ދެކުނު ކޮރެޔާގެ ރައީސްގެ ބޮލަކީ މީދާކޭ އުނބެއް - އުތުރު ކޮރެއާ

Loading

Facebook
Twitter
WhatsApp


އުތުރު ކޮރެއާއިން ރަޝިޔާއާއެކު މިލިޓްރީ ގުޅުން ބަދަހި ކުރަމުން ގެންދާތީ އެކަމަށް ފާޑު ވިދާޅުވެ އިންޒާރު ދެއްވައި ޔުނައިޓެޑް ނޭޝަންސްގެ ޢާންމު މަޖިލީހުގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ވާހަކަފުޅު ދެއްކެވުމުން އެމަނިކުފާނުގެ ވާހަފުޅަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޯންގް އުން ރައްދު ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ބޮލަކީ މީދާ ކޭ އުނބެއްކަމަށާއި ޑިޕްލޯމެޓިކް އިޑިއަޓެއް ކަމަށް ދޭހަވާ ގޮތަށް ސިފަކުރައްވައި މަލާމާތް ކުރައްވައި އ. ދ. ގެ އާންމު މަޖިލީސްގެ ބައްދަލު ކުރެއްވުން ހޫނުކޮށްލައްވައި ފިއެވެ.

މިމަހުގެ ކުރީކޮޅު އުތުރުކޮރެއާގެ ރައީސް ރަޝިޔާގެ ރައީސް އާއި ބައްދަލު ކުރެއްވުމަށް އިޝާރަތް ކުރައްވައި ދެކުނު ކޮރެއާގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށް ދިނުމުގައި ދެކުނުކޮރެއާގެ ރައްކާތެރިކަމަށް ހުރަސް އުޅުމުގެ ފުރުސަތު އޮތުމާއިއެކު ދެކުނު ކޮރެއާ ލޯ މަރާލައިގެން ހަމަހިމޭނުންނޯންނާނެ ކަމަށެވެ.                                                   

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ ( ކޭ. ސީ. އެން. އޭ. ) ގެ ކޮމެންޓަރީގައި އުތުރު ކޮރެއާއާއި ރަޝިޔާގެ ހަތިޔާރާބެހޭ އެއްބަސްވުމަށް ޙަވާލާ ދިނުމަކާ ނުލައި ބުނެފައިވަނީ އަވަށްޓެރި ގައުމުތަކާއިއެކު ގުޅުން ގާއިމުކުރުމުގެ ބޭނުމާއި ފައިދާވެސް ނޭންގޭ އަދި އެއްވެސް ކަމެއް ކުރުމުގައި އަމިއްލަ އިޚްތިޔާރެއް ލިބިފައިނެތް ޕަޕެޓަކު އ. ދ. އާންމު މަޖިލީހުގައި އުތުރު ކޮރެއާއާއި ރަޝިޔާގެ ގުޅުމުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެއެވެ. 

ތެދެކެވެ ! ބޮލަކަށް މީދާ ކޭ އުނބެއް ހުރިމީހަކަށް ރަޝިޔާއާއި އުތުރު ކޮރެއާގެ ގުޅުން ތަސައްވުރެއް ނުވެސް ކުރެވޭނެއެވެ. އަދި ޔޫން ސުކް ޔޯލް ކަހަލަ ދެއުޅި އެއްނުވާ ޑިޕްލޯމެޓިކް އިޑިއަޓަކު އަނގަ ތަޅުވާ އަޑުވެސް އަހާނެ މީހަކު ނުހުންނާނެއެވެ.

ކޭ ސީ އެން އޭގެ ކޮމެންޓްރީއަށް ރައްދު ދެއްވައި ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އުތުރު ކޮރެއާގެ ބަސްމަގު ހުރިގޮތުން އެނގި ހާމަވެގެންދަނީ ވާހަކަ ދައްކާ އުޅުމުގެ އެންމެ އާދައިގެ ބަހުރުވައަށްވެސް އެމީހުން ބީރައްޓެހިކަމެވެ.                                

މިދިޔަ އަހަރު ދެކުނު ކޮރެއާގެ ރައީސްކަން ޔޫން ސުކް ޔޯލް އަށް ލިބިވަޑައިގަތުމާއިއެކު މިލިޓްރީގޮތުން އެމެރިކާ އާއިއެކު އޮންނަ ގުޅުން ގެންދަނީ ވަރުގަދަ ކުރަމުން ދޭތެރެ ދޭތެރެއިން ކޮރެއަން ޕެނިންސުލާގައި ގުޅިގެން މިލިޓްރީ ތަމްރީނުތައްވެސް ކުރަމުންނެވެ. އަދި ރަޝިޔާއާއި އުތުރުކޮރެއާ އިން ހަތިޔާރުގެ ޑީލް ޙަގީގަތަކަށް ހަދައިފިމަނަ ހިތަށް އަރުވަންވެސް ނޭންގޭ ފަދަ ޙާލަތަކަށް ރަޝިޔާއާއި އުތުރުކޮރެއާ ކުރިމަތި ލާން ޖެހޭނެކަމަށް އެމެރިކާއާއި ދެކުނު ކޮރެއާ އިން ވަނީ އިންޒާރު ދީފައެވެ. އަދި ބައިނަލް އަގްވާމީ ގަނޫނުތަކަށް ގޮންޖަހާފައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ކުށްވެރިކޮށްވެސް ވާހަކަ ދައްކާފައެވެ.                        

ބައެއް ގައުމުތަކުގެ ވެރިން ބައިނަލް އަގްވާމީ ގާނޫނުތަކުގެ ވާހަކަ އަޑަށް ބާރުލާފައި ދައްކަމުން ގެންދާއިރު އެކަމުގައިވެސް އެބޭފުޅުންގެ މުނާފިގުކަން ހާމަވެގެންދާ މިންވަރު ހަނދާނުން ފިލައިގެން ދަނީ ކީއްވެގެން ބާވައެވެ. ފަލަސްތީނުގެ މައްސަލާގައި ކިތައް ކިތައް ބައިނަލް އަގްވާމީ ރިޒޮލިއުޝަން ވެޖޫދު ވެފާ އެބަ އޮތްކަންވެސް ހަނދާނެއް ނުހުރެއެވެ. ޔޫ.އެންގެ 242 މަތިން ހަދާންހުރި ވެރިޔަކު ނެތްކަހަލައެވެ!                                                        

( މި ލިއުމުގައި ގެނެސްދީފައިވާ ބައެއް ބަސްބަސް ހުންނާނީ ދިވެހި ބަހަށް ގެނައުމުގައި އޭގެ އަސްލަށް ވުރެން ވެސް ލުއިކޮށްފައެވެ. އެއްވެސް ގައުމެއްގެ ވެރިއަކަށް ސަންދާނުން ޚަބަރު ގެނެސްދިނުމުގައި ތަފާތެއް ނުކުރާނެއެވެ.

އެހެންނަމަވެސް ބައިނަލް އަގްވާމީ ޕްލެޓްފޯމްތަކަކީ ވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވުރެން ވަކި ސަހަލަ ބަހުރުވައަކުން ދިމާކޮށް ވާހަކަ ދައްކަމުން ގެންދާ ޕްލެޓްފޯމްތަކެއް ނޫންކަން ހާމަކޮށްދިނުމުގެ ގޮތުން އެ ބަސްތައް ގެނެސްދީފައިވަނީއެވެ. ބައިނަލް އަގްވާމީ މައިދާންތަކުގައި ގައުމުތަކުގެ ވެރިންނަށް ވަނަމުން ގޮވުމަކީ ހަމަ ކުރަމުންގެންދާ ކަމެކެވެ.                                           

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް