ޕާކުކޮށްފައި އޮތް ކާރެއްގައި ޖައްސާފައި ދިޔަ މީހަކު ހައްޔަރުކޮށްފި

Loading

September 15, 2026
profile
Facebook
Twitter
WhatsApp

ހުޅުމާލޭ ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖައްސާފައި މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނެސްޓް / ލ. ކަލައިދޫ، ޣުފްރާން ޚާލިދު (26އ) ކަމަށެވެ.

އޭނާ ހޯދިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވުމުން ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް