މެލޭޝިއާގައި ހިނގީ އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Loading

October 5, 2026
profile
Facebook
Twitter
WhatsApp

މެލޭޝިއާގައި އިއްޔެ ހިނގި ކާރު އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ އެކްސިޑެންޓުގައި ނިޔާވި އާމިނާ އިމިލީ ނާޡިމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، އިމިލީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ބާޒާރުކުރުމަށްފަހު ގެއަށް އައި މަގުމަތީގައި، އިމިލީ ދަތުރުކުރި ޓެކްސީ އެކްސިޑެންޓުވެ، ފުރޮޅާލައިގެންނެވެ.

އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ، އުމުރުން 21 އަހަރުގެ އިމިލީއަކީ މެލޭޝިއާގެ ޓެއިލާސް ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް