Skip to content
ދުނިޔެ

އަންނަ އަހަރުން ފެށިގެން އިންޑިއާގެ ރައްޔިތުންނަށް މެލޭޝިއާއަށް އެތެރެވެވޭނީ ވިސާއާ އެކު

މަރްޔަމް މަލާކްމަރްޔަމް މަލާކް

އިންޑިއާގެ ރައްޔިތުންނަށް މެލޭޝިއާއަށް ވިސާއާ ނުލައި އެތެރެވޭ ގޮތަށް އޮތް އިންތިޒާމު، 2027 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުވާލާނެ ކަމަށް މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން (ޖޭ.އައި.އެމް) ބުނެފިއެވެ.

އެ ތާރީޚުން ފެށިގެން މެލޭޝިއާއަށް ދަތުރުކުރާ އިންޑިއާ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކުން ފުރުމުގެ ކުރިން ސައްޙަ ވިސާއެއް ހޯދަން ޖެހޭނެއެވެ.

އެ ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ގޮތުގައި، އާ ޤަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން، 2026 ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން މެލޭޝިއާގެ ރަސްމީ ”މައިވިސާ“ ޕޯޓަލް މެދުވެރިކޮށް އިންޑިއާގެ ރައްޔިތުންނަށް ވިސާއަށް އެދި ހުށަހެޅޭނެއެވެ.

މި ބަދަލާއެކު، އިންޑިއާގެ ފަތުރުވެރިންނަށް މީގެ ކުރިން އޮތް ވިސާ ލުއިކޮށްދިނުމުގެ ނިޒާމު ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ކުރީކޮޅު ދަތުރުކުރާ ފަރާތްތަކުން ވިސާއަށް އެދުމާއި، ވިސާ ޕްރޮސެސްކުރުމުގެ ކަންކަމަށް ވިސްނައިގެން ދަތުރު ރޭވުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން، ވިސާ އެޕްލިކޭޝަން ފާސްވިޔަސް ނުވަތަ ރިޖެކްޓް ވިޔަސް، ވިސާ ފީގެ ގޮތުގައި ދައްކާ އެއްވެސް ފައިސާއެއް އަނބުރާ ނުދޭނެ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ދަތުރުކުރާ ތާރީޚަށް ގެންނަ ބަދަލެއްގެ ސަބަބުން ވިސާއަށް އެދިފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ނުދޭ ގޮތަށް ހަމަޖެހިފައިވާ އުސޫލު ހިނގާނެއެވެ.

އެހެންކަމުން 2027 ޖެނުއަރީ މަހުން ފެށިގެން މެލޭޝިއާއަށް ދަތުރުކުރަން ރާވާ ފަރާތްތަކުން، ފުރުމުގެ ކުރިން ލާޒިމުވާ ވިސާ ހޯދުމަށާއި، ވިސާ ޕްރޮސެސްކުރުމަށް އެކަށީގެންވާ ވަގުތު ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން މެލޭޝިއާ ސަރުކާރުން ނެރޭ އެންގުންތަކާއި އެއްގޮތަށް ޤައުމަށް ވަނުމުގެ ޝަރުޠުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply