އިސްރާއީލުން ނުރުހުނަސް މިފަހަރު ފަލަސްތީނުގެ ދައުލަތެއް އުފައްދާނަން: އެމެރިކާ

Loading

Facebook
Twitter
WhatsApp

ވޮއިސް އޮފް އެމެރިކާގެ ޚަބަރުތަކުގައި ބުނެފައިވާ ގޮތުން ނަތަންޔާހޫ އެއްބަސްނުވެ ދެކޮޅުހަދަމުން ގެންދިޔަނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްފަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަގުޗާޓެއް އެކުލަވާލައި ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިދިނުން ނޫންގޮތެއް އެމެރިކާއިން ގަބޫލު ނުކުރާނެ ކަމަށް ބުނެފިއެވެ.

އެމެރިކާގެ މިނިންމުމަށް ރައްދު ދެއްވައި ނަތަންޔާހޫ ބައިތުލް މަގްދިސްގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ފަލަސްތީނުގެ މިނިވަންދައުލަތެއް ހުވަފެނުގައިވެސް ނު އުފެއްދޭނެ ކަމަށެވެ. އަދި އެކަން އޮންނާނީ ފިސާރި ވަރުގަދައަށް އެމެރިކާއަށް އަންގާފައެވެ.

ޖޯރޑްން ކޯރުގެ ހުޅަނގުގައި ހިމެނޭ ހުރިހާ ސަރަޙައްދެއް އޮންނަން ޖެހޭނީ އިސްރާޢީލުގެ ބާރުގެ ދަށުގައި ކަމަށެވެ. އެނޫންގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމޭނެއެވެ. އަހަރެންގެ އެންމެ ގާތް އަދި ބާރުގަދަ ރަޙުމަތްތެރިޔާ އެމެރިކާއަށްވެސް އަހަރެން ނޫނެކޭ ބުނީމާ ދެން ޖެހޭނީ އިސްދަށަށް ޖަހާލާން ކަމުގައި އޭނާ ބުންޏެވެ.

ނަތަންޔާހޫ އިޝާރާތްކުރި ސަރަޙައްދަކީ އެމެރިކާއިން ފަލަސްތީނުގެ ބައެއްކަމަށް ރާވާފައިވާ ސަރަޙައްދެކެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ އެއަރފޯސް ވަން ގައި ހުންނަވާފައި ނޫސްވެރިންނަށް ވިދާޅުވީ ނަތަންޔާހޫ ކިތަންމެ ވަރަކަށް ދެކޮޅު ހެއްދެވިޔަސް އެމެރިކާގެ ރޭވުމާއި އެއްގޮތަށް ފަލަސްތީނުގެ ދައުލަތް އުފެއްދުން ކުރިޔަށް ދާނެ ކަމަށެވެ. 

މިއީ ނަތަންޔާހޫ ދެކޮޅުހަދާނަމޭ އެއްބަހެއް ނުވާނަމޭ ބުނާ ފުރަތަމަ ފަހަރެއް ނޫނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވިފާ އޮންނަން ޖެހޭ ކަމަށާއި އަދި އެގައުމުގެ ރައްޔިތުންނަށްވެސް ސަލަމަތާއި ރައްކާތެރި ކަމާއިއެކު އަމާން ވެއްޓެއްގައި ދިރއުޅުމުގެ ޙައްގު ލިބިފައި އޮންނަން ޖެހޭނެއެވެ. 

މިއީ އެމެރިކާގެ ވިސްނުން ހުރިގޮތެވެ. ޚާރިޖީ ވަޒީރު ބްލިންކަންވެސް ވިދާޅުވެފައިވަނީ އިސްރާއީލަށްވެސް އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ހުޅުވިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން ކަމަށެވެ.އިސްރާއީލަށްވެސް ހަގީގީ ރައްކާތެރި ވެއްޓެއް ލިބިގެންދާނެ ހަމައެކަނި މަގަކީ މިއީއެވެ.     

އެމެރިކާއިން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ތާއީދުކޮށް މިހާ ބާރުވެރިގޮތަކަށް މީގެ ކުރިން ވާހަކަ ދައްކާފައި ނުވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ޔުނައިޓެޑް ނޭޝަން އިން ފަލަސްތީނަށް މިނިވަންކަން ލިބިދިނުމަށް ދެއްކޭ ކޮންމެ ވާހަކަޔަކަށް އެމެރިކާވަނީ ދެކޮޅުހަދާ ވީޓޯ ކޮށްވެއެވެ.

މިހާރު ރާގުބަދަލު ކޮށްލައިގެން އެ އުޅޭ އުޅުމުގައިި ސަބަބުތަކެއްވެސް އެކުލެވިގެންވާކަމަށް ނޫސްވެރިން ގަބޫލުކުރެއެވެ. ފަލަސްތީނުގެ ދައުލަތަކަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި އެމެރިކާއިން ވަކާލާތުކުރަން ފެށި މައިގަނޑު ސަބަބަކީ މެދު އިރުމަތީގައި އެމެރިކާގެ ވައި ކެނޑެމުނެ ދިއުމެވެ. 

އެހެންވީމާ ވައި އަޅުވަން ކޮންމެވެސް ކަމެއް ކުރަން އެބަޖެހެއެވެ. މި ނަޒަރުން ބަލާއިރު ސަޢޫދީ އެރޭބިޔާއަކީ އަބަދުވެސް މެދުއިރުމަތީގައި އެމެރިކާގެ އަމާޒެވެ.ސަޢުދީގެ މުއްސަދިކަމަކީ އެމެރިކާގެ އެގައުމުދެކެ ވެވޭ ލޯބީގެ އަސްލެވެ.

މިފަހަރުވެސް އެމެރިކާއިން ބޭނުންވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށްފަހު ސަޢޫދީ އެރޭބިޔާ އާއި އިސްރާއީލުގެ ހުއްޓިފައިއޮތް އެއްބަސްވުމައިގެން ކުރިއަށްދާށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި ސައޫދީ އެރޭބިޔާ އެމެރިކާއާއި އެކު އެ މައުޟޫއުގައި ވާހަކަ ނުދައްކާނެކަން އެމެރިކާއަށް އެނގެއެވެ.                

ބޮޑުވަޒީރު ނަތަންޔާހޫގެ ވިސްނުމާއި އިސްރާއީލުގެ ރައީސް އިސްހާގު ހަރޒޯގް ގެ ވިސްނުންފުޅުވެސް ވަރަށް ތަފާތުކަންވެސް ހާމަވެއްޖެއެވެ. ސްވިޒަރލޭންޑުގައި އޮތް ދުނިޔޭގެ އިގްތިސާދީ ފޯރަމްގައިދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ ލީޑަރުންނަށް އެމަނިކުފާނު ވިދާޅުވީ މެދުކެނޑުމެއްނެތި އިސްރާއީލުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި ދިރިއުޅުމަށް ސުލްޙަވެރި ޙައްލެއް ހޯދަން ކިހާ ވަރަކަށް ބޭނުން ވެފައިވާކަން ދެނެގަންނާކަށް އިސްރާއީލުގެ ލީޑަރުން ބޭނުން ނުވާކަލައެވެ. އެމަނިކުފާނުގެ ބަސްފުޅުން ބުނާނަމައެކަންކުރާނެ ވިސްނުންހުރި ބޮލެއް އިސްރާއީލުގައި ނެތެވެ.

މުސްތަގްބަލް ގައި އިސްރާއީލުގެ ވެރިނަންށް އެފަދަ ވިސްނުމެއް ދެއްވައިފިނަމަ ކިތަންމެހާވެސް ރަނގަޅެވެ. އަހަރެމެންގެ ބައިވެރިންނާއި އަވަށްޓެރިންނާއި އަދި ޚާއްސަކޮށް ފަލަސްތީނުގެ ވެރިންނާއިއެކު ވާހަކަ ދައްކައިގެން އެންމެންނަށް އެއްބަސްވެވޭ ރަނގަޅު ޙައްލެއް ފަލަސްތީނާއި އިސްރާޢީލުގެ ރައްޔިތުންނަށް ހޯދާދޭން އެބަ ޖެހެއެވެ. ރައީސް ހަރްޒޯގް ގެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.              

ދަ ހިލް އިން ރިޕޯރޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ޖުވިޝް ހައުސް ޑެމޮކްރެޓްސްގެ 15 ބޭފުޅަކުވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބޮޑުވަޒީރު ނަތަންޔާހޫ ދެކޮޅު ހެއްދެވުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން އެބަ ގެންދަވައެވެ.

