އަސްކަރީ ތަމްރީނުތަކެއް ހަތިޔާރާއެކު ހުޅުމާލެ އިރުމަތީ ބޭރުގައި

20

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ހަތިޔާރާއެކު ހުޅުމާލެ އިރުމަތީ ބޭރުގައި ކުރިއަށް ގެންދިޔުމަށް ނިންމައި ފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް މޭލު ބޭރުންނެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 6 ،7، 13 އަދި 14 ވަނަ ދުވަހުގެ ހެނދުނު 06.00 އިން ފެށިގެން 18.00 އާ ހަމައަށް ކަމަށެވެ.

މި ތަމްރީނު ތަކުގައި ބޭނުން ކުރާނީ މެޝިން ގަން ފަޔަރިންގެ ހިދުމަތްކަމަށާއި ވައިގެ ސަރައްދުން ބޭނުންކުރާނެ އެންމެ އުސްމިނަކީ 100

މީޓަރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ވައިގެ ސަރައްދުން ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5،000 މީޓަރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ތަމްރީނު ތަކުގައި ހަތިޔާރާއި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