ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.
އެ ހަރަކާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިޞާދީ ތަނަވަސްކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
އަދި އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ޓެކްސް ދައްކާ ފަރާތްތަކުގެ ދާއިރާ ބޮޑުކޮށްގެން ދަރަނި އަދާކުރުމުގެ މުހިންމުކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށާއި އެފްރިކާގެ ބައެއް ގައުމުތައްވެސް ދަރަނީގެ ދަންތުރައިގައިޖެހި، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
.
![]()
