ނަޝީދަށް ހުރަސް ނުކުރެވޭނެ ރަތްރޮނގު، އިންޑިޔާ

Loading

Facebook
Twitter
WhatsApp

އިސްތިޢުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދަށް ނުދެއްކޭނެ ވާހަކަތަކަކާއި ނުކުރެވޭނެ ކަންތައްތަކެއް ވެއެވެ. ގިނަބަޔަކު ދެކޭގޮތުގައި އެއީ ނަޝީދަށްވެސް ހުރަސް ނުކުރެވޭނެ ރަތް ރޮނގެކެވެ. އަދި އެވާހަކަ ސިޔާސީ ޕޯޑިއަމްއެއްގ ައިވެސް ނަޝީދަކަށް ނުދެއްކޭނެއެވެ. އެހެނީ މިދަޔަ 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވުނީ އެރޮނގު ހުރަސްނުކުރާނެ ކަމަށް ވެވިފައިވާ އަޙަދުނާމާގެ ދަށުންކަމަށް ވާތީއެވެ. 

އާދެ! ނަޝީދުގެ ބަހުން ބުނާގޮތުންނަމަ 2018ގެ އިންތިޚާބު އަޅުގަނޑުމަނަށް ކާމިޔާބު ކުރެވުނީ އިންޑިޔާގެ ވަރަށް ހުޝިޔާރު އެނހީތެރިކަމަކާއި އެކުގައެވެ. އިންޑިޔާ ޑިޕްލޮމޭޓުން ހުޅުށްވައިދެއްވި ހަނި ވިންޑޯއެއްގެ ބާރުގައެވެ. ވީމާ ގައުމު އަޅުވެތިވެ ދިޔަޔަސް އަދި އިންޑިޔާގެ ދަރަނި ދަންތޫރާގައި ޖެހި ދިވެހި އެންމެން ރަހުނުކުރަން ޖެހުނަސް އިންޑިޔާގެ ނަން ނަޝީދަކަށް ގެނެވޭކަން ނޯންނާނެއެވެ.

އެހެނަސް އެހެން ގައުމުތަކުގެ ބޮލުގައި އަދި އެހެންމީހުންގެ ބޮލުގައި ކޮންމެފަދަ ތުޙުމަތުތަކެއް ހަމަ ކޮންމެ އިރަކުވެސް އަޅުވާކަށް ނަޝީދު ޖެހިލުމެއް ނުވާކަން ވަނީ ތަކުރާރުކޮށް ދައްކުވާފައެވެ. އެއީ ޗައިނާވިޔަސް އަޅުގަނޑުމެންގެ އެންމެ ގާތް މުސްލިމުގައުމު ސަޢޫދީ ޢަރަބިޔާނަމަވެސް ނަޝިދަށް އޯކޭވާނެއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފަޅު ގުޅުވާލަން އިންޑިއާގެ ކުންފުންޏަކާވެފައިވާ އެއްބަސްވުމުގެ މަތިން ބްރިޖް ނޭޅޭވާހަކަ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޑިޔާއަށް ދީފި ވާހަކަ، އައްޑޫސިޓީގެ ރަށްތަކުގައި އެފްކޮންސްއިން ހަދާ މަގުތަކުގެ ފެންވަރު ދަށްވާހަކަނުދެއްކޭނެއެވެ.

އަދި މިހެންގޮސް އުތުރު ތިލަފަޅު ނަހަލާލު އެގްރީމެންޓްގެ ވާހަކަޔާއި ލ. ގަމުގައި ތަޅުވާ އިންޑިޔާ މިލިޓަރީގެ ދެ ހިލިކޮޕްޓަރެއްގެ ވާހަކަ ޖުމްލަކޮށް އިންޑީއާ އާއި ގުޅިފައިވާ ކަންކަން ނުވެ ބޮއްސުންލާފައިވާ ވާހަކަ ނުވަތަ ކަންކަމުގެ ސްލޯ ވާހަކަ ރައީސް ނަޝީދަށް ނުދެއްކޭނެއެވެ. މިހާރު ހިނގަމުންދާ އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ޓިކެޓް ހޯދުމުގެ ކެމްޕޭން ތެރޭގައިވެސް އިންޑިޔާގެ ގަރިހަން ފަތުރާ ސިޔާސަތުގެ ވާހަކައެއްވެސް ދައްކާކަށް ލާހިކު ކުޅަދާނައެއް ނުވާނެއެވެ.