އެ ބޭފުޅުން އިއްތިފާގުވެ ވަޑައިގެންފައިވާ ގޮތުގައި އިސްރާޢީލާއި އިންވެގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވުރެން ރަނގަޅު އެހެން ގޮތެއް ނެތެވެ. 

އެ 15 މެމްބަރުންގެ ތެރޭގައި ހިމެނޭ ބާރުގަދަ ބޭފުޅުންގެ ތެރޭގައި 26 އަހަރުވަންދެން ކެޕިޓްލް ހިލްގެ ޑެޕިއުޓީ ވިޕް ގެ މަގާމުގައި ހުންނެވި ޖޭން ޝެޑޯވްސްކީއާއި ސީނިއަރ ޑެމޮކްރެޓް އޮން ޖުޑިޝަރީ ކޮމިޓީ ޖެމީ ރަސްކިން ފަދަ ބޭފުޅުން ހިމެނެއެވެ.

އެބޭފުޅުން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ނަތަންޔާހޫ ދެކޮޅު ހެދުމުން ދޭހަވަނީ އެމަނިކުފާނު ދެކޮޅު ހައްދަވަނީ އެމެރިކާއަށް ނޫންކަމަށާއި އިސްރާޢީލާއި ފަލަސްތީނުގެ ރައްޔިތުންނަށްވެސް ނޫނެކޭ ވިދާޅުވުންކަމުގައެވެ. އަދި ނަތަންޔާހޫގެ ނޫނެކޭ ބުނުން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.                  

Loading

6 Responses

  1. އަލުގަނޑުމެންގެ ދުއާއަކީވެސް ފަލަސްތީނުގެ މިނިވަންދައުލަތެއް ބައިތުލް މަގްދިސް އަކީ ވެރިކަންކުރާ ރަށް ކަމުގައިވެ އަަވަހަށް ހަމަޖެހިގެން ދިއުމެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ ރައީސް އިސްހާގު ހަރްޒޯގުވެސް ފަލސްތީނުގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމު ބޮލުގައި އަޅުއްވަންޖެހޭނެކަމަށްބުނެ އައި ސީ ޖޭ އަށް ހުށައެޅުމަށް މަސައްކަތްކުރަމުން އެބަ ގެންދެއެވެ.

  2. ދެ ދައުލަތުގެ ޙައްލު އެއީ މިހާރު އެކަން ކުރެވޭނެ ގޮތެވެ. މިގޮތުން 1967 ގެ އިޒްރޭލްގެ އިމަށް އިޒްރޭލް ފަހަތައްޖެހި އެއިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް، އިރުމަތީ ގުދުސް އެއީ ފަލަސްތީނުގެ ވެރިކަން ކުރާ ސިޓީގެގޮތުގައި ހަމަޖެއްސުމުން ހުރިހާ މައްސަލައެއް ޙައްލުވީ އެވެ.

  3. ފަލަސްތީނުގެ ރަތްޔިތުންނައް މިނިވަންކަން ލިބެންޖެހޭ. ހުރިހާ އަރަބި ގައުމުތައް އެކުވެގެން އިޒްރޭލް އާ ގުޅުން. ކަންޑާލަންޖެހޭ އެއްވެސްކަހަލުގެ ވިޔަފާރިގުޅުމެއް ވެސްނުބާއްވަންވީ އިޒްރޭލުގެޒައިނިސްޓް އެއްވެސް ރަތްޔިތަކައް އަރަބި އިސްލާމީ އެއްވެސް ގައުމަކަށް ދަތުރުނުކުރެވޭ ގޮތައްބަންދުކުރަންވީ ކޮއްމެއަހަރަކު ދެތިންފަހަރު ޕަލަސްޘީނައްއަރާ ކުޑަކުއްޖެ މުސްކުޅިއެއް. އަންހެނެއްނުބަލާ ޝަހީދުކޮއްލާފަ ހުރިހާއިމާރާއްތައްބިމާ. ހަމަކޮއްލާފަހެދީމަވެސް މާބޮޑުކަމަކަށް ނުހަދާއެމެރިކާ. އަޑީގައޮވެގެން ޒައިނިސްޓުން މިކަންކުރަނީ އަރަބި. އިސްލާމީ ގައުމުތަކުން ޖެހެނީ ޒައިނިސްޓުންނާ ހުރިހާ. ގުޅުމެއްކަންޑާލާ ހަރުކަށިފިޔަވަޅު އަޅަންޖެހެނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް