ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް ފައިސާގެ ބޮޑު އިނާމެއް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފައިސާގެ ބޮޑު އިނާމެއް ދިނުމަށް ނިންމައިފިއެވެ. އެގޮތުން، މުބާރާތުން ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ބައިވެރިއަކަށް -/75,000 ރުފިޔާ ދިނުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކޮންމެ ގޮތްޕަކުން ދެވަނައަށް އަންނަ ބައިވެރިއަކަށް -/50,000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ބައިވެރިއަކަށް -/35,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ […]

ވެމްކޯއިން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން، މިއަދުން ފެށިގެން މި މަހުގެ 4ވަނަ ދުވަހާ ހަމައަށް މާލޭ ސަރަހައްދުން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފިއެވެ. މިކަމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ދުވަސްތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ހަވީރު 4.00އާ ރޭގަނޑު 8.00އާ ދެމެދު ކަމަށެވެ. އެހެންކަމާއެކު އެ ދުވަހެއްގައި އުކާލަންޖެހޭ ކުނި ހަވީރު 4.00ގެ ކުރިން ތައްޔާރުކޮށްފައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފައެވެ. ވެމްކޯއިން އާންމު ގޮތެއްގައި […]

ކަނޑު އުޅަނދުފަހަރުގެ ކަންކަން ބެލުމަށް އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަނެއް

ކަނޑު އުޅަނދުފަހަރުގެ ކަންކަން ބެލުމަށް އެމްއެންޑީއެފުން ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ، މިއީ މިހާރަކަށްއައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން ގިނަވެފައި ވުމާއެކު ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. މިފަދަ ވަރަށް ގިނަ ހާދިސާތަކުގައި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އަތުގައި ލައިސަންސް ނޯންނަކަން ފާހަގަކުރެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.  މި ފެށުނު އޮކްޓޯބަރު މަހުގެ ތެރޭގައި މި އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާއިރު، ދާދި ފަހުންވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.  އޭގެތެރޭގައި، މިދިޔަ ޖުލައި […]

ފަޅު ގެއެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުން: ފުލުހުން ދަނީ މައްސަލަ ބަލަމުން

އުތުރުގެ ރަށެއްގައި ފުރާވަރު އުމުރުގެ ފިރިހެން ކުދިންތަކެއް އެ ފުރާގެ އެހެން ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލަ ފުލުހުން ބަލަން ފަށާފައި މި ވަނީ މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި ވަނިކޮށެވެ. މި ކަން ހިންގާފައިވަނީ ފަޅު ގެއެއްގެ ތެރެއަށް އެ ކުއްޖާ ގެންގޮސްގެން ކަމަށް މަޢުލޫމާތު ލިބެއެވެ. ދައުރުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި، އެ ކުއްޖާގެ ކަންފަތްމަތީގައާއި ބޮލުގައި، އަދި ބޮނބިފަޅިމަތީގައި ގޮށްމުށްކަވާފައި ދެ ކުއްޖަކު […]

ސިވިލް، ޝަރުޢީ ދާއިރާ، އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރުން ފެށިގެން ބޮޑުކުރަނީ

ޕޭ ހާމަނައިޒޭޝަންގެ ތެރޭން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް، ޝަރުޢީ ދާއިރާ، އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރުގެ ނޮވެމްބަރު 1 ން ފެށިގެން ބޮޑުކުރުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މި އަހަރު ބޮޑުވާނެކަމަށް ވާނީ ވިދާޅުވެފައި ކަމަށެވެ. ހަމަ އެއާއެކު، މި އަހަރު މުސާރަ ބޮޑު ނުވާ ހުރިހާ […]

އަލިފާނުގެ ސަބަބުން ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒްއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވޭ: އެމްއެންޑީއެފް

ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒްއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައި ކަމަށެވެ. މި ހާދިސާގައި އަލިފާން ނިއްވަން އުޅުނު ފަޔަރފައިޓަރެއްގެ ހާލުދެރަވެގެން ސެނަހިޔަ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.  މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:00ހާއިރު ކަމަށާއި، […]

މަސްތުވާތަކެތީގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި، މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އާއި، ހދ. ކުޅުދުއްފުށި / މަރިޔާޒް، ޢިނާޔަތު ޢަލީ (34އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.  ފުލުހުން ބުނީ، ކޯޓު އަމުރެއްގެދަށުން މި މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25ވަނަ […]

ބެނަރތައް ނެގިކަން އެނގުނީ ރާއްޖޭން ބޭރުގައި ހުއްޓައި: ޢާޒިމް

އޮކްޓޯބަރު 3ގައި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން މާލޭގައި ދަމާފައިވާ ބެނަރތައް ނެގިކަން އެނގިވަޑައިގަތީ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް މިހެން ވިދާޅުވެފައިވަނީ، މި އެއްވުމާ ގުޅޭގޮތުން އެމްޑީޕީން ދަމާފައިވާ ބެނަރތަކެއް ސިޓީ ކައުންސިލުން ނެގުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ސިޓީ ކައުންސިލުން މި ތަކެތި ނަގަމުންދާއިރު، ކައުންސިލުގެ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު ކޮބައިތޯއެވެ. މޭޔަރަށް […]

ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙް ނިޔާވެއްޖެ

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޤައުމީ ޓީމުގައި ހިމެނުނު އެއް ކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް (އިފުރާ) މިރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އުމުރުން 36 އަހަރުގެ އިފުރާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އިފުރާއަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް އެޅުނު ލޭތައް ނެގުމަށް އޮޕަރޭޝަނެއް ކޮށްފައިވެއެވެ.  ނަމަވެސް އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާއެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވާފައެވެ. […]

އިންޑިޔާގެ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ ”އެމްއެސްވީ ޑައުލާ“އިން ކަނޑަށް ވެއްޓިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފިއެވެ. އެމްއެންޑީއެފުން ބުނީ، އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށާއި، ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށެވެ. އެ މީހާ ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ސެޕްޓެންބަރު 22ވަނަ ދުވަހުގެ ރޭ 11:35ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެ […]