ސޯޅަ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފި

Loading

Facebook
Twitter
WhatsApp

ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފިއެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

އަލަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނާއެކު ކައުންސިލް އިންތިހާބުން ޖުމްލަ 99 ފަރާތެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އަށް ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ކަމަށެވެ. ދެން ހިމެނެނީ ހަ އެމްޑީޕީގެ ހަ ކެންޑިޑޭޓުންނާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ކެނޑިޑޭޓެއް ކަމަށްވެސް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 10 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައަކަތް ކުރާ ކޮމިޓީގެ ހަ ކެންޑިޑޭޓެކެވެ.

ކައުންސިލް އިންތިހާބުގައި އިންތިހާބުގައި މިވަގުތު ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1،779 ފަރާތެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް