ރަޝިޔާއިން ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދީފިނަމަ އިންޓަރނެޓްގެ ޚިދުމަތް ކެނޑިދާނެ

ކަނޑުއަޑީގައިއަޅާފައިހުރި މުވާސަލާތީ ކޭބަލްތަކަށް ރަޝިޔާއިން ހަމަލާ ދީފާނެކަމަށް ތުހުމަތުކުރެވޭތީއާއި އަދި އެކަމުގެ ސަބަބުން އިންޓަރނެޓް ޚިދުމަތް ކެނޑިގެން ހިގައިދާނެ ކަމަށްޓަކައި ނޭޓޯގެ މިލިޓްރީ އިސްވެރިންނަށް ޓެލިކޮމިއުނިކޭޝަން ކުންފުނިތަކުން އިންޒާރު ދީފިއެވެ. އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަންއާއި އަދި ނޭޓޯގެ އިސްވެރިންނަށް ވޮޑަފޯނާއި ޓެލިފޯނިކާއާއި އޯރެންޖް ފަދަ މުވާސަލާތީ ކުންފުނިތަކުން ފޮނުވާފައިވާ ހުޅުވާލެވިފައިވާ އިންޒާރުގެ ސިޓީ އެއްގައި ބުނެފައިވަނީ ކަނޑުއަޑީގައި އަޅާފައިހުރި ކޭބަލްތަކަށް ލިބޭ ގެއްލުމަކުން މުވާސަލާތީ ޚިދުމަތް ކެނޑި މާލީ ޚިދުމަތްތައްވެސް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. މި […]
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު

2018 ވަނަ އަހަރުގެ ފަހުން އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި މިހާތަނަށް އެމެރިކާއާއި އީރާނުން ވާހަކަ ދެއްކެވި އެންމެ އިސް އޮފިޝަލުންގެ ވާހަކަތަކުގެ ފުރަތަމަބުރުގެ 2 ގަޑި ބައި އޮމާނުގެ ވެރިރަށް މަސްކަތުގައި ނިމިގެންދިޔައީ އަމާންވެއްޓެއްގައި އިޙްތިރާމްކުރުމާއެކުގައެވެ. މެދުވެރިއަކު ބޭނުންކޮށްގެން މެނުވީ މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނަމުންދިޔައިރު މިއީ 2 ގައުމުގެ އެންމެ އިސް ދެ ޑިޕްލޯމެޓުން ދެއްކެވި ރީތި ނަމޫނާއެއްކަމަށް ބަލާގަންނަން ޖެހެއެވެ. ވާހަކަ ތަކުގެ 2 ވަނަ ބުރު މިއަންނަ ހޮރިހިރު ދުވަހު ބޭއްވުމަށް އެއްބަސްވެފައެވެ. […]
އިސްރާއީލު ޕާސްޕޯޓު މަނާކޮށް، އިމިގްރޭޝަން ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނެސްފި

އިސްރާއީލު ޕާސްޕޯޓު މަނާކޮށް، އިމިގްރޭޝަން ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނެސްފިއެވެ. ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް […]
ރަޝިޔާއަށް ލިބުނީ ނަސްރެއްތަ ނޫނީ ރަޝިޔާއިން ހިންގީ ގަތުލު އާންމެއްތަ!

ރަޝިޔާގެ ކާރސްކް ޖަޒީރާގެ އުތުރު ސަރަހައްދެއްކަމުގައިވާ ސުޑްޒާއަށް އަރާތިބި ޔޫކްރެއިންގެ ސިފައިންނަށް ފާރަލަމުން ނޭވާލުމަށްޓަކައި ބޭނުންވާ އޮކްސިޖެންވެސް ރަނގަޅަށް ލިބެންނެތް 9 މޭލުގެ ދިގު ގޭސް ޕައިޕްލައިނެއްގެ ކިސަޑުތަކުގެ ތެރޭގައި 2 ދުވަސްވާންދެން ލޫދެމުންގޮސް އެ ޖަޒީރާގައި ރަޝިޔާގެ ސިފައިން ހިންގި މިލިޓްރީ ހަރަކާތުން ލިބުނީ ނަސްރެއްކަމަށް ބެލެވޭ ކާމިޔާބީއެއްތޯ ނުވަތަ ގަތުލު އާންމެއްތޯ މީޑިއާތަކުން ސުވާލު އުފައްދަން ފަށައިފިއެވެ. ރަޝިޔާއިން ދެކޭގޮތުގައި އެއީ ރަޝިޔާގެބިމަށް އަރައިގަނެގެންތިބި ޔޫކްރެއިންގެ ލަޝްކަރުގެ ކިބައިން އެ ބިންތައް ސަލާމަތް ކުރުމަށްޓަކައި […]
ދިވެހި ކަނޑުތައް ބެލެހެއްޓުމަށް ތުރުކީގެ ހަދިޔާއެއް

ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށްޓަކައި ތުރުކީން ޓީ ސީ ޖީ ވޯލްކަން ޕީ-343 ޑޯގަން ކްލާހުގެ ފާސްޓް-ޓްރެކް އުޅަނދެއް ހަދިޔާ ކޮށްފިއެވެ. ތުރުކީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ދެވުނު މިއުޅަނދަކީ ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެވި ފައިވާ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް އޯ ޔޫ) އެއްގެ ދަށުން ދެވުނު އެހީއެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި އަދި އެކަމަށްބޭނުންވާ މީހުންތަމްރީނު ކުރުން […]
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން އެދިއްޖެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ. އިމިގްރޭޝަނުން މިއަދު ވަނީ ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިފައެވެ. ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފަވާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި […]
މިސައިލް ފޮނުވޭ ޑޯގަން ކްލާސް މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ

މިސައިލް ފޮނުވޭ ޑޯގަން ކްލާސް މަނަވަރެއް ތުރުކީވިލާތުން، ދިވެރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ. މިކަންހާމަކޮށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އެންމެ އިސްކަމެއްދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުން ކަމަށެވެ. މިގޮތުން ޤައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑުގެ ބާރު ދެގުނަ ކުރައްވާ ޤާބިލުކަން އިތުރުކުރުމަށް ކުރައްވަމުން އަންނަ މަސައްކަތުގެތެރެއިން ރަހުމަތްތެރި ޤައުމުތަކާއި ބަދަހިކުރަމުން އަންނަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ތުރުކީގެ ހިލޭ އެހީގައި ޑޯގަން ކްލާސް މަނަވަރެއް […]
އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައި ދެއްވައިފިއެވެ. ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތް ކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ. އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ ”މިކްސްޑް-ޔޫޒް […]
އައްޑޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީ، ފޭދޫ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ، މިރޭ 7:29 ހާއިރު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ސ. ފޭދޫ އުލްފަތު، އިބްރާހިމް ސިޔާދު 36އ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓު […]
މާލޭގެ ހަނި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމަށް މާލޭގެ ހަނި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. ޢާޒިމް މިހެން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު […]