ފަސް އަހަރުވަންދެން އެހެން މީހެއްގެ މުސާރަ ނެގި ސްކޫލް މުވައްޒަފުންގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.
މިއީ މޭލެ ސަރަހައްދުގެ ސްކޫލެއްގައި ކުރިން މަސައްކަތް ކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވެގެން ރާއްޖެ ދޫކޮށް ދިޔަ ފަހުން، އޭނާގެ ނަމުގައި މުސާރަ ނަގަމުން ދިޔަ މައްސަލައެކެވެ.
އެގޮތުން އެނގިފައިވާ ގޮތުގައި އޭނާގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް މިހާރު ވަނީ ނިންމާފައެވެ.
މިއާއެކު އޭސީސީން ވަނީ އެ މައަސަލައިގެ ތަހުގީގެއްވެސް ފަށާފައެވެ.
![]()
