މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މަރާމާތުކުރުމަށްފަހު, ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ.

އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން ރަސްފަންނުގެ އުތުރު ފަރާތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން، މޫދަށް އެރޭ ސަރަޙައްދުގައި ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ލޮނުގަނޑު ރަނގަޅަށް ދައުރުވާނެހެން ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަތޮށި ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

އެމްޓީސީސީން ބުނީ މި ބަދަލާއެކު، އެ ސަރަޙައްދުގެ ލޮނުގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު މަރާމާތަށްފަހު 12 ޖޫން 2026 ވީ ހުކުރު ދުވަހުގެ ހެނދުނު ހުޅުވާލާފައި ވާއިރު, އެ ސަރަޙައްދު މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް