ދައުލަތުގެ ތަނަވަސްކަން ލޫޓުވުން!

ދިވެހިންގެ ވިއަވަތި ނަހަމަ ގޮތުގައި ލޫޓުވުމަށް ހެޔޮ ވެރިކަން ކޮށްދޭނަމޭ ކިޔައިގެން ދޮގު ވަޢުދުތައް ރައްޔިތުންނަށް ތަކުރާރުކޮށް ވަމުން މިއަންނަ ސިޔާސީ ލީޑަރުންގެ ކިބައިން ދަޢުލަތް ޙިމާޔަތް ކުރަންޖެހެއެވެ.  އެގޮތަށް ދައުލަތް ޙިމާޔަތް ކުރެވޭނީ ދައުލަތް ހިންގުމަށްޓަކައި ރައްޔަތުން އިސްކުރާ މީހުންނަކީ އަބުރުވެރި އިޚްލާސްތެރީން ކަމުގައި ހެދިގެނެވެ. އެފަދަ ސަރުކާރެއް އުފެދިގެން ނޫނީ ދައުލަތް ލޫޓްވުމެއް ނުހުއްޓުވޭނެއެވެ.  އެހެންކަމުން މާތްﷲ ގެ މިންވަރުފުޅާއި އެކު ހެޔޮނިޔަތުގައި ލޮބުވެތި ރައްޔިތުން މަސައްކަތްކޮށް 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުން ދައުލަތް ލޫޓްވުމާއި ފޭރުން ހުށްޓުވުން ނިމުމަކަށް ގެންނަން ޖެހޭނެއެވެ. އެހެނީ ސަރުކާރުން ވަމުންދާ ބޮޑެތި ޚިޔާނާތްތަކަކީ ރައްޔަތުންގެ ޓެކްސް ފައިސާއާއި ރައްޔަތުމީހާއަށް ގައުމުތަކުން ދެމުންގެންދާ […]

ދައުލަތާއި ދައުލަތުގެ ބެހެނިވެރިން!

ދިވެހިރާއްޖެ ކަހަލަ ކަނޑަށް ހުޅުވާލެވިފައި ހުންނަ އައްސޭރިފަށުގެ ޖަޒީރާ ޤައުމެއްގެ ދަޢުލަތައްވާނީ އެންމެހައި ޖަޒީރާތަކާއި ގުޅިފައިވާ އެންމެހައި ގިރި ފަޅާ ކަނޑާއި އެކަނޑުގެ ދަރަޖަ، ދަގީގު، އަރުލުގެ މައްޗަށް ދަމާލެވިފައިވާ ރޮނގުގެ އެތޭރޭގައެވެ. އެއީ ދިވެހި ކަނޑާއި ކަނޑުގެ އަޑި އަދި އެތެރޭގައިވާ އެންމެހައި ދިރުންތަކުގެ މިނިރަލްސްއާއި، މަޢުދަނާ އަދި ޖައްވާއި އެއްގަމުގައިވާ އެންމެހައި ތަކެއްޗެވެ. އެއްވެސް ޝައްކެއްނެތެވެ. މިދައުލަތުގެ ބެލެނިވެރިންނަކީ ނުވަތަ މިދެންނެވުނު އިންފާރުތަކުގައިވާ އެންމެހައި ރިސޯސްތައް ތަސައްރަފު ކުރުމުގެ ބާރުވެރިންނަކީ އެދައުލަތެއްގެ ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެދައުލަތަކަށް ނިސްބަތްކުރެވޭ އެތަނެއްގެ އުފަން އަހުލުވެރި ރައްޔިތުންނެވެ. އޭގެތެރޭގައި […]

ޢަދުލު އިންސާފް އާއި މެދު ރައްޔިތުންގެ ސުވާލުތައް އިތުރުވެއްޖެ

އަދުލު އިންސާފު ގާއިމުކުރުމަކީ މުޖުތަމާއެއްގެ ހަމަޖެހުމާއި ކާމިޔާބީގެ އަސާސް ކަމުގައި ނުވެ ނުދާނެއެވެ. ނަބަވީ ސީރަތުންވެސް ތަކުރާރުކޮށް އަޑުއަހައިފީމުއެވެ. އަޅުގަނޑުމެންގެ ޢިލްމުވެރިންގެ ވާހަކަ ފުޅުން ތަކުންވެސްއެނގޭ ގޮތުގައި ޢަދުލު އިންސާފު ގާއިމް ނުކުރުމަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ.  ހަމައެފަދައިން ގައުމުގެ ވަލިއްޔުލް އަމްރަކަށް ރައްޔިތުން އިޚްތިޔާރުކޮށްފައި ހުންނަ ބޭފުޅަކަށް އެކަމުގައި އިހްމާލު ވެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ފަނޑިޔާރަކަށް ވަޒީފާ ދީފައި ގެޔަށްގޮސް ނިދާކަށް ނޯވެވޭނެއެވެ. ނުވަތަ ކޮންމެ ޙަފްލާއަކަށް މީހާއާއި ނުބައްދަލު ސްޕީޗެއް ދީފާ ބޮޑުވަރިހަމަވުމަކުންވެސް ފުއްދައެއް ނުލެވޭނެއެވެ. ހުރިހާ މަގާމެއްގައި ހުރިހާ ޙާލަތެއްގައިވެސް އަދުލު […]

ސްރީލަންކާއަށް މިވީ ކިހެނެއް، ދިވެހީން ވިސްނަންޖެހޭ!

