ކޮވިޑްގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ މިސްކް ބަލި އިތުރުވަނީ

ކޮވިޑް-19 ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް) ކޭސްތައް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށައިފިއެވެ. ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދާ މި ނުރައްކާތެރި ބަލި ރާއްޖެއިން އަނެއްކާވެސް ފެންނަމުން ދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދް ފައިސަލް ވަނީ ޔަގީންކޮށް ދެއްވާފައެވެ. ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޑަކުދިންގެ ބަލިތަކާ ގުޅޭ ގިނަ މައުލޫމާތު ތަކެއް އަބަދުވެސް ހިއްސާކުރައްވާ ޑރ.ފައިސަލް […]
ފްޑް ކޯޓްތަކެއް އަޅަން މާލެ ސިޓީ ކައުންސިލުން ލޯނެއް ނަގަނީ

މާލޭގައި ފްޑް ކޯޓް ތަކެއް އަޅަން ލޯނެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ފުޑް ކޯޓްތަކެއް އެޅުމަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި އީ ދަރުބާރުގޭގެ އިރަށް އޮންނަ ބިމުގައި ސްޓްރީޓްފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަށްޓަކައި ނިންމި ނިންމުމެކެވެ. އަދި މި ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރިއެއް […]
މާފުށި ޖަލުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެނީ

ގިނަ އަދަދެއްގެ ގައިދީން ތިބޭ މާފުށީ ޖަލުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ އަދަދެއްގެ ގައިދީންނަށް ކޮވިޑްޖެހިވާއިރު ޖަލުގައި މިހާރުވެސް ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުން 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި 44 ގައިދީއަކު ހިމެނޭ ކަމަށެވެ. އަދި ކޮންޓެކްޓުވެފައިވާ މީހުން ހިމެނޭހެން 210 ގައިދީއަކު ކަރަންޓީނު ކޮށްފައިވާ […]
ރާއްޖޭގައި އުމުރުން ފަސް އަހަރުގެ ކުދިންނަށް ކޮވިޑް ވެކްސިން ދެނީ

ކޮވިޑް-19 ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން ފަސް އަހަރުގެ ކުދިންނަށް ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ. އެޗްޕީއޭން ބުނީ ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ޖަހަން ބޭނުންވާ ކޮވިޑް ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށާ އެގޮތުން އެ އުމުރުފުރައަށް ވެކްސިން ދޭން ފެށުމުގެ ޕްލޭން މިހާރު ތައްޔާރުކުރަމުން އަންނަކަމަށެވެ. އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްޣަފޫރު ވިދާޅުވީ، އެ އުމުރުފުރާގެ ކުދިންގެ […]
ސީރިޔާގައި އުފަންވި ދެ ކުއްޖަކީ ދިވެހި ކުދިން ކަމަށް ކޯޓުން ހުކުން ކޮށްފި

ސީރިޔާގައި އުފަންވި ދެ ކުއްޖަކީ ދިވެހި އަންހެނެއްގެ ދެ ދަރިން ކަމަށް ކަނޑައަޅައި ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ. މިއީ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެއްސަކަށް ލިބުނު ދަރިންނަކީ ދިވެހިން ކަމަށް ކަނޑައަޅައި މިފަދަ ހުކުމެއް ރާއްޖޭގައިކުރި ފުރަތަމަ ފަހަރެވެ. ފެމިލީ ކޯޓުން މި ހުކުމް ކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ ދެ އަންހެން ކުދިންގެ މަންމަ އެ ދެކުދިންނަކީ އޭނާއަށް ލިބުނު ދަރިން ސާބިތުކުރުމަށް ހުށަހެޅުމާއި ގުޅިގެންނެވެ. ފެމެލީ ކޯޓުން ބުނެފައިވަނީ އެ ދެ އަންހެން ކުދިންނަކީ […]
މަޑިވަރު އެއާޕޯޓަށް ގިނަ އަދަދެއްގެ މުއައްޒަފުން ހޯދަނީ

ދާދިފަހުން ހުޅުވި ޅ. މަޑިވަރު އެއާޕޯޓުގައި ވަޒީފާ އަދާކުރުމަށް ގިނަ އަދަދެއްގެ މުއައްޒަފުން ހޯދުމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. މަޑިވަރު އެއާޕޯޓަށް މުއައްޒަފުން ހޯދަން އިއުލާންކޮށްފައިވަނީ ޖުމްލަ 11 މަގާމަކަށެވެ. މަޑިވަރު އެއާ ޕޯޓަށް މީހުން ހޯދަމުންދާ މަގާމުތައް: އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސްޕަވައިޒާ ޓްރެއިނީ […]
ކާޑެއްދޫ އެއާޕޯޓް ވިލާ އާއި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން: ޓްރާންސް ޕޯޓް

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރުގެ މުއްދަތަށް ކާޑެއްދޫ އެއާޕޯޓް ދިނީ 2013 ވަނަ އަހަރުއެވެ. ވިލާ އެއާ އިން ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް އެއާ ޕޯޓް ހިންގާކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 […]
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހޯޕް ފޯރ ވިމެންއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ […]
ވާދަވެރި ކެމްޕެއިނާ ދިމާކޮށް ކޮމަންޑޫ ކައިރީގައި ތިން ރިސޯޓެއް ހަދަން ހުޅުވައިލައިފި

ށ. ކޮމަންޑޫ ކައިރީގައި ތިން ރިސޯޓެއް ހަދަން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޕެއިންގެ ބޮޑު ވާދަވެރިކަމުގެ ތެރޭގައި އިއުލާންކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނޭ ދިގުވެލިދޫ އަކީ ޕީޕީއެމްގެ ވެރިކަމެއްގައި […]
ފިއްލަދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ފ.ނިލަންދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރަތްކުރުމަށް މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. ނިލަންދޫގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ. މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިސްމާއިލް އެވެ. މިސްކިތުގެ އަމަލީ މަސައްކަތް އަންނަ މަހުގެ 14 ފެށުމަށް ހަމަޖެހިފައިވާރިރު އެއްބަސްވުމުގައި ވާގޮތުން 365 ދުވަހުގެ ތެރޭ މަސައްކަތް […]