ރާއްޖެއިން ކޯވިޑް19 އަށް އިތުރު 129 މީހަކު ފައްސިވެއްޖެއެވެ.
އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 120 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 18,082 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,384 އެކްޓިވް ކޭސް ހިމެނޭއިރު، 172 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިއާއެކު ރާއްޖެ އިން މި ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 58 އަކަށް ވަނީ އަރާފައެވެ. އަދި މިހާތަނަށް 15،633މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.