ސަބަބުވެރި އިންސާނެއްގެ ސަބަބުވެރި ޙުކުމް!

ކުރިސްޓްމަސް ދުވަހަކީ ބުނެއުޅޭގޮތުން ނަމަ 25 ޑިސެމްބަރު ދުވަހެވެ. ނިމިދިޔަ ކްރިސްޓްމަސް ދުވަހަކީ ތާރީޚީ ދުވަހެކެވެ. ރާއްޖޭގެ ގިނަ ޖަޒީރާ ރެސޯޓްތަކުގައި ދިޔައީ ކުރިސްމަސް ރެއަށް ތައްޔާރުވަމުންނެވެ. ހަމަ އެހާ ހައްސާސް ގޮތެއްގައި ސަބަބުވެރި އިންސާނަކު ގެންދެވީ އެތައް ރެއެއްގެ ނިދި ނަންގަވާލައި އަވަހާރަފުޅު ލެއްޕެވުމެއް ނެތި ވަރަށް ބުރަކޮށެވެ.  އަދި ޢާއިލާގެ ވަރަށް މަދު ބަޔަކަށް ކްރިސްޓްމަސްގެ ފަހުން ވެދާނެ ގޮތަކާއިމެދު ވާހަކަ ދައްކަވައި އޮށްދާ ހިއްލުމުގައެވެ. ނިދާ ކޮޓަރީގައި 18 ބީޓީޔޫގެ އެއަރކޮންޑިޝަނެއް ހުރި ނަމަވެސް އެ ސަބަބުވެރި އިންސާނާގެ އޮށްދާ ހިއްލުމެއް […]

ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމް ”ޑިމޮކްރެސީ“

ދިވެހިރާއްޖޭގެ ޑިމޮކްރެސީއަކީވެސް ކަނުބަނދެފައިވާ ވެރިކަމުގެ ނިޒާމެކެވެ. ޑިމޮކްރެސީއެއްގައި އެނގެންޖެހެއެވެ. ޢަދުލް އިންސާފު އެންމެނަށް ކަށަވަރު ކޮށްދޭ ވެރިކަމުގެ ނިޒާމެކޭ އެބައިމީހުން ބުނެއެވެ. ކަރަޕްޝަނާއި ފަސާދައަށް ފާރަވެރިވެއޮވެ ރައްޔަތުންގެ ކިބައިން އުފެދި ރައްޔަތުންނަށް ޚިދުމަތްކުރުމަށް އުފެއްދޭ ނިޒާމެކޭވެސް އެއުރެން ބުނެތެވެ. މި ލިއުމަކީ މުޅިން ސަންދާނުގެ އުފެއްދުމެއް ނޫނެވެ. ލޯކަލް އަދި ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ “ ކަނުބަނދެފައިވާ ޑިމޮކްރެސީ “ އިން މިލިއުމުގ ބޮޑު ބައެއް ޙިއްސާކުރެވޭތޯ ބަލާނަމެވެ. މިލިއުން ކިއުންތެރިންނާއި ހަމަޔަށް މިގެނެސް ދެނީ […]

ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލިއްޖެނަމަ ރައީސް ޔާމީންއާއި ގުޅޭނެ!

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެވިއްޖެނަމަ ރައީސް ޔާމީން އާއި ގުޅިގެންނަމަވެސް އެމްޑީޕީ ޙިސޯރުކޮށްގެން އެމްޑީޕީގެ ފިކުރާއި ދެކޮޅަށް ރިޝްވަތާއި ނުފޫޒްގެ ބޭނުންކޮށްގެން އަތްގަދަކޮށްގެން އުޅޭ ހިންގާލާ ގުރޫޕް އަތްދަށުން ގައުމު ސަލާމަތް ކުރަށްވާނެކަމަށް ނަޝީދުގެ ފެކްޝަންގެ ބޮޑަކު ސަންދާނަށް ވިދާޅުވެއްޖެއެވެ. އަދި މިވަގުތު ނަންހާމަކުރަން ބޭނުންނުވެ އޭނާ ކިޔައިދިންގޮތުގައި ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ ފިކުރު ނުދަންނަ ބަޔަކު ރައީސް އިބޫގެ ބޮލަށް ސަވާރުވެގެން ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ނަމުގައި ގައުމުދަރުވާލީއެވެ. އަދި ޖުމްލަގޮތަކަށް ރައްޔަތުންނަށް މިވަނީ […]


އަމިއްލަ ފައިސާއިން މަސްތުވާތަކެތި ގަނެ ބޭނޫން ކުރުން އޯކޭތަ؟

ޑްރަގް ބޭނުން ކުރީ އަމިއްލަ ފައިސާއިން ހޭދަކޮށްގެން ކަމަށްވާތީ ކުށްވެރިޔާ ދޫކޮށްލެވޭނެ ހެއްޔެވެ؟ ގާނޫނު ބުނަނީ ކީކޭ؟ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 17/2011 ގެ  121 ވަނަމާއްދާގައިވާގޮތުން މަސްތުވެ ގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފިމީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ. ތިމާ ހޯދާފައިވާ ފައިސާއިން ގަނެ މިފަދަ ކުށަކަށް އަރައިގަތުމުން އެ ޢަމަލަކީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވާނެ ޙާލަތެއް ނޫން ކަމަށް ކަނޑައެޅޭނެ ގޮތެއް ނުވިސްނެއެވެ. ނަމަވެސް ޑުރަގުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން މިވަނީ ދޫކޮށްލައިފިއެވެ. […]

ކުރިއަށްއޮތީ އެމެރިކާއަށް އިގްތިސާދީ ގޮތުން ދަތި ދުވަސްތަކެއް

ކުރިއަށް އޮތް އަހަރަކީ އެމެރިކާއަށް އިގްތިސާދީގޮތުން ވަރަށް ދަތި ދުވަސްތަކެއް ކަމަށް ބޭންކު އޮފް އެމެރިކާގެ ޗީފް އިކޮނޮމިސްޓް މިދިޔަ އާދީއްތަ ދުވަހު އިންޒާރު ދެއްވައިފިއެވެ. ފޭސް ދަ ނޭޝަން ޕްރޮގްރާމުގައި މާރގްރެޓް ބްރިނަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އިކޮނޮމިސްޓް މައިކަލް ގޭޕަން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތައް މިހާރަށްވުރެންވެސް ދަތި ދުވަސްތަކަކަށް ވާނެކަމުގައެވެ.  ފަހަރެއްގައި އެއީ ދިގުދެމިގެންދާނެ އަހަރު ތަކަކަށް ނުވެދާނެއެވެ. އެކަމަކު އެކަމާ ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ރަނގަޅަށް ވިސްނައިގެން  އިގްތިސާދީ ފިޔަވަޅުތައް […]

ޔާމީން ޖަލަށްލުމަކީ އުފާކޮށް ހަވާއަރުވަންވީ ކަމެއްތަ؟

ރައީސް ޔާމީނު ޖަލަށްލާނެ ކަމަށް އެމްޑީޕީގެ ބޮޑުންވަނީ ތަކުރާރުކޮށް ބުނެފައެވެ. ޙުކުމް ކުރެވުނުލެއް ތަންކޮޅެއް ލަސްވީކަމަށް ބުންނެއެވެ. އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ އަމްރު ވިދާޅުވެފައިވަނީ މިދިޔަ ރޯދަމަހުގެ ކުރީން ޔާމީންއަށް ޙުކުމްކޮށް ޖަލަށް ލެވޭނެ ކަމަށެވެ. އާދޭހެވެ! އެބުނިގޮތަށް އެކަންކޮށްފިއެވެ. އަދިހަމަ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެމްޑީޕީގެ ބޮޑުން އުފަލާއި އެކު ބައިވެރިވެ ރޭގައި އާ އަހަރުފާހަގަ ކުރުމުގެ ނަމުގައި ފަޓާސް ޖަހާ ހަވާއަރުވައި ބިރެއްނެތި މަޖާކޮށްފިއެވެ. އަންތަރީސް ވާންޖެހުނީ “ ޔާމީން ޖަލަށްލުމަކީ އުފާކުރަން ޖެހޭ […]

އިސްރާއީލުން ދެކޮޅު ހަދަމުން ދަނިކޮށް ފަލަސްތީނުގެ މައްސަލަ ދުނިޔޭގެ ކޯޓަށް

Palestine News

 ޚަބަރުތައް ބުނާގޮތުގައި 193 މެމްބަރުގައުމު ހިމެނޭ ޔުނައިޓެޑް ނޭޝަންސް އިން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމުގެ ގާނޫނީ ޙައްގަކީ ކޮބައިތޯ ބެލުމަށްޓަކައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ލަފައަކަށް އިއްޔެ އެދެފިއެވެ. އިސްރާއީލުން ހުޅަނގު އައްސޭރިއާއި ގާޒާއާއި އިރުމަތި ގުދުސް ހިފާފައިވަނީ 1967 ގެ މެދުއިރުމަތީ ހަނގުރާމައިގައެވެ. އަދި 2005 ވަނައަހަރު އިސްރާއީލުން ވަނީ ގާޒާއިން ފައިބާފައެވެ. އެހެންނަމަވެސް ޕަލަސްތީނުގެ ބިންތަކަށް ދާންއޮންނަ މަގުތައް ބެލެހެއްޓުމުގައި މިސްރާއިއެކު އިސްރާއީލުންވެސް ގެންދަނީ ޙިއްސާ ކުރަމުންނެވެ.  އިންޓަރނޭޝަނަލް […]

ރައީސްކަން ކުރަން ދެން ބޭނުމެއްނޫން – ނަޝީދު

މީ ކުރިން ދެ ފަހަރެއްގެ މަތިން ދެން ރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނުހަނު ތާއީދުކުރައްވާ ކަމަށާއި ސަރުކާރަށް ކުޑަ ނަމަވެސް ހީނަރުކަމެއް އަންނަން އެދިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި ރާއްޖޭގެ ރައީސްކަން އިތުރަށް ކުރަން ބޭނުންފުޅު ނުވާކަމަށް ނަޝީދު އެންމެ ފަހުން ވިދާޅުވީ 16 ސެޕްޓެމްބަރު 2020 ގައެވެ. “އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ.“ އޭރު އެމްޑީޕީން ނެރެމުން […]

މިއީވެސް ހަމަ ނަމޫނާ ޑިމޮކްރެސީއެކެވެ.

އިކްވިޓޯރިއަލް ގިނީގެ މިޚަބަރާމެދު ޝައުގުވެރިކަން އުފެދުނީ އެވެރިކަމުގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެވެމުން ދިޔަގޮތާ އަދި މިހާރު ވެރިކަން ކުރެވޭގޮތާވެސް އެއްކަހަލަ ސިފަތަކެއް ހުރީމައެވެ. ފަހަރެއްގައި އެމީހުން ދަސްކުރީ އަހަރެމެންކައިރިން ކަމަށްވެސް ވެދާނެއޭވެސް ހިތައް އަރައެވެ.                                            އިކްވިޓޯރިއަލް ގިނީގެ ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ތިއޮޑޯރޯ އޯބިއަންގް އެންޖިއުމާ އިންތިޚާބު ކުރުމަށްޓަކައި މިދިޔަ އާދީއްތަދުވަހު ވޯޓުލުން […]

އަހަރެންނެތަސް މުޒާހަރާތައް ކުރިއަށް ގެންދޭ – އިމްރާން ޚާން 

ޕާކިސްތާނުން އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރަށް ބައިވެރިވެ ވަޑައި ނުގެންނެވުނު ނަމަވެސް އިސްލާމްއާބާދުގައި އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ކުރިއަށް ގެންދަން ރާވާފައިވާ މުޒާހަރާ ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެން ބައިވެރިންނަށް ގޮވާލައްވައިފިއެވެ. އަދި ރާވަލްޕިންޑީ އާ ހަމައިން މުޒާހަރާގައި ބައިވެރި ވެވޭތޯ ބަލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.                                 އިމްރާން ޚާން އަވަހާރަ ކޮށްލުމަށްޓަކައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެވުނު ބަޑީގެ ޙަމަލާގައި ފަޔަށް ހަތަރު ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެ ވަޑައިގެން […]