ކޮވިޑް-19: ފައްސިވި މީހުން ރެކޯޑް އަދަދަކަށް ދަށްވެއްޖެ

Loading

Facebook
Twitter
WhatsApp

އެޗްޕީއޭ އިން ހޮނިހިރު ދުވަހުގެ ރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހުކުރުދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެ އިން ނެގި 2،012 ސާމްޕަލްގެ ތެރެއިން ފައްސި ވެފައިވަނީ އެންމެ 16 ސާމްޕަލެވެ.

މާލެ ސަރަހައްދުން ނުވަ މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި ރިސޯޓުތަކުން ދެ މީހަކު ޕޮޒިޓިވްވިއެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،159 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 253،946 މީހުންގެ ސާމްޕަލް ޓެސްޓްކޮށްފަ އެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 841 ކޭސް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ އަދަދަކީ 12،264 އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިވަގުތު ހޮސްޕިޓަލުގައި 79 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން މަރުވެފައިވަނީ 47 މީހުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް