މާޒިއާގެ ކެޕްޓަންކަން އަސަދުﷲއަށް

Loading

Facebook
Twitter
WhatsApp

އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކެޕްޓަނަކަށް އަސަދުﷲ އަބްދުﷲ ހަމަޖައްސައިފިއެވެ.

މިއީ މާޒިޔާގެ ކެޕްޓަންކަން އަސަދުﷲ އަށް ލިބުނު ހަތްވަނަ ފަހަރެވެ.މާޒިޔާ ހޯދައިފައިވާ ގިނަ ކާމިޔާބީ ތަކުގައި އަސަދުﷲ ވަނީ ބޮޑު ރޯލެއް އަދާކޮށްދީފައެވެ.

މާޒިޔާގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު އިރުފާން (އިރޭ) އާއި ހަސަން ޝިފާޒް (ޑުންގާ) އާއި ސަމޫހު އަލީ (ސަމުއްޓޭ) އަދި މުހައްމަދު އުމެއިރެވެ.

މާޒިޔާގެ ކެޕްޓަން އަދި ވައިސް ކެޕްޓަނުން ހޮވާފައިވަނީ އެ ކުލަބުން އާދީއްތަ ދުވަހު ހެނދުނު ބޭއްވި ފަރިތަކުރުންތަކަށް ފަހުއެވެ.

މާޒިޔާއިން އައު ސީޒަނަށް ނިކުންނާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އާ އެކުގައެވެ.

ކުރިއަށް އޮތް ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަން ހަމަޖެހިފަވަނީ އަންނަ އަންގާރަ ދުވަހެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ބައްދަލުކުރާނީ ކުލަބް އީގަލްސްއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ އަށްވަނަ ދުވަހުއެވެ. އަދި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް