ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު އެމެރިކާ މީހާ 10 ދުވަހަށް ބަންދު

Loading

August 25, 2026
sandhaanu news
Facebook
Twitter
WhatsApp

ލަގެޖުގައި ވަޒަން އަޅާފައިވާ މެގަޒިނެއް ފޮރުވައިގެން ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު އެމެރިކާގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާ ކަމަށެވެ.
އެގޮތުން ފުލުހުން މިއަދު ބުނީ އިއްޔެ ރާއްޖެ އައި އެ މީހާގެ ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކްކުރިއިރު ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ވަގުތުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މިގޮތުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާއަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް