ދީނާއި ޤައުމުތޯ ނޫނީ ޕާރޓީ އާއި ފިކުރުތޯ؟

ދާދި އިހަށް ދުވަހުގެ ވާހަކައެވެ. 2008 ގެ ފެބްރުއަރީ 01 ވަނަ ދުވަހު އޭރުގެ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ބަޔަކަށް ދިވެހި ޚާއިނުންތަކެއް ވަސްވާސްދީގެން ނެރުނު ޙުކުމެއްގެ މައްސަލައެވެ. އަޅުގަނޑު މިހެން މިދަންނަވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔަކު އެދުވަސްވަރު ތިމަންނަމެން ބުނެގެން ހުކުމެއް ނެރުނީމަވެސް އެވެނިހެން މިވެނިހެންވީ ވާހަކަ ދެއްކެވިކަން ސޯޝަލް މީޑިއާގަ އެނބުރުނީމައެވެ. މިވިޔަފާރިވެރީންނަށްވެސް އެމީހުންގެ ވިޔަފާރިއާ ޕާރޓީ، އިސްލާމް ދިނާއި މިޤައުމަށްވުރެ ބޮޑެވެ.  ޤައުމުގެ މަސްލަހަތަކީ އެއްވެސް އެއްޗެއް ނޫންކަމަށް ވީތޯއެވެ؟ ދީނާއި […]

ދުނިޔެ ދުށް އެންމެމޮޅު ޑިޕްލޮމޭޓަކީވެސް ކީރިތި ރަސޫލާ

އިންޑިއާގެ ޚާރިޖީ ވަޒީރު 28 ޖެނުއަރީ 2023 ވީ ހޮނިހިރު ދުވަހު ދުނިޔެދުށް އެންމެ މޮޅު ޑިޕްލޮމޭޓަކީ ނުވަތަ ޑިޕްލޮމެޓުންނަކީ ލޯޑް ހަނޫމާން އަދި ލޯޑް ކްރިޝްނާ ކަމަށް ދައުވާ ކޮށްފިއެވެ. މިވަރުން ދަނީނަމަ އިންޑިއާގަ މިވަގުތު އޮތް ހިންދުތުވާ ސަރުކާރުން އަދި މޯޑީއަކީ ކަލާނގެއެއް ކަމަށް ބުނެފާނެ ކަމަށް ގަބޫލު ކުރެވެއެވެ. 1978ގައި މައިކަލް ހާރޓް ކިޔާ މީހަކު ލިޔުނު ފޮތެއްގައި ދުނިޔެދުށް އެންމެ މޮޅު 100 މީހުންގެ ލިސްޓްގެ އެންމެ ފުރަތަމަވަނަ ދެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم އަށެވެ. މިކަމަކީ […]

ދިވެހީންގެ ޤައުމިއްޔަތު ތެރެއިން އިސްލާމް ދީން ބަލިކަށި ކުރަން ބަޔަކު އުޅޭ

އަޅުގަނޑުމެން ދިވެހީން މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތްލިބި އެދީނުގެ މަތީގައި ދިރިއުޅެމުން މިދަނީ ﷲ ތަޢާލާ އަޅުގަނޑުމެނަށް ހެޔޮގޮތް އިރާދަ ކުރެއްވުމުން ކަމުގައި އަޅުގަނޑު ހަމަގައިމުވެސް ޤަބޫލު ކުރަމެވެ.  އެވޭލާގައި އަޅުގަނޑުމެންގެ ކާބަފައިން، ޔައުނީ އިސްލާމް ދީން ޤަބުލު ކުރުމުގެ ކުރިން އުޅުނީ ކޮންފަދަ އަކުންތޯއެވެ؟ ބުދަށް އަޅުކަން ކުރުމާ، އިރަށް އަޅުކަން ކުރުމާ، އިންސާނުންގެ ޖިންސީ ގުނަވަނަށް އަޅުކަން ކުރުމާ މިފަދަ އެތަކެއް ނުބައި ޢަމަލު ތަކެއްގެ ތެރޭގައެވެ.  […]

ހުރަވީ ދުވަސްގެ ބަދަލުގައި ދޮންބަންޑާރައިންގެ ދުވަސް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ޖީލުތަކަށް ދިވެހިރާއްޖޭގެ ތާރީޚް ކިޔަވައިނުދިނުމުގެ އެންމެބޮޑު އަޞްލަކީ ދިވެހިރާއްޖޭގެ ދަރީންގެ ކިބައިގައި ޤައުމިއްޔަތު ފުހެލުމެވެ. އެކަމުގެ އެއްހެއްކަކީ ހުރަވީ ދުވަސްކިޔާ ދުވަހުގެ އަޞްލަކީ ކޮބައިކަން ރަނގަޅަށް ކިޔަވައި ނުދިނުމެވެ. އެހެން ޤައުމުތަކުގައި ސްކޫލް ކުދީންނަށް އެޤައުމުތަކުގެ ތާރީޚް ކިޔަވައިދެއެވެ. އެއީ އެޤައުމުތަކުގެ ޤައުމިއްޔަތާއި ޡަޤާފަތް ދިރުވުމަށްޓަކައެވެ. އަދިވަކީން ނުރައްކާތެރިކަމަކީ ޤައުމުގެ ރައްޔިތުންނަށް ތަޢުލީމުގެ ފުރުޞަތު ނުދިނުމެވެ.  ދިވެހިރާއްޖޭގައި ހުރާގޭ މޮހޮނދުން ފެށިގެން ފަރީދޭ ޙަސަނަކީ (ޙަސަން ފަރީދު) އާހަމައަށް މިކަން ދެމިގެން ދިޔައެވެ. ހުރާގޭ އެހެންމީހުނާ ޚީލާފަށް ފަރީދޭ ޙަސަނަކީ އެޒަމާނުގައި […]

ނަޝީދަށް ހުރަސް ނުކުރެވޭނެ ރަތްރޮނގު، އިންޑިޔާ

އިސްތިޢުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދަށް ނުދެއްކޭނެ ވާހަކަތަކަކާއި ނުކުރެވޭނެ ކަންތައްތަކެއް ވެއެވެ. ގިނަބަޔަކު ދެކޭގޮތުގައި އެއީ ނަޝީދަށްވެސް ހުރަސް ނުކުރެވޭނެ ރަތް ރޮނގެކެވެ. އަދި އެވާހަކަ ސިޔާސީ ޕޯޑިއަމްއެއްގ ައިވެސް ނަޝީދަކަށް ނުދެއްކޭނެއެވެ. އެހެނީ މިދަޔަ 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވުނީ އެރޮނގު ހުރަސްނުކުރާނެ ކަމަށް ވެވިފައިވާ އަޙަދުނާމާގެ ދަށުންކަމަށް ވާތީއެވެ.  އާދެ! ނަޝީދުގެ ބަހުން ބުނާގޮތުންނަމަ 2018ގެ އިންތިޚާބު އަޅުގަނޑުމަނަށް ކާމިޔާބު ކުރެވުނީ އިންޑިޔާގެ ވަރަށް ހުޝިޔާރު އެނހީތެރިކަމަކާއި އެކުގައެވެ. އިންޑިޔާ ޑިޕްލޮމޭޓުން ހުޅުށްވައިދެއްވި ހަނި ވިންޑޯއެއްގެ ބާރުގައެވެ. ވީމާ ގައުމު އަޅުވެތިވެ ދިޔަޔަސް އަދި އިންޑިޔާގެ ދަރަނި ދަންތޫރާގައި ޖެހި […]

މުރުތައްދު ވީމާވެސް ރަސްގެފާނު، އެވެސް ކޮލީ އިއްޒަތާއެކު!

ހިޖުރައިން 957 އިން 958 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރި ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ނުވަވަނަ ޙަސަނުގެ ވާހަކައެވެ.  ﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة 217]  މާނައީ: “ ތިޔަބައިމީހުންގެ ތެރެއިން މުރުތައްދު ވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން […]

ބަޣާވާތް ދިވެހީންނަށް އޮޅުވާލުން ނުވަތަ އޮޅުނީ

އާދެ! ތާރީޚް އެއީ އެއިރެއްގައި ލިޔުނު ބަޔަކު ލިޔުނީމަ ލިޔުނު އެއްޗަކަށް ވެދެއެވެ. އެހެނަސް ލޮލަށް ފެންނާން ހުރި ޙަޤީޤަތްތައް ނުވަތަ އަމާނަތްތެރި ޚަބީރުންގެ ކިބައިން ލިބޭ ޚަބަރުތަކަކީ ކޮންމެ ޒަމާނެއްގައިވެސް ބަޔަކު ލިޔެ ފޮރުވާ ނުވަތަ ދެން އަންނަން އޮތް ޖީލުތަކަށް ކިޔައިދޭ ނުވަތަ ނަގުލުކޮށްދޭ ވަރަށް މުހިންމު ތަކެއްޗެވެ.  ދިޔަމިގިލީ ރަސްކަމުގެ ދުވަސްވަރު ޤާޟީ ޙަސަން ތާޖުއްދީންގެ ދެބެއިން ވެރިކަމުގެ ދަހިވެތިކަމުގައި މިޤައުމަށްކުޅަ ދެރައިގެ ސަބަބުން ދިމާވި ކަންތަކުގެ ނަތީޖާއެވެ. މުރުތައްދުވި 9 ވަނަ ޙަސަނުގެ ކްރިސްޓިއަން […]

ޤާނޫނީ ކަންކަން / ކޯޓުން ބޭރުން ކަންކަން ހައްލު ކުރުން- 2

https://sandhaanu.today/25922/ އާއި ގުޅޭ… އާބިޓްރޭޝަންގައި ޞުލްޙަ      އިސްލާމީ ޝަރީޢަތުގައި ޞުލްޙަ އަދި އާބިޓްރޭޝަން އަކީ މުޅިން ވަކިކުރެވިފައި ދޭއްޗެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތާއި ކީރިތި ރަސޫލާ صلى الله عليه وسلّم ގެ ސުންނަތުން ޞުލްހައިގެ ގޮތުގައި އާބިޓްރޭޝަން ބޭނުން ކުރެވިދާނެކަން އެނގެން އެބައޮތެވެ. ތިންވަނަ ބައިވެރިއަކު ބޭނުން ކޮށްގެން އާބިޓްރޭޝަން ގެ ގޮތްތަށް ކަމުގައިވާ ކޮންސިލިއޭޝަން އަދި އެޖުޑިކޭޝަން ބޭނުން ކުރެވިދާނެކަން ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތުން އަދި ކީރިތި ރަސުލާ صلى الله عليه […]

ޤާނޫނީ ކަންކަން – ކޯޓުން ބޭރުން ކަންކަން ހައްލު ކުރުން 1

(މިއީ އަޅުގަނޑު ޑިޑްރީ ކޯސްގައި ހެދި އެސައިންމަންޓް އެކެވެ)ކިއުންތެރީންނަށް މުހިންމު މަޢުލޫމާތުކޮޅެކެވެ. އިސްލާމީ ޖުޑިޝަރީގައި އާބިޓްރޭޝަންގެ ދައުރު ތައާރުފު އެންމެހައި ޙަމްދާއި ސަނާ ޙައްޤުވެގެން ވަނީ އާލަމްތަކުގެ ވެރި އިލާޙު މާތްﷲ އަށެވެ. އަދި އެންމެހައި ޙަމްދާއި ސަނާ ލެއްވުން އެދި ދުޢާކުރަނީ އާލަމްތަކަށް ރަޙުމަތެއް ކަމުގައި ލައްވާ ފޮނުއްވެވި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلّم އަށެވެ. އަދި ޞަލަވާޠާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުންގެ މައްޗަށެވެ. ​       މާތް ﷲ […]

ސިޔާސީ ވާހަކަ 2 / ދުރާލާ ދިވެހީންގެ އަޚުލާގު ހަލާކުކޮށްލުން!

https://sandhaanu.today/25689/ އާއި ގުޅޭ… ކުރީބައިގައި ބަޔާން ކުރެވުނު ފަދައިން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނާއި ހަމައަށް މިޤައުމު ގެނެސްދިނީ ވަރަށްވެސް ރިވެތި އުޞޫލު ތަކަކާއި މަތިވެރި އަޚުލާޤެއްގައެވެ. 18 ވަނަ ޤަރުނުގެ މަދުތެރެއިން ފެށިގެން 19 ވަނަ ޤަރުނުގެ މެދުތެރެއަށް ދުނިޔެދުށް ކާރުހާނީ އިންޤިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން) ގެ އަސަރު ދިވެހިރާއްޖެ އަށްވެސް ކުރިއެވެ. އެކަންވީ ގޮތަކީ ދިވެހީންގެ ތެރޭގައި އޭރު ތިބި ޕޯޗުގީޒު ފަރަންސޭސި ހުރަވީންނަކީ އިނގިރޭސި ނޫނީ ވިލާތުގެ ގޮތްފޮތާ މާރުހޭ ބަޔަކަށްވުމެވެ.  އެހެނަސް އެމީސްތަކުން ކިތަންމެ ބޭނުންވިޔަސް […]