އީރާނުގެ ބަނދަރުތައް ބްލޮކް ކޮށްގެން ގެންގުޅުމުގައި އެމެރިކާއަށް އިތުރު ނުރައްކާތަކެއް

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން އުޅުން އީރާނަށް ލިބިފައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެންވިޔަސް ނިމުމަކަށް ގެންނާނެކަމަށް އީރާނުން އެމެރިކާއަށް އިންޒާރު ދީފިއެވެ.
އީރާނުގެ އިންޒާރަށް ރައްދު ދެއްވައި އެމެރިކާގެ ނޭވީންނާ ދެކޮޅަށް އީރާނުން ތެޔޮ އެކްސްޕޯރޓް ކުރަން ބޭނުންކުރާ އުޅަނދުތައް ފައްތާލާނެ ކަމަށް އެ އުޅަނދުތަސް ހޯދަންޖެހޭނީ ކަނޑު އަޑިންކަމަށް ފޮކްސް ނިއުސްގެ ޗީފް ފޮރިން ކޮރެސްޕޮންޑެންޓް ޓްރޭ ޔިންގްސްޓް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި އީރާނުގެ ބަނދަރަކަށް ވަނުމަކާ ނުލައި ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދުތަކުގައި އީރާނުގެ ތެޔޮ އެހެން ބޯޓަކަށް ބަރުކުރުންވެސް ބެލެވޭނީ އެމެރިކާގެ ނޭވަލް ކޮމާންޑުން ކަނޑައަޅާފައިވާ ނޭވަލް ބްލޮކް އާ ޚިލާފަށް ހިންގާ މުއާމަލާތެއް ކަމަށެވެ. އެފަދަ ބޯޓުފަހަރު ހުއްޓުވައި އަތުލުމާއި ނޭވީންގެ ނުރައްކާތެރި ހަމަލާދީ ސުންނާފަތި ކޮށްލުމާއި ކަނޑުއަޑިއަށް ފައްތާލުމުގެ އިޚްތިޔާރުވެސް އެމެރިކާގެ ނޭވަލް ފޯރްސްއަށް ލިބިގެންވެއެވެ.
އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވަން އަހަރެމެންގެ ގޭ ދޮރުމަތީގައި ނޭވަލް ބްލޮކް އަޅައިގެން ތިބުން އެމެރިކާއަށް ހުއްދަ ނުކުރެވޭނެ ކަމަށާއި އެމެރިކާގެ ނޭވީން ފައްސާލުމަށްޓަކައި އަހަރެމެންނަށް ލިބިފައިވާ ކޮންމެ ވަސީލަތެއްގެ ބޭނުން ކުރާނެކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ރޮއިޓާރސް އަށް މައުލޫމާތު ދެއްވާފައި ވެއެވެ.
އެންމެ ފުރަތަމަ އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވުމުގެ އަމުރު އެމެރިކާއިން ނެރެފައިވަނީ މި އަހަރު އޭޕްރިލް މަހުގައެވެ. އެއަށްފަހު ހަނގުރާމަ ހުއްޓުވުމަށް ސިޔާސީ ގޮތުން ކުރެވެމުންދިޔަ މަޝްވަރާ ތަކާއެކު ޖޫންމަހު ބްލޮކޭޑް ވަގުތިގޮތުން ހުއްޓުމަކަށް ގެނެވުނެވެ. ބްލޮކޭޑް އަލުން ފަށާފައިވަނީ ޖުލައި މަހުގައެވެ.
އެމެރިކާގެ ބްލޮކޭޑް އޮތުމާއެކުގައިވެސް އީރާނުން 55 ޓޭންކަރެއް ބަރުކޮށްގެން އީރާނުގެ ގޮޑު ދޮށުން ދަތުރުކޮށް ގަލްފް ސަރަހައްދުން ބޭރަށް ނިކުމެފައިވާކަން އެނގިފައިވެއެވެ. އެހެންނަމަވެސް އިސްމާއީލް ބަޣާއީ ވިދާޅުވެފައިވަނީ އީރާނުން ތެޔޮ ނުވަތަ ގޭސް ބަރުކޮށްގެން އެއްވެސް އުޅަނދެއް ގަލްފުން ބޭރަށް ނުދާކަމަށެވެ އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަމުގެ ސަބަބުން އެންމެ ބޮޑު ނުފުދުންތެރިކަމެއް ދިމާވެފައިވަނީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށެވެ. އިސްމާއީލް ބަޣާއީ ވިދާޅުވެފައިވަނީ އެމެރިކާގެ ބްލޮކޭޑާއި ހިފާއްޓާފައިހުރި އީރާނުގެ ފައިސާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާ ދެވޭނެކަމަށެވެ.
މީޑިއާގެ ޚަބަރުތަކުގައި އީރާނުން އިތުރު ތެޔޮ ޓޭންކަރތަކެއް ބަރުކޮށްގެން ގަލްފުން ބޭރަށް ފޮނުވަން ރާވަމުން ގެންދާކަމަށް ބުނެފައިވެއެވެ. ބައެއް ޚަބަރުތަކުގައި އީރާނުން ބޭނުންވަނީ އެމެރިކާގެ ބްލޮކޭޑްގައި ހުރި ވަރެއް ބަލާލުންކަން ދޭހަވާ ގޮތަކަށވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ޔުނައިޓެޑް އަގެއިންސްޓް އީރާން ނިއުކްލިއަރގެ ތަޖްރިބާކާރު ޗާރލީ ބްރައުން ބުނެފައިވަނީ އީރާނުން އެގޮތަށް ކަންތައް ކުރުމުން ލިބޭނީ ބޮޑު ގެއްލުމެއް ކަމަށެވެ.
ގަދަފިނިން ރައްކާތެރިކަން ލިބިގަތުމަށްޓަކައި ނޫކުލައިގެ ޖެކެޓެއް ތުރުކުރައްވައިގެން ތެހެރާންގެ ޕެސްޗާ ސްޓްރީޓްގައި ހުންނަ ރައީސް އޮފީހަށް އިރުގެ އަލިކަން ބޭނުންވާތީ ދޮރު ފޮތި ގަނޑުތައް ކަހާލައްވައިގެން ތެޔޮ ބައްތިއެއްގެ އަލީގައި ރަސްމީ މަސައްކަތުގައި އިންނަވަމުން ރައްޔިތުންނާ މުޚާތަބު ކުރައްވައި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ހަކަތަ ބޭނުން ނުކުރުމަށް ރަސްމީ ރޭޑިއޯ ބޭނުން ކުރައްވައިގެން ރައީސް މަސްއޫދު ޕެޒެޝްކިއާން އިރުޝާދު ދެއްވަމުންގެންދެވިއެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އީރާނުގައި ކަރަންޓްލިބެނީ ދުވާލަކު ހަމައެކަނި 2 ގަޑިއިރުއެވެ. އެހެންނަމަވެސް އީރާނުން އެމެރިކާއަށް ބޯ ގުދު ކުރާކަށް ބޭނުމެއް ނުވެއެވެ.
ދުނިޔޭގައި 3 ވަނައަށް އެންމެ ގިނައިން ހަކަތަ އުފައްދާ ހަކަތަ އުފައްދާ ގައުމު ކަމަށްވިޔަސް މިދިޔަ ފެބްރުއަރީ މަހު 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފެށުމުގެ ކުރިންވެސް އެމެރިކާއާއި ހުޅަނގުގެ ދަތި ކުރުން ތަކާހުރެ އީރާނަށް ބޭނުންވާ ވަރަށް ހަކަތަ ލިބުމުންވަނީ މަހްރޫމް ކުރުވާފައެވެ.
މީގެ ކުރީ އަހަރުތަކާ އަޅާ ކިޔާއިރު މި އަންނަ ފިނި މޫސުމުގައި އީރާނަށް ބޭނުންވާ ގޭހުގެ މިންވަރު ދުވާލަކު 430 މިލިއަން ކިއުބިކް މީޓަރަށް މަދުވާނެ ކަމަށް އަންދާޒާކުރެވޭކަމަށް ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވެފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވަނީ ފާއިތުވެގެން ދިޔަ އަހަރުތަކުގައި އެ އަދަދު އުޅުނީ 300 މިލިއަން ކިއުބިކް މީޓަރ ގައެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.