މިއަދު އިސްރާއީލުންގެ 21 ސިފައިން މަރާލައިފި

Loading

Facebook
Twitter
WhatsApp

ފަލަސްތީންގައި އިސްރާއީލުން ގަތުލު އާންމު ހިންގަންފެށިފަހުން މިއަދަކީ އިސްރާއީލުގެ ސިފައިންނަށް އެންމެ ބޮޑު އަޒާބަކާއި ކުރިމަތިލާން ޖެހުނު ދުވަހެކެވެ. 

މިއަދު މިހާތަނަށް އިސްރާއީލުގެ 21 ސިފައިން ޖަހަންނަމައަށް ފޮނުވާލައިފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން މަޢުލޫމާތު ދެމުން އެބަ ގެންދެއެވެ. މިއީ ހަނގުރާމަ ހުއްޓާލަން ބައިނަލް އަގްވާމީ މުޖުތަމައުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށްވެސް ބައެއް މީޑިޢަތަކުގައި ވަނީ ސިފަކޮށްފައެވެ.

އެގޭފަހުން އިސްރާއީލުގެ ސިފައިން ބުނެފައިވަނީ މިހާރު ޚާން ޔޫނިސްގެ ދެކުނު ޝަހަރުތައް އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކުން ވަނީ ވަށާލާފައި ކަމަށާއި އެތައްބަޔަކު މަރާލެވި އަދި އެތައްބަޔަކު ޒަޚަމްކޮށްލެވިއްޖެ ކަމަށެވެ.                                                      

އިސްރާއީލުގެ 21 ސިފައިންގެ މީހުން މަރުވުމާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫ ހިތާމަ ފާޅުކުރައްވާފައި ވެއެވެ. 

ހަމައެއާއިއެކު ނަސްރު ލިބެންދެން ހަނގުރާމަ ނުހުއްޓާނެކަމަށް ވަޢުދުވެ ވަޑައިގަތެވެ. އަދި ޙަމާސްގެ ރަހީނުންގެ ގޮތުގައިތިބި މީހުން މިނިވަން ކުރައްވާނެ ކަމަށް އަހުދު ހިއްޕެވިއެވެ. ނަތަންޔާހޫ ކިތަންމެ ހުވައެއް ކުރިއަސް އެ ދެކަންތަކުން ކަމެއް ޙާސިލުކުރެވިދާނެ ކަމާއި ދޭތެރޭ ގައުމުގެ ރައްޔިތުން ތިބީ އެއްވެސް މިންވަރެއްގެ ޔަގީންކަމެއް ނެތިފައެވެ. އޭނަޔާއި ދެކޮޅަށް ކޮންމެދުހަކު އިސްރާޢީލުގައި ބޮޑެތި އެއްވުންތައް އެއްވަމުން ދެއެވެ.                                                                

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި މިސްރުގެ ވަރަށް އިސް އޮފިޝަލަކުވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާޢަތުގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރުމަށާއި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުމަށް ޓަކައި 2 މަސްދުވަހުގެ މުޙުލަތަކަށް ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ހުށަ އަޅައިފި ކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުން މިނިވަން ކުރެވޭ ފަލަސްތީނުގެ އިސްބޭފުޅުނަށް ޖެހިވަޑައިގަންނަވާނީ އެހެން ގައުމަކަށް ވަޑައިގަންނަވަންކަމަށް ބުނެފައިވެއެވެ. 

އެބޭފުޅާ ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުގެ މި ހުށައެޅުން ޙަމާސް އިން ގަބޫލެއް ނުކުރިއެވެ. ޙަމާސްގެ ޝަރުތަކީ ހަނގުރާމަ ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން އެންމެ ފުރަތަމަ ގައްޒާއިން ފޭބުމެވެ. އެއަށްފަހު އެހެން ކަންތަކާ ވާހަކަ ދެއްކިދާނެކަމަށް ބުނެފައިވެއެވެ.                                                           

ހަމައެއާއި އެކު ޙަމާސްއާއި އެކު އެއްބަސްވުމެއް ހަދައިގެން ނަމަވެސް ރަހީނުންތައް ދިރިތިއްބާ މިނިވަންކުރުމަށް ރަހީނުންގެ ޢާއިލާތަކުން އިސްރާއީލު ސަރުކާރަށް ކުރަމުން ގެންދާ ފިއްތުންވެސް ދަނީ އިތުރު ކުރަމުންނެވެ.      

މިދިޔަ ހޯމަދުވަހު އިސްރާއީލުގެ ރިޒާރވް ސިފައިން ގައްޒާގެ މެދުތެރޭގައިހުރި ދެ އިމާރާތެއް ގޮއްވާލަން ތައްޔާރު ކުރަމުން ދަނިކޮށް އެތާ ކައިރީގައި އޮތް ޓޭންކަކަށް މުޖާހިދުން ދިން ރޮކެޓް ޕްރޮޕެލް ގްރެނޭޑް ޙަމަލާއެއްގައި އެ ޓޭންކް ގޮވުމާއެކު އެރި ގުޑުމުގައި އެ ޢިމާރާތްތައް ގޮއްވާލަން މަސައްކަތް ކުރަމުންދިޔަ އިސްރާއީލު ސިފައިންގެ މައްޗަށް ދެ އިމާރާތް ފުނޑުފުނޑުވެގެން ވެއްޓިއްޖެއެވެ. 

އޮކްޓޯބަރު 7 ގެ ފަހުން ބިންމަތީ ޙަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އިސްރާއީލުގެ 217 ސިފައިން ވަނީ ގައްޒާގައި މަރާލާފައެވެ.                   

މިދުވަސްވަރު އެންމެ ބޮޑަށް މީޑިއާއިން ފާހަގަ ކުރެވޭ ޚަބަރަކީ ހަނގުރާމަހުއްޓާލުމަށް ފަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން އަވަސްކުރުމެވެ. 

މީގެ ކުރިން އަދި ނުވޭ އަދި ނުވޭ ގޮވަމުންދިޔަ އެމެރިކާއިންވެސް މިހާރު ފަލަސްތީނުގެ ދައުލަތެއް އުފައްދަން ބާރު އަޅަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. 

އެހެންނަމަވެސް ނަތަންޔާހޫ ބުނަމުންގެންދަނީ ޙަމާސް ބަލިކުރުމަށްފަހު މިސްރާ އިންވެގެން އޮންނަ ގައްޒާވެ ބޯޑަރުވެސް އިސްރާއީލުގެ ބާރުގެ ދަށަށްގެންނާނެކަމަށެވެ. މިސްރުންވަނީ މިސްރުގެ ބިމާއި ބޯޑަރުތައް ނަތަންޔާހޫ ކަހަލަ ޓެރަރިސްޓަކުގެ ކިބައިން ރައްކާތެރިކުރުމުގެ ގާބިލުކަން ލިބިފައިވާކަންހާމަކޮށް ނަތަންޔާހޫއަށް ހޫނު ރައްދެއް ދީފައެވެ.              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް