ބާޖެއް ގާތް ކުރަނިކޮށް ހުޅުމާލޭ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ލަކުޑި ޖެޓީއަށް ގެއްލުން ލިބުނީ އެ ސަރަހައްދަށް ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެތަން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެ ޖެޓީ މަރާމާތުކޮށް ނިމެންދެން، ވަކި މުއްދަތެއް ނެތް ގޮތަށް ޖެޓީ ބަންދުކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހަމައެހެންމެ މި ދަނޑިވަޅުގައި ޖެޓީ ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
![]()
