ރަތްކުލައިގެ އަންހެން ގެރި : އިސްލާމީ އަދި ޔަހޫދީންގެ އަގީދާއަށް ބަލާލުމެއް
މިދުނިޔޭގައި ދިރިއުޅެމުންދާ އިންސާނުންނަކީ ކޮންމެ ދީނަކަށް ނުވަތަ މަޒްހަބަކަށް ތަބާވާ ބަޔަކަށް ވިޔަސް އެ ބައެއްގެ އަގީދާއާއި އާދަކާދައާއި ވިސްނުން އެބައެއްގެ ޢަމަލުތަކުގައި ވަރަށްބޮޑު ޙިއްސާއެއް އަދާކުރަމުން ގެންދާނެކަން ގަބޫލުކުރަން ޖެހެއެވެ. އަޅުގަނޑުމެން އިސްލާމުންގެ ތެރޭގައިވެސް މިކަންތައް މިގޮތަށް ނެތެކޭ ނުބުނެވޭނެއެވެ. އަޅުގަނޑުމެންނަށް ކޮންމެ ހުކުރުދުވަހެއްގެ ޚުތުބާގައި ކަހަލަ ގޮތަކަށް އިވެމުންދާ ނަސޭޙަތުގެތެރޭގައި “ ބަޔަކުމީހުންގެ ޙާލަތު އެމީހުން ބަދަލު ނުކުރާހާ ހިނދަކު މާތް ﷲ އެ ޙާލަތު ބަދަލު ނުކުރައްވާނެކަން “ ހަނދާން ކޮށްދެއްވުން ހިމެނެއެވެ. […]
ޔޫރަޕުން އަޔަރލޭންޑް ފަލަސްތީނަށް ތާއީދުކުރަނީ ކީއްވެގެން
މި ލިއުމުގެ އަސްލެއްކަމަށް އަޅުގަނޑު ބަލާފައިވާނީ ސީ. އެން. އެން. އިން ހަފުތާއަކު ތިން ފަހަރު ގެނެސްދޭ މެދުއިރުމަތީގެ “ ލުކް އިންސައިޑް ދަ ރީޖަންސް ބިގަސްޓް ސްޓޯރީޒް “ އެވެ. ފަލަސްތީނަށް ކުރަމުންގެންދާ ތާއީދާއި އެއްބައިވަންތަކަން ރަމްޒުކުރަމުން ބައިނަލް އަގްވާމީ އިންސާފުގެ ކޯޓަށް ދެކުނު އެފްރިކާ އިން ހުށައަޅާފައިވާ އިސްރާއީލުގެ ގަތުލު އާންމުގެޝަރީއަތުގައި އަޔަރލޭންޑުން ފަލަސްތީނާއި އެއްކޮޅަށް ތަދައްޚުލްވާން ނިންމައިފިއެވެ. […]
ގާޒާ ހަނގުރާމަ ހުއްޓުވުމުގެ ވޯޓުން އެމެރިކާ އާއި އިސްރާއީލު ތިންފަށް ވަރިއަކާ ދިމާލަށް
ޔުނައިޓެޑް ނޭޝަންސްގައި އިސްރާއީލުގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ފާސްކުރި ގަރާރުގައި އެމެރިކާއިން އިސްރާއީލާ އެއްކޮޅަށް ވޯޓު ނުދިނުމުން މިފަހަކަށް އައިސް ވަރިފަށުގައި އުޅޭ ތިންބިލިއަން ޑޮލަރުގެ އަގުބޮޑު ނަހަލާލު ކައިވެނީގެ އަނބިމީހާ ތިންފަށް ވަރިއަކާ ދިމާލަށް ހިނގައިދާނެކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އަދި އެމައްސަލާގައި މަޝްވަރާކުރަން މި ހަފުތާގެ ތެރޭގައި އަނބިމީހާގެ ފަރާތުން އެމެރިކާއަށް ފޮނުވަން ނިންމާފައި އޮތް ވަފުދުވެސް ނުފޮނުވާގޮތަށް ބޮޑުވަޒީރު ނަތަންޔާހޫ ނިންމައިފިއެވެ. ސެކިއުރިޓީ ކައުންސިލްގައި ފަލަސްތީނުގައ ޚާއްސަގޮތެއްގައި ފަލަސްތީނުގެ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ރޯދަމަސް އުޒުރަކަށް ހަދާފައި ނަމަވެސް ވަގުތުން ހުއްޓާލުމަށް އަމުރުކޮށް ނެގުނު ވޯޓުގައި އެމެރިކާއިން […]
މުޅި ދުނިޔެ ޙަމާސް ގެ ބާރުގެ ދަށަށް – އިސްރާއީލޯ ފޯބިއާ
ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. މިލިއުމަކީ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިޔާސީ ފިކުރުގެ މީހުންދުނިޔެއަށް ދައްކަން ބޭނުންވާ މަންޒަރެވެ. މިއަދު އިސްރާއީލުންގެ ޙަގީގަތް ދުނިޔޭގެ ކަންކޮޅުތަކަށް އެނގި ހާމަވަމުން ދާން ފެށުމުން އަބަދުވެސް ޔަހޫދީންގެ ތަބީއަތުގައި ހަރުލާފައި ހުންނަ މަކަރާއި އޮޅުވާލުމުގެ ފަލްސަފާގެ ބޭނުންކުރަން އިތުރަށް މެކްހަށްޖަހަން ފެށީއެވެ. […]
ކީރިތި ގުރުއާނުގެ ކައުސަރް ސޫރަތުގެ އަޖައިބު ކުރުވަނިވި ބައެއް މުއުޖިޒާތްތައް
މި ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވެގެންދާއިރު ސަންދާނުގެ ދީނީ ސަފްހާގެ ފަގީރުކަން ދެކިފާ ވަރަށް ދެރަވެއްޖައީމެވެ. ކޮންމެވެސް އިލްމުވެރިއެއްގެ ފަރާތްޕުޅުން އިބްރަތްތެރި ދަރުސެއް ލިބޭނެ ނަމަ ހަމަގައިމުވެސް ކިއުންތެރިންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ. އަޅުގަނޑަކީ ދީނީ މައުޟޫއަކަށް ލިއުމުގެ ޢިލްމާއި ހުނަރު ލިބިފައިވާ މީހަކީމެއް ނޫނެވެ. އެހެންނަމަވެސް ސަންދާނުގެ ގިނަވަމުންދާ ކިއުންތެރިންނަށްޓަކައި ދީނީ ދަރުސަކުން އެތިކޮޅެއްނަމަވެސް ދިވެހިބަހަށް ގެނެވޭތޯ މަސައްކަތް ކުރަންފަށައިގަތީއެވެ. […]
އިސްރާއީލަށް އުފުލާ ހަތިޔާރުގައި އަތްލެވޭކަށްނެތް!
އިންޑިޔާގެ އެންމެ ބޮޑެތި ބަނދަރުތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ 11 ޔުނިއަނަކުން އިސްރާއީލަށް ހަތިޔާރު އުފުލާ ބޯޓުފަހަރަށް މުދާ އަރުވާ ބޭލުމުގެ މަސައްކަތް ނުކުރާނެކަމަށް ބުނެއެކަން ކުރުމަށް ދެކޮޅު ހަދައިފިއެވެ. މަސައްކަތު މީހުންގެ ޔުނިއަނުން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ގައްޒާގައި ހަނގުރާމަ ކުރަމުންދާއިރު އިންޑިއާގައި އުފައްދާފައިވާ ޑްރޯން ޓެލްއަވީވަށް ފޮނުވަން ބޯޓުފަހަރަށް ބަރުކުރަން އެމީހުން މަސައްކަތް ނުކުރާނެކަމަށެވެ. އިންޑިއާގެ ވޯޓަރ ޓްރާންސްޕޯރޓް މަސައްކަތު މީހުންގެ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީން އާއި ދެކޮޅަށް އިސްރާއީލުން […]
ނަތަންޔާހޫ މަގާމުގައި ބެހެއްޓޭކަންނެތް : އިސްރާއީލުގެ ކުރީގެ އިސްވެރިން
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީގައި ކުރިން މަސައްކަތްކުރައްވާފައި އިސް ބޭފުޅުންނާއި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ސައިންސްވެރިންނާއި އެންމެ ކުރީގައި ތިއްބެވި ވިޔަފާރިވެރިންގެ ތެރެއިން ސާޅިހަށްވުރެން ގިނަ ބޭފުޅުން އިސްރާއީލަށް މެދުވެރިވެދާނެ ނިކަމެތި ޙަލަތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން ދުރުކޮށްދިނުން އެދި އިސްރާއީލުގެ ރައީސަށާއި ޕާރލަމެންޓުގެ ރައީސަށް ދަންނަވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ސިޓީފުޅު ރައީސް އިސްހާގު ހަރޒޯގް އަތަޕުޅަށް އަރުވާފައި ވާއިރު ހުކުރު ދުވަހު ޕާރލަމެންޓުގެ ރައީސް އަމީރް އޮހާނާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ. އެސިޓީ ނިންމާލަމުން މި ބޮޑު ގައުމީ […]
މިއަދު އިސްރާއީލުންގެ 21 ސިފައިން މަރާލައިފި
ފަލަސްތީންގައި އިސްރާއީލުން ގަތުލު އާންމު ހިންގަންފެށިފަހުން މިއަދަކީ އިސްރާއީލުގެ ސިފައިންނަށް އެންމެ ބޮޑު އަޒާބަކާއި ކުރިމަތިލާން ޖެހުނު ދުވަހެކެވެ. މިއަދު މިހާތަނަށް އިސްރާއީލުގެ 21 ސިފައިން ޖަހަންނަމައަށް ފޮނުވާލައިފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން މަޢުލޫމާތު ދެމުން އެބަ ގެންދެއެވެ. މިއީ ހަނގުރާމަ ހުއްޓާލަން ބައިނަލް އަގްވާމީ މުޖުތަމައުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށްވެސް ބައެއް މީޑިޢަތަކުގައި ވަނީ ސިފަކޮށްފައެވެ. އެގޭފަހުން އިސްރާއީލުގެ ސިފައިން ބުނެފައިވަނީ މިހާރު ޚާން ޔޫނިސްގެ ދެކުނު ޝަހަރުތައް އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކުން ވަނީ […]
ދިވެހިސަރުކާރުގެ ސިޔާސަތަށް ފާޑު ކިއުމުގެ ޙައްގު ރައްޔިތުންނަށް ލިބިދީފިތަ؟
ލިޔަންފެށުމުގެ ކުރިން ކިއުންތެރިންނަށް އަޅުގަނޑުގެ މައުޟޫއަކީ ދިވެހިރާއްޖޭގައި ބޭނުން ކުރެވެމުންދާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުންކަން ޔަގީން ކޮށް އަރުވަން ބޭނުމެވެ. އެ ސިޔާސަތު އެކަށައަޅުއްވާ ބޭފުޅުންނާއި އެ ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅުންގެ ވާހަކަ ގެނެވިފައި އޮތަސް އެބޭފުޅުންނަށް މި ލިއުން އަމާޒުކުރުމުގެ ކުޑަވެސް ވިސްނުމެއް އަޅުގަނޑުގެ ކިބައިގާ ނެތެވެ. އޭރު ކަންތައް ހިނގަމުން ދިޔަ ގޮތާއި މިހާރުގެ ޙާލަތު އަޅާއި ކިއުމާއެކު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންވެސް މިކަންތަކާމެދު ފިކުރު ކުރައްވާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑަކީ ވެރިންނަށް ލަފާއަރުވަން އެންމެ އެކަށީގެންވާ […]
އިސްރާއީލުން ނުރުހުނަސް މިފަހަރު ފަލަސްތީނުގެ ދައުލަތެއް އުފައްދާނަން: އެމެރިކާ
ވޮއިސް އޮފް އެމެރިކާގެ ޚަބަރުތަކުގައި ބުނެފައިވާ ގޮތުން ނަތަންޔާހޫ އެއްބަސްނުވެ ދެކޮޅުހަދަމުން ގެންދިޔަނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްފަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަގުޗާޓެއް އެކުލަވާލައި ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިދިނުން ނޫންގޮތެއް އެމެރިކާއިން ގަބޫލު ނުކުރާނެ ކަމަށް ބުނެފިއެވެ. އެމެރިކާގެ މިނިންމުމަށް ރައްދު ދެއްވައި ނަތަންޔާހޫ ބައިތުލް މަގްދިސްގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ފަލަސްތީނުގެ މިނިވަންދައުލަތެއް ހުވަފެނުގައިވެސް ނު އުފެއްދޭނެ ކަމަށެވެ. އަދި އެކަން އޮންނާނީ ފިސާރި ވަރުގަދައަށް […]