ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަނީ
ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަން ނިންމައިފިއެވެ. މިގޮތަށް ޖަޕާނުން ނިންމައިފައި މިވަނީ ޖަޕާނުން ކޮރޯނާވައިރަހުގެ އާ ބާވަތް ފެނުމާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން މިއަދުން ފެށިގެން އެގައުމަށް ބޭރު ގައުމުތަކުގެ ރައްޔިތުން ދިޔުން މަނާ ވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ބުނެފައިވަނީ މިފެށޭ ޖެނުއަރީ މަސް ނިމެންދެން ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމަށް ނުދެވުނު ނަމަވެސް ޖަޕާނުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ […]
ވިލިގިނލީގައި ބޭއްވި ޤައުމީއެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ނައިބު ރައީސް ޝަރަފުވެރި ކޮށްދެއްވައިފި
ގއ ވިލިގިނލީގައި ރޭ ބޭއްވި ޤައުމީއެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ނައިބް ރައީސް ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ނައިބް ރައީސް ފައިސަލް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވީ ރާއްޖެ ތަރައްގީކޮށް، ރަނގަޅު ޖީލެއް ބިނާކުރެވޭނީ ހިޔާލުތަފާތުވުންތަކާއި ދެކޮޅުވެރިކަން ދޫކޮށްލައި، ސުނާމީގައި ދެއްކި ފަދަ އެއްބައިވަންތަ ނަމޫނާއެއް ދައްކައިގެން ކަމަށެވެ. ސުނާމީކާރިޘާގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން މިހާރު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 26ފާހަގަ ކުރަނީ […]
ފުލުހުންގެ ބިލާއިއެކު ދާޚިލީ ހަމަޖެހުން ކަށަވަރުވާނެ: ވަޒީރު ޢިމްރާން
އިއްޔެ ތަސްދީގުކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުން ގާއިމުކޮށްދެވޭނެ ކަމަށް ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. މަގާމުގައި ތިބި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އިއްޔެގެ ވަގުތެއްގައި ތަސްދީގުކުރައްވާފައެވެ. އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވަޒީރު ޢިމްރާން ވިދާޅުވީ ތިން މަސް ފަހުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގާއިމުކޮށް […]
ކޮވިޑްގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި
އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފިއެވެ. އިނިގިރޭސި ވިލާތުން ދަތުރު ކުރި މީހުންނާއި ގުޅުން ހުރި މީހުންގެ ފަރާތުން އާ ވޭރިއަންޓް ފެނިފައިވާ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ވެސް ހިމެނެ އެވެ. ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ އެޤައުމުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ. ސައިންސްވެރިން ބުނެފައި ވަނީ އިނގިރޭސި ވިލާތުން ފެނުނު […]
ރައީސް ޞާލިޙް ފުލުހުންގެ ބިލު ތަސްދީޤް ކުރައްވައިފި
މަގާމުގައި ތިއްބެވި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގުކުރައްވައިފި އެވެ. ފުލުހުންގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ. ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން […]
ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ
އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލު ހިންގުމަށް އަލުން ބީލަމަށް ހުޅުވާލުމަށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނިންމައިފި އެވެ. އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި މެދު، ޝަކުވާ ގިނަވެ، އެމައްސަލަ ތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އައްޑޫ ސިޓީއަށް ވަނީ އިއްޔެގެ ވަގުތެއްގައި ވަޑައިންނަވާފައެވެ. އެ ދަތުރުގައި […]
ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް
ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސް، އެމުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ. ސިވިލް ސަރވިސްގައި 24،514 މުވައްޒަފުން މަސައްކަތް ކުރާއިރު އެންމެ ގިނައީ އިދާރީ މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. ކޮމިޝަނުން ހުށަހެޅީ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށްދޭށެވެ. އެއީ އަސާސީ މުސާރައިގެ ގާތްގަނޑަކަށް 4000-5000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ. ސީއެސްސީގެ […]
ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދޭން ރަނިލް ގޮވާލައިފި
ސްރީ ލަންކާގެ މުސްލިމު މުޖުތަމައުން އެދޭ ގޮތަށް އިސްލާމް ދީނުގައިވާ ގޮތުގެ މަތިން އެ ޤައުމުގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި އެ ޤައުމުގެ އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރ ރަނިލް ވިކްރަމަނސިންހަ ގޮވާލައްވައިފިއެވެ. ރަނިލްގެ ފަރާތްޕުޅުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރިހަމަ ހައްގު އެ މުޖުތަމައަށް ލިބެން ޖެހޭނެ […]
އެންޓާޓިކާ ގައި ތިބި ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެ
ދުނިޔޭގެ އެންމެ އެކަހެރި ބައްރު ކަމަށްވާ އެންޓާޓިކާ ގައި ތިބި ބަޔަކުވެސް ކޮވިޑް-19 ފެނިއްޖެއެވެ. އެންޓާޓިކާ އިން ކޮވިޑް-19 އަށް ފައްސިވީ އެންޓިކާގައި ހުންނަ ޗިލީގެ ބޭސްއެއްގައި ތިބި ބައެކެވެ. މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ބުނާ އެންޓާޓިކާ އިން 36 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ޗިލީ އިން އެންޓާޓިކާގެ ޗިލީބޭސް އަށް ދިޔަ މީހުންނެވެ. އެންޓާޓިކާ އަށް ޗިލީގެ […]
ކުރީގެ މެޖަރ ޖެނެރަލް ޝިޔާމަށް ދަޢުވާ ކުރަން ފޮނުވައިފި
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ދައުވާ ކުރަން އޭސީސީއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީއިން ވިދާލުވެފައިވަނީ، ދައުވާ ކުރަން ފޮނުވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި ދިރިއުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިންކަމަށެވެ. ޝިޔާމް ގެ މައްޗަށް ކުރަން […]