ހުޅަނގުގެ ގައުމުތަކުގެ ގަދަފަދަބާރު ނެތިގެންދަނީ ހެއްޔެވެ؟
ޔޫކްރެއިންގެ ހަނގުރާމައިން ފެންނަ މަންޒަރުތަކަށް ބަލާއިރު ފާހަގަކުރެވެމުންދާ އެންމެ ބޮޑު ހަގީގަތަކީ ހުޅަނގުގެ ގައުމުތަކުގެ ބާރެއްގެ ގޮތުގައި އޮތް ދުނިޔޭގެ ސްޕަރޕަވަރގެ މަގާމު ގެއްލި އެމަގާމު ރަޝިޔާއާއި ގުޅިގެން ޗައިނާ ކާމިޔާބު ކުރަމުން ގެންދާކަމުގެ ހެކިތައް ފެންނަމުން ދިއުމަކީ މިގަރުނުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައް ކަމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޮނީ ބްލެއަރ ވިދާޅުވެއްޖެއެވެ. ބްލެއަރ ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ނުވަތަ ސޯވިއެޓް ޔުނިއަން ރޫޅިގެން ދިއުމަށްފަހު ދުނިޔޭގެ މަސްރަހުން ފެންނަމުންދިޔަ މަންޒަރުތަކަށް އަޅާކިޔާއިރު މިފަހަރު ހުޅަނގަށް ކުރިއެރުން ލިބިދާނެކަމަށް ނުބެލެވޭ ކަމުގައެވެ. އަހަރެމެންގެ ކުރިމަތިންފެންނަން އޮތީ އިގްތިސާދީ ގޮތުންނާއި […]
އީރާނުން ރަޝިޔާއަށް ހަނގުރާމަމަތީ ޑްރޯންތަކެއް ފޮނުވަނީ
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގައި ރަޝިޔާއަށް ބޭނުންވާ އެތައް ސަތޭކަ ހަނގުރާމަމަތީ ޑްރޯން އީރާނުން ވަރަށް އަވަހަށް ފޮނުވަން އުޅޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލައިވަން ހާމަކުރިގޮތުގައި އަދި މިހާތަނަށް އެ ޑްރޯންތައް ރަޝިޔާއަށް ފޮނުވާދިފިކަން ކަށަވަރު ނުވިޔަސް އީރާނުން އެ އުޅަނދުތައް ފޮނުވަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އޮތީ ލިބިފައިކަމަށް އޭނާ ބުނެއެވެ. އަދި މިމަހުގެ ތެރޭގައި އެ އުޅަނދުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް އީރާނުން ތައްޔާރުވަމުން ގެންދާކަން ވެސް އޮތީ އެނގިފައިކަމަށް އޭނާ ހާމަކުރިއެވެ. އީރާނުން […]
ނިއުކްލިއަރ ގޮއްވާލުމެއް ފެށިއްޖެނަމަ ދުނިޔެއަށް ވާނީ ކިހެނެއްތަ؟
ނިއުކްލިއަރ ހަތިޔާރުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އިވިއިވި ހުންނަ ވާހަކަތަކެކެވެ. ގިނަފަހަރަށް އެވާހަކަތައް އެއްކަންފަތުން ވަދެ އަނެއް ކަންފަތުން ބޭރުވެގެންދަނީ މަޖާ ހިނިގަނޑަކާ ވެސް އެކުގައެވެ. އޭގެ ނުރައްކާތެރި ކަމާމެދު ކުޑަކޮށްވެސް ވިސްނާލާކަށް ބޭނުމެއް ނުވާކަހަލައެވެ. އެކަމަކުވެސް އެކަމުގެ ނުރައްކާތެރިކަން އެނގޭ މީހުން، ސައެންސްވެރިން އެ ގެންދަނީ އެމީހުންގެ ޒިންމާ މުޅި އިންސާނިއްޔަތަށް ފޯރުކޮށްދެމުންނެވެ. ވިސްނާ ފިކުރުކޮށް އެފަދަ ޙާލަތަކުން ދުނިޔެއާއި އެތަނުގައި ދިރިއުޅޭ އެންމެހާ ދިރިހުރުންތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ވިހާވެސް ގިނަ މަގުތަކެއް ހޯދަން ޖެހޭ ކަމަށްބުނެ އާދޭސް ކުރަމުންނެވެ. […]
ބޭރުގެ ބައެއް ފަލަ ސުރުޚީތައް
އިންޑިއާއި ރަޝިޔާގެ ވިޔަފާރިއަށް އިތުރު މަގެއް ހުޅުވެނީ އީރާނުގެ ތެރެއިން އިންޑިއާއާއި ރަޝިޔާ ގުޅުވައިދޭ އިންޓަރނޭޝަނަލް ޓްރާންސްޕޯރޓް ކޮރިޑޯރ އެއްކޮށް ހުޅުވާލުން އަވަސްކުރުމަށްޓަކައި މި ޖުލައިމަހުގެ 5 ވަނަދުވަހު އިންޑިއާ އާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވައިފިއެވެ. މި މަގު ހުޅުވުމުން އިންޑިއާއާއި ރަޝިޔާއާއި ދެމެދު ކުރެވޭ ވިޔަފާރިތައް އަގުހެޔޮވެ އެތައް ގުނައަކަށް އިތުރު ވެގެންދާނެއެވެ.އަލަށް މި ހުޅުވޭ ޓްރާންސްޕޯރޓް ނެޓްވޯރްކްގެ ވަސީލަތުން ކަނޑާއި އެއްގަމާއި އަދި ރޭލުގެ މަގުން އެ ދެގައުމު ގުޅުވާލަ ދޭނެއެވެ. ރަޝިޔާ އަށް އިންޑިއާގެ ވިޔަފާރި 2021 […]
ރަޝިޔާ ޔޫކުރޭން ހަނގުރާމަ
ވިސްނާފިކުރު ނުކޮށް ތިއްބަސް ދުނިޔެއަށް މިދުވަސްވަރު ކުރިމަތިވެފައިވަނީ ނުރައްކާތެރި ހަނގުރާމައިގެ ޙާލަތެކެވެ. އެ ހަނގުރާމައިގާ ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވަނީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމުތަކެވެ. މާއްދިއްޔަތާއި ތަނަވަސްކަމުގެގޮތުން ބެލިޔަސް އެންމެ ކުރީ ސަފުގައި ތިބި ގައުމުތަކެވެ. ފަނާކުރަނިވި ހަތިޔާރުތައްވެސް އެންމެ ގިނަ ގައުމުތަކެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެހާ އިންސާނުންނާމެދު ގޮތްކިޔަމުންގެންދާ ގައުމުތަކެވެ. އެމީހުންގެ ދުޝްމިނުންނަކީ ދެންތިބިމީހުންގެ ދުޝްމިނުންނަށް ވާންޖެހެއެވެ. އެމީހުންގެ ރުހުންލިބިފައިވާ މީހުންނަކީ އަނެކުންގެ ރުހުންލިބިފައިވާ މީހުން ކަމުގައި ވާންޖެހެއެވެ. އެމީހުންގެ ބާރުހުރި މިންވަރު ރަމްޒީގޮތެއްގައި ހާމަކޮށްލަން ބުނެއުޅެނީ “ މިވެނި ޝަހަރެއް […]
ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމަ ޔޫރަޕް އަދި އެމެރިކާ ދެކޭގޮތް
1940 ގެ އަހަރުތަކުގައި ޖަރުމަނުގެ ލަޝްކަރުތައް ހުއްޓުވުމުގެ ބާރެއް ޔޫރަޕްގެ ގައުމުތަކަށް ލިބިފައެއްނެތެވެ. އޮސްޓްރިއާ ޕޮލޭންޑް ޑެންމާރކް ނޯރވޭ ދަ ނެދަރލޭންޑްސް ބެލްޖިއަމް ލަގްޒެމްބާރގް އަދި ފަރަންސޭސިވިލާތް އޮތީ ޖަރުމަނުންގެ ބާރުގެ ދަށުގައެވެ. އިނގިރޭސިވިލާތުގެ ކުރިމަތީގައިއޮތީ ގޮތްނޭގޭ ވަރަށް އަދިރި ދުވަސްތަކެކެވެ. ”ޑިމޮކްރެސީ ވަޅުލެވިއްޖެއެވެ. “ މިއީ ފަރަންސޭސި ވިލާތް ޖަރމަނުންގެ އަތްމައްޗަށް ވެއްޓެމުން ދިޔައިރު އެދުވަސްވަރުގެ ޙާލަތު އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ. ރޫޒްވެލްޓަށް ބަޔާންކޮށް ދިނުމަށްޓަކައި އިނގިރޭސިވިލާތުގައި ހުންނެވި އެމެރިކާގެ ސަފީރު ޖޯސެފް ކެނެޑީ ބޭނުންކުރެއްވި އިބާރާތެވެ. ވިންސްޓަން ޗާރޗިލް ކަހަލަ ވަރުގަދަ […]
ސްރީލަންކާގެ މިއަދުގެ ޙާލަތު ދުރުމީން ދިވެހިރާއްޖެ
ސްރީލަންކާއަށް މެދުވެރިވާ ކޮންމެ އުފަލަކާ އަދި ހިތާމައެއްގައި ދިވެހިން ބައިވެރި ވާނެކަން ކަށަވަރެވެ. އެތައް ބައިވަރު ސަބަބުތަކަކާހުރެއެވެ. ދިވެހި ދަރިވަރުންނަށް މަދަރުސާތަކުގައި އުނގަންނައި ދިނުމާއި ދިވެހިން ބިނާކުރުމުގައި ސްރީލަންކާގެ މުދައްރިސުން އަދާކުރި ދައުރު ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާނެކަން ކަށަވަރެވެ. ހަމަ އެފަދައިން ދިވެހިރާއްޖޭގެ ވިޔަފާރިއާއި ޚާރިޖީ ގުޅުން ތަކުގައިވެސް ސްރީލަންކާ އަދާކުރި ހިއްސާއާއި ފައިހަމަކޮށްލެވޭނެ އެހެން ގައުމެއް ނެތޭ ބުނުމަކީ މާ ބޮޑުކޮށްލައިގެން ބުނާ ބަހަކަށްވެސް ނުވާނެއެވެ. އުތުރުކަރައާއި ސީނުކަރައިން ދިވެހިރާއްޖެ އާއެކު އަބަދުވެސް ބާއްވަމުން އައި ގުޅުމަކީ ދެވަނައެއް […]
މިއީވެސް އިއްތިފާގެއް ނުވަތަ އިންޒާރެއް ބާވައެވެ!
އިއްތިފާގެކޭ ބުނުމުން ގިނަފަހަރު ހިތަށް އަރާނީ ގިނަބަޔަކު އެއްކޮށް ކަމަކާމެދު ނިންމާ ނިންމުމެކެވެ. ނަމަވެސް ބައެއްފަހަރު އެނޫންގޮތަށްވެސް ވެފާ އެބަ ހުރެއެވެ. ޢާންމުގޮތެއްގައި އިއްތިފާގެކޭ ބުނަނީ ކަމެއް ވެ ނިމިދިއުމަށް ފަހުގައެވެ. އިއްތިފާގެއް ސާބިތުކޮށް ދިނުމަށްޓަކައި ހިސާބުގެ ޢިލްމު ވަރަށް ގިނަފަހަރު ބޭނުން ކުރެވެއެވެ. މިސާލަކަށް މަޖިލީހެއްގައި ކަމެއް ނިމިގެންދިޔައީ އިއްތިފާގުންނޭ ބުނުމުން އެ ކަމެއްގައި ބައިވެރިވި އެންމެންގެ ވިސްނުން އެއްގޮތްކަން އަންގައިދެއެވެ. އިންޒާރަކީ ކަމެއް މެދުވެރި ވެދާނެކަމަށް ހިތްތަކަށް ވިސްނާދިނުމަށް ބޭނުންކުރާ ޙާލަތެކޭ ބުނެވިދާނެއެވެ. ހިނގާފައިވާ ކަންތަކަށްވެސް ނުވަތަ ހިނގައިފާނެ ކަންތަކަށްވެސް އިންޒާރުގެ ބަސް ބޭނުން ކުރެވެއެވެ. […]
އިސްލާމީ އުންމަތް މިނިދިބަރުކަމުން ހޭލައްވާކަށް ނުވޭ ހެއްޔެވެ؟
ހަނދާންކުރުމާއި ހަނދާން ކޮށްދިނުމަކީ މުސްލިމުންނަށް ފައިދާކުރަނިވި ކަމެއްކަމުގައި ވަރަށް ގިނައިން އިލްމުވެރިން ވިދާޅުވާތީ އަޑުއަހަމެވެ. އަޅުގަނޑު މިބަލަނީ އަޅުގަނޑުގެ ފެންވަރުގައި ހަނދާން ކޮށްދެވޭތޯއެވެ.އަޅުގަނޑު ނުވަތަ އަޅުގަނޑުމެންގެ ފެންވަރުގައި މާގިނަ ކަންތައްތަކެއް ނުކުރެވިދާނެއެވެ. އެކަމަކު ކުރެވިދާނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އަޅުގަނޑުގެ މުދައްރިސަކު އޮޅުންފިލުވާދެއްވި ފިލާވަޅެއްގައި މި […]
ގިނަދުވަހު ވެރިކަން ކުރަން އެދޭ މީހުންނަށްބުނެދޭ ސިއްރެއް
ބައެއް ސިއްރު އެންމެނަށް އެނގޭ އިރުވެސް ބުނެދީ ހަނދާން ކޮށްދޭން ޖެހޭ ފަހަރު އާދެއެވެ. ތަރައްގީއާއި ތަމައްދުން އަދި ސައެންސާއި ޓެކްނޯލޮޖީ ގެ ކުރިއެރުމާއި އެކުވެސް އިންސާނާގެ އެންމެ އަސާސީ ބޭނުންތަކަށް ބަދަލެއް ނާދެއެވެ. އެ ބޭނުންތަކުގެ ފެންވަރަށް ބަދަލު އައުން އެއީ ފެންނަމުންދާ މަންޒަރެކެވެ. އިއްޔެ ކޮފީއަކަށްގޮސް ފަންސާސް ރުފިޔާގެ ބިލް އަދާނުކުރެވުނު އެތައްބަޔަކު މިއަދު އެއީ މި ފަސްގަނޑުގައިވެސް ބޮޑެތި މުއްސަނދިންނެވެ. ބައެއްމީހުން މުއްސަނދިވެފައިވަނީ ބުރަ މަސައްކަތުންނެވެ. އަނެއްބަޔަކު މުއްސަނދި ވެފައިވަނީ ދެބައޮނޑުވުމާއި ދޭތެރޭ […]