސްދުވަހުގެ […]
ޓްރަމްޕް މިފަހަރު ފުރަތަމަ ބައްދަލު ކުރައްވާ ބޭރުގެ ލީޑަރަކީ ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރައީސްކަމުގެ ދެވަނަ ދައުރުގައި ފުރަތަމަ ބައްދަލް ކުރައްވާ ބޭރުގެ ލީޑަރަކީ އިސްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކަމަށް ނިންމަވައިފިއެވެ.މި ބައްދަލު ކުރެއްވުމަށްޓަކައި ފެބްރުއަރީ 4 ވަނަ ދުވަހު ވައިޓްހައުސް އަށް ވަޑައިގެންނެވުމަށް ނަޔަންޔާހޫ އަށް ވަނީ ޓްރަމްޕް ދައުވަތު ދެއްވާފައެވެ.މިކަން ވަނީ ނަތަންޔާހޫގެ އޮފީހުންވެސް ޔަގީން ކޮށްދީފައެވެ. ނަތަންޔާހޫ ދާދިފަހުން ވަނީ ޕްރޮސްޓްރޭޓް ސާޖަރީ ހައްދަވާފައެވެ.އަދިވެސް އެކަމުން މުޅިން ގަދަ ވެފައިނުވިނަމަވެސް މިދަތުރުފުޅު ކުރައްވާނެކަން ވަނީ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައެވެ. […]
ވަފާތެރި ލޯތްބަކަށް ލިބުނު ބަދަލު

ދެމަފިރިއެއްގެ ތެރެއިން ފިރިހެންމީހާ ވަރަށް ބޮޑަށް ބަލިވެ ކޯމާއަކަށް ހިނގައްޖެއެވެ. ބައެއްފަހަރު ހޭވެރިކަމަށް އައިސް އަނެއްކާ ކޯމާއަށް ގޮސް މިކަހަލަ ގޮތެއްގައި އެތައް މަހެއް ވަންދެން އޮވެއްޖެ އެވެ.މިހުރިހާ ދުވަހުވެސް ޒަރޫރީ ބޭނުމަކު މެނުވީ ފިރިމީހާގެ ކައިރިން ދުރަށް ވެސް ނުގޮސް އޭނާގެ އަނބިމީހާ،އޭނާގެ ޚިދުމަތުގައި ދެމިހުއްޓެވެ.ދުވަހަކަށް ފަހު ދުވަހެއް މާޒީ އާއި އެކުވަމުން ދާއިރު އޭނާގެ ފިރިމީހާގެ މައްޗަށް އޮތް ލޯތްބަށް ދެގޮތެއް ނުވެއެވެ. ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން ފިރިމީހާ ކައިރީގައި އަންހެން މީހާ ރެޔާ […]
ޓީވީ ޝޯތައް ހޯސްޓް ކުރާ ފަރާތަކުން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިމައްސަލައެއްގައި ސްޓޭޝަންގެ އެންމެމަތީވެރިން އިސްތިއުފާދީފި

ޖަޕާންގެ އެންމެ ބޮޑުއެއް ޓީވީ ނެޓްވަރކް ކަމަށްވާ ފުޖީ ޓީވީގެ ޗެއާމަން އަދި ރައީސް އިސްތިއުފާދީފިއެވެ. ޓީވީ ނެޓްވަރކްގެ އެންމެ މަތީ ވެރިން އިސްތިއުފާދީފައި މިވަނީ އެނެޓްވަރަކަށް ނިސްބަތްވާ މަޝްހޫރު ހޯސްޓަކު،އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މަސްއަލައަކާއި ގުޅިގެން އާންމު ބެލުންތެރިންގެ ނުރުހުން ނެޓްވަރކް އަށް ރައްދުވާން ފެށުމުންނެވެ. ފުޖީޓީވީގެ މުވައްޒަފުން ބޭއްވި ޕާޓީއެއްގައި ހިނގިކަމަށްބުނާ އެހާދިސާ އަށް ފަހު ނެޓްވަރކްގެ ފަރާތުން އެކަން އޮއްބާލާ ފަސްއަޅަން މަސައްކަތް ކުރިކަމަށް ވެއެވެ. މިއާއެކު އާންމުންގެ ނުރުހުން ސްޓޭޝަނަށް އަމާޒުވެ […]
ނުދުއްވާ ބާއްވާފައިއޮތް މަތިންދާބޯޓުތަކެއްގެ ކުލީގެ ގޮތުގައި 3 އަހަރުވަންދެން މަހަކު 9މިލިއަން ޑޮލަރު ދައްކައިފި

އިންޖީނުގެ ސްޕެއާ ޕާޓްސް ނެތިގެން ނުދުއްވާ ބާއްވާފައި އޮތް ސްރީލަންކަން އެއާލައިންސްގެ ތިން މަތިންދާބޯޓުގެ ކުލީގެ ގޮތުގައި ތިންއަހަރުވަންދެން މަހަކު 9 މިލިއަން ޑޮލަރު އެ ކުންފުނިން ދައްކާފައިވާކަމަށް މިހާރުގެ ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް ހައިވޭސް ޕޯޓްސް އެންޑް ސިވިލްއެވިއޭޝަން މިނިސްޓަރ ބިމާލް ރަތުނަޔަކަ ވިދާޅުވީ މި ތިންބޯޓުގެ ތެރެއިން އެއްބޯޓު މިހާރު ބޭނުންކުރަން ފެށިފައިވާ ކަމަށާ އަނެއް ދެ ބޯޓުވެސް އެޕްރިލް މަހު އޮޕަރޭޝަނަށް ނެރެވޭނެ ކަމުގައެވެ.މިނިސްޓަރު ވިދާޅުވީ ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒް ކުރުމަށް […]
4.6މިލިއަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ސަރުކާރުން މަހިންދަރާޖަޕަކްސާއަށް އަންގައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ،ސަރުކާރުގެ ޚަރަދުގައި ދިރިއުޅުއްވަމުންގެންދަވާ ބޮޑުގެޔަށް 4.6މިލިޔަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ނުވަތަ ގެ ހުސްކުރެއްވުމަށް މިހާރުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ އަންގަވައިފިއެވެ. ކަޓުކުރުންޑާ ކިޔާ ސަރަހައްދުގައި އާދީއްތަދުވަހު ބޭއްވި ރަސްމީ އިހްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ޑިސަނާޔަކަވަނީ ރާޖަޕަކްސާ ބޭނުންކުރައްވާ ގޭގެ ރެންޓް ކަނޑައަޅާފައިވަނީ ސަރުކާރުގެ ވެލުއޭޝަން ޑިޕާޓްމަންޓުން ކަމުގައެވެ.އަދި މަހަކު 4.6މިލިއަން ރުޕީސް އެއީ ބިމުގެ އަގުނުލާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.އަނޫރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ގާނޫނީ […]
މަންމަގެ ދެ އަތް

ޒުވާން ފިރިހެން ކުއްޖަކު އެއްދުވަހަކު މެނޭޖަރެއްގެ ވަޒީފާއަށް އެދި އިންޓަރވިއު އަށް ދިޔައެވެ.އިންޓަރވިއުގެ ފުރަތަމަ ބައިން އޭނާފާސް ވުމަށްފަހު ފަހުބައި ކުރިޔަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރު ކަމަށް އޭނާކައިރީގައި ބުނެވުނެވެ. އިންޓަރވިއުގެ ދެވަނަބައި ކުރިޔަށް ގެންދިޔައިރު،ޒުވާނާގެ ކިޔެވުމުގެ ދައުރުގައި މަތީވަނަތައް ހާސިލް ކޮށްފައިވާތަން ސީވީ ބެލުމުން ޑިރެކްޓަރަށް ފެނުނެވެ.އެހެން ކަމުން ސުވާލުކުރިއެވެ. ކިޔެވީ އެއްވެސް ސްކޮލަރޝިޕްއެއްގެ ދަށުންހެއްޔެވެ.މިސުވާލުގެ ޖަވާބުގައި ސްކޮލަރޝިޕެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.ދެން ޑިރެކްޓަރު ސުވާލުކުރިއެވެ.ކިޔެވުމުގެ ޚަރަދުތައް ބެލެހެއްޓީ ބައްޕަހެއްޔެވެ. ޒުވާނާ ޖަވާބުގައި ބުންޏެވެ.އަޅުގަނޑުގެ […]
ކައިވެނީގެ ހަދިޔާއަކަށް މީހަކު ދިން ”ޅަ ސިންގާ“އެއް ހިފުމުން ކޯޓުން އަދަބު ދީފި

ޕާކިސްތާންގެ ޔޫޓިބް ތަރިއެއްގެ ކައިވެނީގެ ހަދިޔާއަކަށް އޭނާޔަށް މީހަކު ދިން ޅަ ސިންގާއެއް ބަލައިގަތުމުން،އެކަމުގެ އަދަބެއްގެ ގޮތުގައި ޖަނަވާރުގެ ވެލްފެއާ އާއި ބެހޭ 12 ވީޑިއޯ ހެދުމަށް ކޯޓުން އޭނާގެ މައްޗަށް އަމުރު ކޮށްފިއެވެ. މިގޮތަށް ލަޔަން އަދި ލަޔަން ކަބް އަމިއްލަ މީހުން ގެންގުޅުމަކީ ޕާކިސްތާންގައިވެސް ގާނޫނީ ކުށެކެވެ. ކޯޓުން ރަޖަބް ބަޓް އަށް އަމުރު ކޮށްފައިވަނީ އެއް އަހަރުވަންދެން ކޮންމެ މަހަކު ޖަނަވާރުތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ދައްކުވާދޭ ފަސްމިނިޓްގެ ވީޑިއޯ ރިޕޯޓެއް ތައްޔާރު […]