އީރާނުގެ ނިއުކްލިއަރ މަޝްރޫޢާހެދި އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގެ 2 ވަނަބުރު

އީރާނުން ބާރު ދުވެލީގައި ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމާހެދި އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދާ ވާހަކަތަކުގެ 2 ވަނަބުރު ރޯމްގައި މިދިޔަ ހޮނިހިރު ދުވަހު ނިމިއްޖެ ކަމަށް އެމެރިކާއާއި އީރާނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ރޯމުގެ ކަމިލުއްޗިއާ އަވަށުގައި ހުންނަ އޮމާން އެމްބަސީގައި ބޭއްވުނު ކްލޯސްޑް-ޑޯރ މަޝްވަރާތައް ހޮނިހިރު ދުވަހުގެ މެންދުރު ކުރިން ފަށާފައިވާކަމަށް އެމެރިކާގެ އޮފިޝަލަކު ވަނަވަރުތައް ސިއްރުކުރުން ޝަރުތުކޮށް މައުލޫމާތު ދީފައިވެއެވެ. ނޫސްވެރިންނަށްވެސް އެތެރެއަށް ވަނުމުގެ ފުރުސަތެއް ނުދެއްވައެވެ. މަޝްވަރާތައް ކުރިއަށްދާއިރު މެދުއިރުމަތީގެ ހާލަތު ދަނީ ނުބައިވަމުންނެވެ. މަޝްވަރާތަކުގެ […]
މާފަންނު ކެފޭއެއްގެތެރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މިއަދު ހަވީރު މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނި މާލޭ މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގި މައްސަލަ މިއަދު ހަވީރު 15:28 ހާއިރު ފުުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މަރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަަމަށްވެސް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގިގު ކުރަމުން އަންނަ ކަމަށެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތުގައި […]
ހުޅުމާލެ ފޭސް 2 ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީން (36އ) އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު […]
ބަންގްލާދޭޝް އާއި ޕާކިސްތާނުގެ ދެބަސްވުންތައް ނައްތާލުމުގެ މަޝްވަރާ ފެށިއްޖެ

ކުރީގެ ޕާކިސްތާނުން ވަކިވުމަށްޓަކައި 1971 ވަނަ އަހަރު ދެކެނު އޭޝިޔާގެ މުސްލިމް ދެ ގައުމު މިހާރުގެ ޕާކިސްތާނާއި ބަންގްލާދޭޝް އިން ކުރި ހަނގުރާމައިގާ މަރުވެދިޔަ މީހުންނާއި އަދި އިރުމަތީ ޕާކިސްތާނުގެ ގޮތުގައި ހޭދަވެގެންދިޔަ ދުވަސްވަރު ގައުމަށް ލިބުނު އާމްދަނީގެ ތެރެއިން ބަންގަލާދޭޝްއަށް ލިބެންޖެހޭ ހިއްސާއާއި ދެ ގައުމުގައި އުފެދިފައިވާ ދެކޮޅުވެރި ފިކުރުތައް ނައްތާލުމުގެ މަޝްވަރާތައް ބަންގްލާދޭޝްގެ ޑާކާގައި ފެށިއްޖެއެވެ. ބުރާސްފަތި ދުވަހު ފެށުނު މި މަޝްވަރާތަކުގައި 1971 ގެ ހަނގުރާމައިގާ ޕާކިސްތާނު ސިފައިން ހިންގާފައިވާ ޖަރީމާތަކަށް މައާފް […]
މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ފަށައިފި

ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ބ. ފެހެންދޫގައި އިފްތިތާހުކޮށްފިއެވެ. މިއީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. މި ހުއްދަ […]
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ. ޤައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ވަނީ ދާއިރާއެއް އިތުރުކޮށްފައެވެ. ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަލަށް ހުޅުވާލާފައިވާ ދާއިރާއަކީ ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، […]
ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް މިއަދު ވަދެއްޖެ އެވެ. އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެފައި ވަނީ 2018 ވަަނަ އަހަރުންފެށިގެން ބަލަމުން އަންނަ ކަރަޕްޝަންގެ ތަހުގީގަކަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއްކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމުން އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މިކަންހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު ކުރި ޕޯސްޓެއްގައެވެ. ކަސްޓަމްސް އިން ބުނީ، ރާއްޖެ އަށް ”ސިއްރުން“ އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެއެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ […]
މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް ޚާމަނާއީގެ ސިޓީފުޅެއް ޕޫޓިން އަށް!

އެމެރިކާއިން ބޭނުންވާ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވާނަމަ އީރާނަށް ބޮންއަޅާނެ ކަމުގެ އިންޒާރާއެކު އެމެރިކާއާއި އީރާނުން ރޯމްގައި ފަށަން ރާވާފައިވާ ނިއުކްލިއަރ މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ފަތްކޮޅަކާއެކު އެ ގައުމުގެ ޚާރިޖީ ވަޒީރު، ރަޝިޔާގެ ރައީސް އަރިހަށް ފޮނުއްވައިފިއެވެ. ރަޝިޔާއަކީ އީރާނާއި ވަރަށް އެކުވެރި ގައުމެކެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ބާރުގައި ޔޫ އެން ސެކިއުރިޓީ ކައުންސިލް ފާސްކުރަން މަސައްކަތްކުރާ ކޮންމެ ގަރާރެއް […]