މާޒިއާގެ ކެޕްޓަންކަން އަސަދުﷲއަށް

އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކެޕްޓަނަކަށް އަސަދުﷲ އަބްދުﷲ ހަމަޖައްސައިފިއެވެ. މިއީ މާޒިޔާގެ ކެޕްޓަންކަން އަސަދުﷲ އަށް ލިބުނު ހަތްވަނަ ފަހަރެވެ.މާޒިޔާ ހޯދައިފައިވާ ގިނަ ކާމިޔާބީ ތަކުގައި އަސަދުﷲ ވަނީ ބޮޑު ރޯލެއް އަދާކޮށްދީފައެވެ. މާޒިޔާގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު އިރުފާން (އިރޭ) އާއި ހަސަން ޝިފާޒް (ޑުންގާ) އާއި ސަމޫހު އަލީ (ސަމުއްޓޭ) އަދި މުހައްމަދު އުމެއިރެވެ. މާޒިޔާގެ ކެޕްޓަން އަދި ވައިސް ކެޕްޓަނުން ހޮވާފައިވަނީ އެ ކުލަބުން […]
ކޮވިޑް-19: ފައްސިވި މީހުން ރެކޯޑް އަދަދަކަށް ދަށްވެއްޖެ

އެޗްޕީއޭ އިން ހޮނިހިރު ދުވަހުގެ ރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހުކުރުދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެ އިން ނެގި 2،012 ސާމްޕަލްގެ ތެރެއިން ފައްސި ވެފައިވަނީ އެންމެ 16 ސާމްޕަލެވެ. މާލެ ސަރަހައްދުން ނުވަ މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި ރިސޯޓުތަކުން ދެ މީހަކު ޕޮޒިޓިވްވިއެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ […]
ސިއްހީ ކުއްލި ހާލަތު ޖެނުއަރީ މަހުގެ ހަތަރަކަށް އިތުރުކޮށްފި

ރާއްޖޭގައި އިއުލާނު ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފިއެވެ. ކޮވިޑް-19 ފެތުރެމުން ދާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހޮނިހިރު ދުވަހުގެ ރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، މިއަހަރުގެ މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ […]
އަސްކަރީ ތަމްރީނުތަކެއް ހަތިޔާރާއެކު ހުޅުމާލެ އިރުމަތީ ބޭރުގައި

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ހަތިޔާރާއެކު ހުޅުމާލެ އިރުމަތީ ބޭރުގައި ކުރިއަށް ގެންދިޔުމަށް ނިންމައި ފިއެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް މޭލު ބޭރުންނެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 6 ،7، 13 އަދި 14 ވަނަ ދުވަހުގެ ހެނދުނު 06.00 އިން ފެށިގެން 18.00 އާ ހަމައަށް ކަމަށެވެ. މި ތަމްރީނު ތަކުގައި ބޭނުން ކުރާނީ މެޝިން ގަން […]
ސޯޅަ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފިއެވެ. ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ. އަލަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނާއެކު ކައުންސިލް އިންތިހާބުން ޖުމްލަ 99 ފަރާތެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އަށް ކެންޑިޑޭޓުންނަކީ […]
ހޯރަފުށީ ރަށްގިރުން: ހައްލުނުވެ އޮތް މައްސަލައެއް

ހޯރަފުށީގައި އެއާޕޯޓެއް ހަދައި ވައިގެ ދަތުރުފަތުރުން ހުޅުލެއާ ގުޅާލެވިއްޖެއެވެ. އެއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައެކެވެ. އާބާދީގައި 3500 އެއްހާ މީހުން ދިރިއުޅޭ ހޯރަފުއްޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. ހޯރަފުށީ އުތުރުފަރާތުން މިހާރުވެސް ވަނީ ބޮޑުބައެއް ގިރާލާފައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ހޯރަފުށީ ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހުމުގެ މަސައްކަތް 9 އޯގަސްޓް 2015 ގައި ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލް ކޮށްފައެވެ. […]