ބީ ބީ ސީ ޚަބަރުގައި އައިޝާ ޕެރޭރާ ކިޔާދީފައިވާ ގޮތުގައި ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމަށް މެދުވެރިވި އެންމެ ފުން އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދޭން ނިންމައިފިއެވެ.  ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި އަސާސީ ޚިދުމަތްތައްވެސް ލިބޭނެ ގޮތެއް ނެތިފައި އޮތް ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަންފެށުމުން ރައްޔިތުން ދޫކޮށްލާފާ ގައުމުގެ ރައީސް ފިލައިގެން ދިޔައީއެވެ.           […]

އިސްތިއުމާރީންގެ ކިބައިން މިނިވަންވެ ޑިމޮކްރަސީއަށް ކުރި ދަތުރު

އިސްތިއުމާރީންގެ ކިބައިން މިނިވަންވެ, ރައްޔިތުން އުފެއްދި ރައްޔިތުންގެ ސަރުކާރާމެދު ނުވަތަ އެ ސަރުކާރު ގެނައުމަށް ކުރި ދަތުރުގެ ވާހަކައަކީ ދިގު ވާހަކައެކެވެ. އެހެންވީމާ ކިޔުންތެރިން ނަށްވެސް ބުރައަކަށް ނުވާވަރަށް ޚުލާސާ ގޮތެއްގައި ލިޔަން ގަސްދު ކުރަމެވެ. އެ ނިޒާމުގެ މޮޅުކަން ކިޔައިދިންއިރު އަޅުގަނޑުމެންނަށް އޮޅުންފިލުވާނުދީ ހުރި ގިނަ ކަންތައްތައް އެގޮތުގައި ބޭއްވޭކަށް (ތަޖުރިބާ ކުރުމަށް ފަހު) މިއަދަކު ނެތެވެ. ދުނިޔޭގެ ތާރީޚުން ހެކި ލިބޭގޮތުގައި އިސްތިއުމާރު ކުރުމުގެ ބޭނުމަކީ ގަދަބާރުން ގައުމުތަކަށް ވެރިވެގަނެގެން ތިބެ އެ ގައުމެއްގެ […]

ސަބަބުވެރި އިންސާނެއްގެ ސަބަބުވެރި ޙުކުމް!

ކުރިސްޓްމަސް ދުވަހަކީ ބުނެއުޅޭގޮތުން ނަމަ 25 ޑިސެމްބަރު ދުވަހެވެ. ނިމިދިޔަ ކްރިސްޓްމަސް ދުވަހަކީ ތާރީޚީ ދުވަހެކެވެ. ރާއްޖޭގެ ގިނަ ޖަޒީރާ ރެސޯޓްތަކުގައި ދިޔައީ ކުރިސްމަސް ރެއަށް ތައްޔާރުވަމުންނެވެ. ހަމަ އެހާ ހައްސާސް ގޮތެއްގައި ސަބަބުވެރި އިންސާނަކު ގެންދެވީ އެތައް ރެއެއްގެ ނިދި ނަންގަވާލައި އަވަހާރަފުޅު ލެއްޕެވުމެއް ނެތި ވަރަށް ބުރަކޮށެވެ.  އަދި ޢާއިލާގެ ވަރަށް މަދު ބަޔަކަށް ކްރިސްޓްމަސްގެ ފަހުން ވެދާނެ ގޮތަކާއިމެދު ވާހަކަ ދައްކަވައި އޮށްދާ ހިއްލުމުގައެވެ. ނިދާ ކޮޓަރީގައި 18 ބީޓީޔޫގެ އެއަރކޮންޑިޝަނެއް ހުރި ނަމަވެސް އެ ސަބަބުވެރި އިންސާނާގެ އޮށްދާ ހިއްލުމެއް […]

ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމް ”ޑިމޮކްރެސީ“

ދިވެހިރާއްޖޭގެ ޑިމޮކްރެސީއަކީވެސް ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމެކެވެ. ޑިމޮކްރެސީއެއްގައި އެނގެންޖެހެއެވެ. ޢަދުލް އިންސާފު އެންމެނަށް ކަށަވަރު ކޮށްދޭ ވެރިކަމުގެ ނިޒާމެކޭ އެބައިމީހުން ބުނެއެވެ. ކަރަޕްޝަނާއި ފަސާދައަށް ފާރަވެރިވެއޮވެ ރައްޔަތުންގެ ކިބައިން އުފެދި ރައްޔަތުންނަށް ޚިދުމަތްކުރުމަށް އުފެއްދޭ ނިޒާމެކޭވެސް އެއުރެން ބުނެތެވެ. މި ލިއުމަކީ މުޅިން ސަންދާނުގެ އުފެއްދުމެއް ނޫނެވެ. ލޯކަލް އަދި ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ “ ކަނުބަނދެފައިވާ ޑިމޮކްރެސީ “ އިން މިލިއުމުގ ބޮޑު ބައެއް ޙިއްސާކުރެވޭތޯ ބަލާނަމެވެ. މިލިއުން ކިއުންތެރިންނާއި ހަމަޔަށް މިގެނެސް ދެނީ […]

ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލިއްޖެނަމަ ރައީސް ޔާމީންއާއި ގުޅޭނެ!

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެވިއްޖެނަމަ ރައީސް ޔާމީން އާއި ގުޅިގެންނަމަވެސް އެމްޑީޕީ ޙިސޯރުކޮށްގެން އެމްޑީޕީގެ ފިކުރާއި ދެކޮޅަށް ރިޝްވަތާއި ނުފޫޒްގެ ބޭނުންކޮށްގެން އަތްގަދަކޮށްގެން އުޅޭ ހިންގާލާ ގުރޫޕް އަތްދަށުން ގައުމު ސަލާމަތް ކުރަށްވާނެކަމަށް ނަޝީދުގެ ފެކްޝަންގެ ބޮޑަކު ސަންދާނަށް ވިދާޅުވެއްޖެއެވެ. އަދި މިވަގުތު ނަންހާމަކުރަން ބޭނުންނުވެ އޭނާ ކިޔައިދިންގޮތުގައި ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ ފިކުރު ނުދަންނަ ބަޔަކު ރައީސް އިބޫގެ ބޮލަށް ސަވާރުވެގެން ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ނަމުގައި ގައުމުދަރުވާލީއެވެ. އަދި ޖުމްލަގޮތަކަށް ރައްޔަތުންނަށް މިވަނީ […]


އަމިއްލަ ފައިސާއިން މަސްތުވާތަކެތި ގަނެ ބޭނޫން ކުރުން އޯކޭތަ؟

ޑްރަގް ބޭނުން ކުރީ އަމިއްލަ ފައިސާއިން ހޭދަކޮށްގެން ކަމަށްވާތީ ކުށްވެރިޔާ ދޫކޮށްލެވޭނެ ހެއްޔެވެ؟ ގާނޫނު ބުނަނީ ކީކޭ؟ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 17/2011 ގެ  121 ވަނަމާއްދާގައިވާގޮތުން މަސްތުވެ ގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފިމީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ. ތިމާ ހޯދާފައިވާ ފައިސާއިން ގަނެ މިފަދަ ކުށަކަށް އަރައިގަތުމުން އެ ޢަމަލަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވާނެ ޙާލަތެއް ނޫން ކަމަށް ކަނޑައެޅޭނެ ގޮތެއް ނުވިސްނެއެވެ. ނަމަވެސް ޑުރަގުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން މިވަނީ ދޫކޮށްލައިފިއެވެ. […]

ކުރިއަށްއޮތީ އެމެރިކާއަށް އިގްތިސާދީ ގޮތުން ދަތި ދުވަސްތަކެއް

ކުރިއަށް އޮތް އަހަރަކީ އެމެރިކާއަށް އިގްތިސާދީގޮތުން ވަރަށް ދަތި ދުވަސްތަކެއް ކަމަށް ބޭންކު އޮފް އެމެރިކާގެ ޗީފް އިކޮނޮމިސްޓް މިދިޔަ އާދީއްތަ ދުވަހު އިންޒާރު ދެއްވައިފިއެވެ. ފޭސް ދަ ނޭޝަން ޕްރޮގްރާމުގައި މާރގްރެޓް ބްރިނަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އިކޮނޮމިސްޓް މައިކަލް ގޭޕަން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތައް މިހާރަށްވުރެންވެސް ދަތި ދުވަސްތަކަކަށް ވާނެކަމުގައެވެ.  ފަހަރެއްގައި އެއީ ދިގުދެމިގެންދާނެ އަހަރު ތަކަކަށް ނުވެދާނެއެވެ. އެކަމަކު އެކަމާ ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ރަނގަޅަށް ވިސްނައިގެން  އިގްތިސާދީ ފިޔަވަޅުތައް […]