ޕާކިސްތާނުގެ އެސްޓްރޮނޯޓަކު ފުރަތަމަ ފަހަރަށް ޖައްވަށް

ޗައިނާގެ ޝެންޒޫ-24 ސްޕޭސް މިޝަން ބުދަދުވަހު ފަށާފައިވާއިރު، މިދަތުރުގައި ފުރަތަމަ ފަހަރަށް ޕާކިސްތާނުގެ އެސްޓްރޮނޯޓަކު ހިމަނާފައިވާކަމަށް ޚަބަރު ލިބެއެވެ.
ތިން މެމްބަރުންނާއި އެކު ފެށި މިދަތުރުގައި ޕާކިސްތާނުގެ އެސްޓްރޮނޯޓް މުހަންމަދު ޒީޝާން އަލީ ހިމެނުމަކީ އިސްލާއާބާދާއި އެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ވެގެންދާނެ ސަބަބެއްކަމަށް ޗައިނާއިން ބުނެފައި ވެއެވެ.
ޖައްވީ ދިރާސާ ތައް ކުރިޔަށް ގެންދިއުމުގައި ޗައިނާއާއި ޕާކިސްތާން ގުޅިގެން މަސައްކަތް ކުރަމުން ގެންދާތާ 75އަހަރުވަނީ ވެފައެވެ.
ސެޓަލައިޓް ލޯންޗް ކުރި މަރުކަޒުގައި ހުރެ ވާހަކަ ދައްކަމުން ޕާކިސްތާންގެ އެސްޓްރޮނޯޓް މުހަންމަދު ޒީޝާން އަލީ ބުނެފައިވަނީ އޭނާ ދަތުރު މިފަށަނީ ޕާކިސްތާންގެ މުޅި އާބާދީ ކަމަށްވާ 250މިލިއަން މީހުންގެ އުންމީދު ތައް އޭނާގެ ކޮނޑުމަތީގައި އުފުލަމުން ކަމުގައެވެ.
ޗައިނާގެ މިޝަން ކޮމާންޑަރަކާއި ފްލައިޓް އިންޖިނޭރަކާ އެކު ސްޕޭސް މިޝަން ފަށާފައިވަނީ ރޭދަންވަރު ޖީއެމްޓީ ގަޑިން ބާރަ ޖެހިއިރުއެވެ.އަދި ދަތުރު ފެށިތާ މަދު މިނިޓް ކޮޅެއްގެ ތެރޭގައި ލޯންޗިންގ އަކީ ފުރިހަމަ ކާމިޔާބެއް ކަމަށް އިއުލާން ކޮށްފައި ވެއެވެ.
ޖައްވުގައި ހޭދަކުރާ މުއްދަތުގައި ޝެންޒޫ-24ގެ ބައިވެރިން ތަފާތު ގިނަ ކަންތައްތަކަކާ ބެހޭ އެކްސްޕެރިމަންޓް ތައް ހަދާނެއެވެ.މިގޮތުން ބޭސްވެރިކަން ތަރައްގީ ކުރުމާއި ،އަލިފާން ކޮންޓްރޯލް ކުރުމާއި ، އުމުރުން ދުވަސް ވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ އިތުރުން ރޭޑިއޭޝަން އަދި މައިކްރޯ ގްރެވިޓީ ފަދަ ކަންކަމާ ބެހޭގޮތުން އެކްސްޕެރިމެންޓްތައް ކުރިޔަށް ގެންދާނެއެވެ.
ކުރިން ފައިޓަރ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރި މުހަންމަދު ޒީޝާން އަލީ ސްޕޭސް ސްޓޭޝަންގައި މާގިނަދުވަސް ހޭދަ ނުކުރާނެ ކަމަށް ވެއެވެ. މޭމަހުން ފެށިގެން ސްޕޭސް ސްޓޭޝަންގައި ތިބި އެހެން ދެ އެސްޓްރޮނޯޓުންނާއި އެކު އަލީ އެނބުރި އައުމަށް ހަމަޖެހިފައިވާއިރު އަނެއް ދެމެމްބަރުން ހަމަސް ދުވަސްވަންދެން ސްޕޭސް ސްޓޭޝަންގައި މަޑުކޮށް، ޖައްވުގައި ތިބޭއިރު ހަށިގަނޑު މުސްކުޅިވާގޮތް ތަފާތުތޯ ބަލާ، ހަށިގަނޑަށް އަންނަ ބަދަލުތަކާބެހޭ ތަހުލީލު ތައް ކުރާނެއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.