ނަމަވެސް ނަޝީދުގެ ވާދަވެރިޔާ ރައީސް ސޯލިޙްއަށް ރަތްމަހަކަށް ނުދޭވަރަށް ދެމުންގެންދާތަން އެބެ ފެނެއެވެ. އެންމެ ކުޑަވެގެން މާލޭގެ އަމީނީ މަގު ހެދޭގޮތުގެ ވާހަކަވެސް ރައީސް ސޯލިޙުގެ އިސްތަސިފުޅަށް ކަނޑާލީ މަލާމާތުގެ ރާގަކަށެވެ. ސިފަކުރެއްވީ ފޫބެއްދެން ނެތްވަރުގެ ބޮޑެތި ބޭކާރު ޚަރަދުތައް ބެލުމެއްނެތި ކުރައްވަމުން ގެންދަވާކަމަށެވެ.

ނަޝީދުގެ ދިވެހި ގައުމިއްޔަތުގެ ލޯތްބަށް ބަލާލަމާތޯއެވެ؟ އަހަރުތަކެއް ކުރީގެ ވާހަކައެވެ. ރައީސް ނަޝީދު އިންޑިއާއަށް ކުރި ދަތުރެއްގައި އޭރު އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރުމަލާ ސީތާރާމަން އަރިހު އާދޭސްކޮށްގެން އެވަގުތު ހިނގަމުންދިޔަ ކޮންފަރެންސްގެ ސައިޑްލައިންގައި ބައްދަލުކޮށް ދިވެހިރާއްޖެ އަށް އިންޑިއާ ސިފައިން ފޮނުވައިގެން ދިވެހިރާއްޖެ ހިފަން އާދޭސް ދެންނެވިއެވެ. 

ހަނދާން އާވެގެން ދިޔައީ، ޤާޟީ ޙަސަން ތާޖުއްދީންގެ ދެދަރީން ކަމުގައިވާ މުޙައްމަދު ޝަމްސުއްދީން އަދި އަޙްމަދު މުޙުޔިއްދީން ކަންނަންނޫރު ޢަލީ ރާޖާއަށް އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރައްވާކަމާ މިހާރު އައިސްފިނަމަ ރާއްޖެ އަތުލައި މިލްކް ކޮށްދޭނޭކަމަށް ވަޢުދުވެ ސިޓީ ފޮނުވައި ޢަލީ ރާޖާ ކޮންވިންސްކޮށް ނުވަތަ ރުއްސައިގެން ޢަލީ ރާޖާގެ ލަޝްކަރު ދިވެހިރާއްޖެއަށް ނާފަހަރުގައި ފޮނުވައިގެން މަލާބާރީން ރާއްޖެއައިސް ރާއްޖެ ހިފި ހަނދާނެވެ. 

ދިވެހިރާއްޖެ ބައެއްގެ އަޅުވެތިކަމަށް ގޮސްފައިވަނީ ކޮންމެ ފަހަރަކުވެސް ދިވެހި ޚާއިންނުންގެ އެހީތެރިކަން ލިބިގެންނެވެ. ޕޯޗުގީޒުންނަށް ދިވެހިރާއްޖެ ހިފުނީ ހިލާލީ ދަރިކޮޅުގެ މުރުތައްދު 9 ވަނަ ޙަސަނުގެ އެހީތެރިކަމުގައެވެ. އިނގިރޭސިންގެ ހިމާޔަތަށް ދިވެހިރާއްޖެ ދިޔައީ ހުރާގޭ މޮހޮނދުގެ ނަސްލުން އައި އަތިރީގޭ ދޮށިމޭނާ ކިޔާ ޚާއިނުންތަކެއްގެ ސަބަބުންނެވެ. ދުނިޔެތިބީންނަށް ޔައުނީ ދިވެހީންނަށް އަބަދުވެސް ރޭކާލަނީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީމައެވެ. 1988 ގެ ނޮވެމްބަރ 3 ގެ ހާދިޘާ އަކީވެސް ދިވެހި ޚާއިނުން އަޑީގައި ތިބެގެން ކުރި ބޮޑު ޓެރަރިޒަމްގެ ޢަމަލެކެވެ. 

އަޅުގަނޑުގެ ގަލަމުގެ ދެލީގެ ހުރިބާރުގައި މިދަންނަވަނީ ރައީސް ނަޝީދަކަށް އިސްވެ ނަންގަނެވުނު އިންޑިއާގެ މަޝްރޫޢުތަކުގެ ސްލޯވާހަކައެއް ދަރަނީގެ ވާކަ ކިޔާކަށް ނުކެރޭނެ ކަމެވެ. އެކަމަކު ރައީސް ޞޯލިހާ ދިމާކުރަން ރާއްޖެތެރޭ ރަށްރަށަށް ރައީސް ނަޝީދު ގޮސްހުރެ ރަހަފަތިގަނޑޭ، އަކުންބަކުން ކުޅެނިއްޔޭ ކިޔާ މޮޅެތި ވާހަކަ އަމުނަން އެ ކެރެނީތާއެވެ. މިއީ އަހަރުމެނަށް ރައީސް ނަޝީދުގެ ކިބައިން ފެންނަ އާކަމެއް ނޫނެވެ. ދުވަސް ކޮޅެއް ކުރީން ” ގޮޅާބޯ” އެއްގެ ވާހަކަވެސް ވަރަށް ލަދުވެތިގޮތަކަށް ވަނީ ދައްކަވާފައެވެ.

ދިވެހިރާއްޖޭގެ ކިޔަވާ ކުދީންނަށް ފޮތް ފަންސުރު ޔުނީފޯމް ބޫޓުފަދަތަކެތި ފުރަތަމަވެސް ދޭންފެށުނީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ފަސްއަހަރުގެ ތެރޭގައެވެ. ދިވެހީންނަށް ސިވިލް އިންޝުއަރެންސް ސްކީމެއްވެސް ފެށުނީ މިނަންގަނެވުނު ފަސް އަހަރުގެ ތެރޭގައެވެ. އެއީ މަދަނަ ކިޔާ އިންޝުއަރެންސް ސްކީމެކެވެ. އޭގައި ބައިވެރި ކުރުވީ ސަރުކާރު މުވައްޒަފުންނެވެ. އާންމުންނަށް ވަކި ޕަރސެންޓެއް ދެއްކުމުން ބައިވެރި ވެއެވެ. މިއީ މިއަދުގެ ޒުވާން ކުދިންނަށް އޮޅިފައިވާ ޙަގީތްތަކެކެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި އިސް ރަށްވެހިންނަށްދޭ އިނާޔަތްތައް ދޭންފެށުނީ ބޮޑު ތިލަދުންމަތީގައި ބޭއްވުނު އެމެ.ޑީ.ޕީގެ ބައްދަލުވުމެއްގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ހއ. އުތީމު ރަށްވެއްސެއް ކަމުގައިވާ ރަޝީދު ކިޔާ މީހަކު އެބައްދަލުވުމުގައި އެކަން ހުށަހަޅައި ފާސްކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވައިގެންނެވެ. މިހިރަ މިހިރަ ކަންކަމާއި އެކުރައީސް ނަޝީދަށް ޖެހޭނެ މާބޮޑު މެޑަލްއެއް ނޯންނާނެ ވާހަކަ މިދެންނެވީ ފިސާރި ކެރިގެނެވެ. އެނގިގެން ނަމަވެސް ނޭންގިނަމަވެސް ދިވެހީންނާއި އިންޑިޔާއާއި ޖެއްސުމުގެ ފެށުކަމީ ނަޝީދާއި އެމްޑީޕީގެ ބޮޑުން ކޮންމެގޮތަކުން ނަމަވެސް ރާއްޖޭގެ ވެރިކަމުގައި އަބަދަށް ތިބުމަށްޓަކައި ހިންގިފައިވާ ބޮޑު ޖަރީމާއެކެވެ. އެހެންވެ މިފަދަ އަމިއްލަ އެދުން ބޮޑެތި، ގައުމިއްޔަތެއް ނެތް މީހުނަށް ދިވެހީން އޭރުވެސް މިހާރުވެސް ކިޔާނީ މިއީ ބޮޑެތި ޚާއިނުންތަކެއް ކަމަށެވެ.

Loading

7 Responses

  1. ތި ލިޔުމުގާ ތި ވަނީ ހައްތާވެސް ހަގީގަތް ތިހުރިހާކަމެއް ހުރީ ތިވިދާޅުއާގޮތައް

  2. Mi qaumugai verirah Male’ gai Raa (alcohol) hudha kuran ulhuneeves thi Nasheed, Islam dheen noon ehen dheen thakuge alhukan kuraa thanthann hadhan ulhuneevs thi Nasheed, ekanthah huttuvunee dhivehinge thereygai Islam dheen dheke loabivaa rayyithunge muzaaharaathah baavaigen…

  3. Article v furihama v v shukuran.
    Dhivehinge therein ginabayaka vissnenee gaya badijeheema. Miei aharumenge qaumu. Iboobe aai nasheed beynun e che hedhiya dheegen ubaane.

  4. ތިޔަ ބަޔާން ކުރެއްވީ ކަން ހުރިގޮތެވެ. ވަހުދާނިއްޔަތެއް ގައުމިއްޔަތެއްނެތަމަ ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ތާ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް