ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ.

އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ ”ބޯހިޔާވަހިކަން ޕޯޓަލް“ އަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ެއެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

”މި ސަރުކާރުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުނަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
މީގެ އިތުރުން ރަސްމާލެއިންވެސް 25،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް