ޕީއެންސީ މެމްބަރުންނަށް ލިބެނީ އެހެނިހެން މެމްބަރުންނަށްވެސް ލިބޭގޮތަށް މުސާރަ އެކަނި

Loading

Facebook
Twitter
WhatsApp

ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށްވެސް ލިބެނީ އިދިކޮޅު އެމްޑީޕީއާއި އެހެނިހެން ޕާޓީތަކުގެ މެމްބަރުންނަށްވެސް ލިބޭ މަޖިލީހުގެ ރަސްމީ މުސާރަ އެކަނި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ސީނިއާ ނައިބު ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބައި ލައްކަ 50,000 ރުފިޔާ ދީފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށްވެސް ލިބެނީ އިދިކޮޅު އެމްޑީޕީއާއި އެހެނިހެން ޕާޓީތަކުގެ މެމްބަރުންނަށްވެސް ލިބޭ މަޖިލީހުގެ ރަސްމީ މުސާރަ އެކަނި ކަމަށެވެ.
އަދި ދޮގު ޚަބަރާއި ފިތުނަ އުފައްދައިގެން ސަރުކާރު ކޯލިޝަނުގެ ޕީޖީ ގްރޫޕް ބައިބައިކޮށްލެވޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ސީދާ ލާބައާއި މަންފާއަށްޓަކައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް