ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި

Loading

August 8, 2026
profile
Facebook
Twitter
WhatsApp

ހައްދުންމަތިން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ”ފްރެންޑް 4“ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 5،212 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް، އަދި ކަނޑުމަގުން 1،070.10 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާކަމަށެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސަރޖަންޓް ޢަލީ ނާފިޢު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސަރޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި، ބަންޑުންޖަހާލި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

މި ހާދިސާގައި އެ ދޯނީގައި ތިބި 8 މީހުންގެ ތެރެއިން، ދޯނީގެ ކެޕްޓަން ފިޔަވައި ދެން ތިބި 7 މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

ހިލައާއި ހިލަވެލި ބަރުކޮށްގެން ޅ. ހަނޑަހަށް ދަތުރުކުރި ”ފްރެންޑް 4“ ސަޕްލައި ދޯންޏަށް ރާޅު އަރައިގެން އަޑިއަށް ދާކަމަށް ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ 11:20 ހާއިރުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް