ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން މިއަދު ބުނީ ތޫނު އެއްޗަަކުން ހަމަލަދީ، ޒަހަމް ކޮށްލާފައިވާ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭގެ ބާރަ ޖަހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހަމަލާގައި އަނިޔާވެފައިވަނީ އުމުރުން 49 ނުވަ އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި މީހާގެ ނަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ނާޒިމް ސައްތާރަށެވެ.
ެެއެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް ސައްތާރަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލުއެހާ ސީރިއަސްއެއް ނޫނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް