ސީރިޔާގައި އުފަންވި ދެ ކުއްޖަކީ ދިވެހި ކުދިން ކަމަށް ކޯޓުން ހުކުން ކޮށްފި

Loading

Facebook
Twitter
WhatsApp
Syrian refugees stand outside their tents during a sandstorm, in a refugee camp in the town of Bar Elias, in Lebanon's Bekaa Valley, Tuesday, Sept. 8, 2015. The unseasonal sandstorm hit Lebanon and Syria, reducing visibility and sending dozens to hospitals with breathing difficulties because of the fine dust. (AP Photo/Bilal Hussein)

 

ސީރިޔާގައި އުފަންވި ދެ ކުއްޖަކީ ދިވެހި އަންހެނެއްގެ ދެ ދަރިން ކަމަށް ކަނޑައަޅައި ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެއްސަކަށް ލިބުނު ދަރިންނަކީ ދިވެހިން ކަމަށް ކަނޑައަޅައި މިފަދަ ހުކުމެއް ރާއްޖޭގައިކުރި ފުރަތަމަ ފަހަރެވެ.

ފެމިލީ ކޯޓުން މި ހުކުމް ކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ ދެ އަންހެން ކުދިންގެ މަންމަ އެ ދެކުދިންނަކީ އޭނާއަށް ލިބުނު ދަރިން ސާބިތުކުރުމަށް ހުށަހެޅުމާއި ގުޅިގެންނެވެ.  ފެމެލީ ކޯޓުން ބުނެފައިވަނީ އެ ދެ އަންހެން ކުދިންނަކީ ހަނގުރަމަވެރި ސަރަހައްދުގައި އުޅުނު ދިވެހި އަންހެންމީހާގެ ދަރިކަން ކޯޓުން ކަނޑައެޅީ އެ ދެކުދިންގެ ޑީއެންއޭއާއި، އަންހެން މީހާގެ ޑީއެންއޭއާ އަޅާކިއުމަށްފަހުއެވެ. އަދި ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހްލީލް ރިޕޯޓަށްވެސް ރިޔާއަތްކޮށްފައިވާކަމަށާ، އެ ރިޕޯޓް އެކުލަވާލި މީހާގެ ހެކިބަހާއި އެނޫންވެސް ހެކިތަކަށް ރިޔާއަތްކޮށްފައިވާކަމަށްވެސް ފެމިލީ ކޯޓުން ބުނެއެވެ.

މި ހުކުމް ކޮށްފައި މި ވަނީ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް  އުފަންވާ ކުދިން ރާއްޖޭގައި ރެޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައި އުސޫލެއް އިއްޔެ ނެރެފައި ވަނިކޮށެވެ.

އުފަންވާ ކުއްޖާއަކީ ދިވެއްސެއްގެ ދަރިއެއްކަން ކޯޓުން ކަނޑައަޅައިފިނަމަ، އެ ނިންމުން ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާގެ ޕަވާއޮފް އެޓާނީ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތްތަކުން އެ އެކުއްޖާގެ  އުފަންވުން ރަޖިސްޓްރީ ކުރުމަށާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމަށް ސިޓީ އެކުއްޖާ ރަޖިސްޓްރީ ކުރަން ބޭނުންވާ ރަށުގެ ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ސިޓީއާ އެކު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ވެސް ހުށަހަޅަން ޖެހެ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް