ހިތުގެ ހާސަރު

Loading

June 7, 2026
profile
Facebook
Twitter
WhatsApp

ހިތް އެދެނީ…
ނުވެސް ދަންނަ ބަޔަކު އުޅޭ ހިސާބަކަށް ދިރިއުޅެން ދާށެވެ.
ދުރު ގައުމަކަށެވެ.
އަހަރެންނަށް އެ ބަޔަކު ނޭނގޭ، އެމީހުންނަށް އަހަރެން ނޭނގޭ ހިސާބަކަށެވެ.
އެކަމަކު…
އެއީ ކޮންތަނެއްހެއްޔެވެ؟

ހިތް ބުނަނީ…
އަހަރެންގެ ދިރިއުޅުން އޭރުން މާ އުފާވެރިވެފައި އުޖާލާ ވާނެކަމަށެވެ.
އެމީހުން އަހަރެންނަށް މާ އިހުތިރާމުކޮށް، އަހަރެން ބަލައިގަންނާނެ ކަމަށެވެ.
އެކަމަކު…
އެފަދަ ބަޔަކު ތިބީ ކޮންތަނެއްގައިހެއްޔެވެ؟

ހިތް އެދި ގޮވަނީ…
މި ވަގުތުން މި ވަގުތަށް އެތަނަށް ދާށެވެ.
ލޯމަރާލާފައި ހުޅުވާލާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.
އެކަމަކު…
އެހާ އަވަހަށް ދާނީ ކިހިނެއްހެއްޔެވެ؟

ހިތް ބުނަނީ…
އެތަނުގައި ހަމަޖެހުން ވާކަމަށެވެ.
އެތަނުގައި ހިތްފަސޭހަކަމާއި އަމާންކަން ވާކަމަށެވެ.
އެތަނުގައި މާ ރީތި މަންޒަރުތައް ވާކަމަށެވެ.
އެކަމަކު…
އެއީ ކޮންތަނެއްކަން ބުނެދޭން ހިތަށް ނޭނގެނީ ކީއްވެހެއްޔެވެ؟

ހިތް އެދި ގޮވަނީ…
މި ހިނދުން މި ހިނދަށް އެތަނަށް ދާށެވެ.
އެ ހިތްފަސޭހަކަމުގެ ޝަރާބުން މަސްތުވެލާށެވެ.
އެ ހިތްގައިމު ހަވީރުތަކުން ތާއަބަދު ފެންވަރާލާށެވެ.
އެކަމަކު…
ހިތާއެވެ! ބުނެދީބަލާށެވެ! އެއީ ފަހެ ކޮންތަނެއްހެއްޔެވެ؟

Loading

Leave a Reply

ފަހުގެ އަޕްޑޭޓް