ކޮލެޖް އޮފް ފިޝަރީޒްގެ ފުރަތަމަ ބެޗްގެ ދަރިވަރުން މެރިން ސައިންސް ޑިގްރީ ހާސިލްކޮށްފި

ކޮލެޖް އޮފް ފިޝަރީޒްގެ ފުރަތަމަ ބެޗްގެ ދަރިވަރުން މެރިން ސައިންސް ޑިގްރީ ހާސިލްކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި ކޮލެޖުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ. މި ކޮލެޖުގެ ކޯސްތަކުގައި ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި، ކަނޑުގެ ދިރުންތަކާއި، ތިމާވެށީގެ ދިރާސާތަކާ ބެހޭ މަޢުލޫމާތު ދެވެއެވެ. އަދި މީގެ އިތުރުން މަސްވެރިކަމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަން އުންގަންނައިދިނުމަށް […]

އަންހެންކުއްޖާ ވެއްޓުނު މައްސަލައިގައި ތުހުމަތުވާ ރައުދު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ފުރާޅު މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ […]

އަންހެންކުއްޖާ ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

މާލޭގެ އިމާރާތަކުން ފުރާޅެެއް މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ މައްސަލަ އާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމުން ތަހުގީގު ކުރަމުންދާކަން ހާމަކޮށް އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށާއި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުން ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރާ ބޮޑެތި […]

އިމާރާތުން ވެއްޓުނު އަންހެންކުއްޖާއާއެކު އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފި

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާން އަންހެން ކުއްޖާއާއެކު އެރޭ އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. މިދިޔަ ހުކުރުދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ ޔުމްނުއާއެެކު އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ 8 މީހުންގެ ވަނަވަރުވެސް […]

ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑު މެމްބަރުކަމުގެ މަގާމުން އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި

މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑު މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑު މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު އަލީ އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށް، މަގާމުން ވަކިކުރެވިފައިވާ ކަމަށް ޕީސީބީން ހާމަކުރެއެވެ.

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ 

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ މާފަންނުު ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮތްވާ ފެނިގެން މިއަދު ހަވީރު 04:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ މ. އަލުވިމާގެ އާގެ، މުހައްމަދު ހިސާމް 40އ އެވެ. މި މައްސަލައިގެ މާބޮޑު ތަފްސީލެއް ހިއްސާކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ، ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 54 އަހަރުގެ ޖަލު ހުކުމެއް!

އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ސާބިތުވި މީހަކަށް 54 އަހަރަށް ޖަލަންލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލަ ސާބިތުވި 51 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެންބަރު 3، 2022 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. އަދި ތަހުގީގު ނިންމާ އޭނާ އަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ އޮކްޓޫބަރު 18، 2022 ގަ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަށް ކުރި […]

މަސްޖިދުއްނަބަވީގެ އިމާމު ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައެވެ. މިއީ އެ މަނިކުފާނު ރާއްޖޭއަށް ވަޑައިގަންނަވާ ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ. ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް އިސްލާމީކަންތައްތަކާ […]

ކުރިއަށް އޮތް 9 ވަރަކަށް އަހަރު ތެރޭގައި ބައިނަލްއަގްވާމީ ”ގޭމްސް“އެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް: ރާފިއު

ކުރިއަށް އޮތް 9 ވަރަކަށް އަހަރު ތެރޭގައި ބައިނަލްއަގްވާމީ ”ގޭމްސް“ އެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ […]

ދަނޑުވެރިކަން ކުރިއަރުވަން ބޭރުގެ ޖަމާޢަތްތަކާއިއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ބޭރުގެ ޖަމާޢަތްތަކާއިއެކު މަޝްވަރާކޮށްފިއެވެ. އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދަކާ، އެ ވުޒާރާގެ އިސް ބޭފުޅުން ބައްދަލުކޮށް، މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ދަނޑުވެރިކަމުގެ އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމުގެ (އެމް.އޯ.ޔޫ) ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ބަދަލު ކޮށްފައިވާ ކަމަށް އެގްރިކަލްޗާ […]