ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ,އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ފުރަތަމަ ވުޖޫދުވި އަދި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ.


އެމްޑީޕީއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ދިދަ ނެގުމާ އެކު ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ބޭއްވީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ މައި ދަނޑިކޮށި ހަރުގޭގަ އެވެ.
މި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި، އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތަށް ފަހު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ހަމައެކަނި ކޭކެއް ފަޅައިގެން ޕާޓީގެ އަހަރީ ދުވަސް ފާހަގަކޮށް ނިންމާލަނީ ނޫން ކަމަށާއި އަހަރީ ދުވަހުގެ ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން އެކި ރަށްރަށުގައި ވެސް މިއަދު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވަހީދު ވަނީ މި މުނާސަބަތުގައި އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެމްޑީޕީއާއެކު އުފެދުނު ގިނަ ޕާޓީތައް މިހާރު އުވިގެން ވެސް ގޮސްފައިވާ ކަމަށާއި 21 އަހަރު ވަންދެން ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީގެ ގޮތުގައި މި ޕާޓީ މިހާ ހިސާބަށް މި ގެނެވުނީ ޕާޓީގެ އާންމު މެމްބަރުންގެ ބުރަ މަސައްކަތާއި ހިތްވަރުން، ކަމަށް އިބުރާހިމް ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން، އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން މިރޭ ހަރުގޭގައި ”ބޮނޑިބަތް“ ކެއުމެއް ބާއްވަން ވެސް ވަނީ އެ ޕާޓީން ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ. ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އެ ޕާޓީން ވަނީ ދެ ފަހަރަށް ސަރުކާރާ ހަވާލުވެ، ރާއްޖޭގެ ވެރިކަން ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް