ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކާއި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަނީ

Loading

Facebook
Twitter
WhatsApp

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކާއި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.


އެމްއެންޑީއެފް އިން މިއަދު ބުނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނި، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ދޯނި އަޑިއަށް ދިޔައިރު، އޭގައި 8 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނީ މި މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ގެއްލިފައިވާ ކަމަށެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން މިހާރު ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް